ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު ވަނީ އޯޑީއައި ވޯލްޑް ކަޕް ކުޅެން ބުދަ ދުވަހުގެ ރޭ އިންޑިއާ އަށް ގޮސްފައި، މިއީ 2016 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ފަހު ޕާކިސްތާން ކްރިކެޓް ޓީމު އިންޑިއާ އަށް ކުރި ފުރަތަމަ ދަތުރު.-- ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2023 - 12:16
ހައިދަރުއާބާދު (ސެޕްޓެމްބަރު 29) - ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ދިޔުމާ އެކު، އިންޑިއާގައި ތިބި ޕާކިސްތާނު ސްޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަންނަ މަހު 5 ގައި ފަށާ އައިސީސީ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕް ކުޅެން 15 ކުޅުންތެރިންނާ އެކު ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު އިންޑިއާ އަށް ދަތުރު ކުރީ ދުބާއީ މަގުންނެވެ.
އެންމެ ފަހުން ޕާކިސްތާނު ގައުމީ ޓީމު އިންޑިއާ އަށް ދިޔައީ 2016 ވަނަ އަހަރު އައިސީސީ ޓީ20 ވޯލްޑް ކަޕަށެވެ. އެފަހަރުގެ ސްކޮޑުގައި ހިމެނުނު މުހައްމަދު ނަވާޒް، މި މުބާރާތުގެ ސްކޮޑުގައި ވެސް ހިމެނެއެވެ.
The support and hospitality that the Pakistan Cricket Team is getting from Indians is spectacular! 💚💙
— BatBallBanter 🏏 (@batballbanters) September 27, 2023
How much support will they have in INDvPAK? 🙌#Hyderabad #PakistanCricketTeam #WelcometoIndia #BabarAzam𓃵pic.twitter.com/FNlCACNBe7
ބުދަ ދުވަހުގެ ރޭ އިންޑިއާއަށް ދިޔަ ޕާކިސްތާން ޓީމުގެ ކެޕްޓަން ބާބާ އަޒާމް އަށް އެއާޕޯޓު ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންގެ ފަރާތުން ހާއްސަ ތަރުހީބެއް ލިބުނެވެ. ޓީ20 ވޯލްޑް ކަޕަށް 2016 ވަނަ އަހަރު ޕާކިސްތާނުން އިންޑީއާ އަށް ފޮނުވި ޓީމުން އޭނާ އުނިކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ.
ޕާކިސްތާން ގައުމީ ޓީމުގެ ކެޕްޓަން ބާބާ އަޒާމް، އޭނާ އަށް ވަނީ ވަކިން ހޫނު ތަރުހީބެއް ދީފައި.-- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕް ފެށުމުގެ ކުރިން ޕާކިސްތާނުން ދެ ވޯމްއަޕް މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ނިއުޒިލެންޑާއި އޮސްޓްރޭލިއާއާ ދެކޮޅަށް ޕާކިސްތާން ކުޅޭނީ ހައިދަރުއާބާދުގަ އެވެ.
މުބާރާތުގައި ޕާކިސްތާން ކުޅޭ ފުރަތަމަ މެޗުގައި ހައިދަރުއާބާދުގައި ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އަދި މުބާރާތް ހުޅުވަން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑާއި 2019 ވަނަ އަހަރުގެ ރަނަރަޕް ނިއުޒިލެންޑް ބައްދަލުކުރާ މެޗު އޮންނާނީ އަހުމަދުއާބާދުގަ އެވެ.
އެއާޕޯޓް ބޭރުގައި ޕާކިސްތާން ޓީމަށް މަރުހަބާ ކިޔަން އެއްވި ބައެއް ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ
ޕާކިސްތާޏް ވަނީ 1992 ވަނަ އަހަރު، ފަންސާސް އޯވަރަށް ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިއާ ވަނީ ދެފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ފޯރި ގަދަ ވާނެ އެއް މެޗު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު އޮކްޓޫބަރު 14 ވަނަ ދުވަހު ކުޅޭނީ އަހުމަދުއާބާދުގަ އެވެ.
ވޯލްޑް ކަޕްގައި 10 ޓީމު ވާދަކުރެ އެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާއި އިންގްލެންޑާއި ނިއުޒިލެންޑާއި ނެދަލެންޑްސްގެ އިތުރުން، އަފްގާނިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ދެކުނު އެފްރިކާ އަދި ސްރީލަންކާ އެވެ.
މުބާރާތުގައި ވާދަކުރާ 10 ޓީމުގެ މެޗުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. އަދި ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 14 ވަނަ ދުވަހު އަހުމަދުއާބާދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަހުމަދު
29 September 2023
ކާމިޔާބަށް އެދެން ބާބަރު. ސައުތު އެފްރިކާގެ ރިޓަޔާރޑް ހާޝިމް އާމްލާއަށްފަހު މަގޭ ފޭވަރިޓް