ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ
05 އޮކްޓޯބަރ 2023 - 12:12
ކުރިއަށް އޮތް ފަސް އަހަރުގެ އާ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްުޔަންކޮށްފި އެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރުމަށް ސީއެސްސީގެ އިދާރާގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ އޮފް ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިއެސްސީ އިންނެވެ.
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ
އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެ އެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާ އެވެ.
މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިހާރު ވަނީ އިންތިހާބީ ރައީސްގެ އޮފީހެއް ހުޅުވައިފަ އެވެ.
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފަ އެވެ .އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޓްރާންސިޝަނަލް ކޮމިޓީގެ މަސައްކަތަށް ވަގުދު ދެއްވުމަށް މުއިއްޒު ވަނީ މާލޭގެ މޭޔަރުގެ ޒިންމާތަކުން ވެސް އިއްޔެ އެއްފަރާތްވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
06 October 2023
ކޮމްޕިއުޓަރުގަނޑެއްވެސް ނެތް ފެންނާކަށް، މާތްކަލާނގެއާ ވަކީލު.
ކިމް
06 October 2023
ގާނޫނުގަ އޮވޭތަ ކޮމިޓީއެއްގެ ވާހހަކަ
އުނައިސާ
06 October 2023
ނާޤާބިލުކަމުގެ ލާމަސީލް މިސާލެއް. ރައްޔިތުން މޫނުގަ ތަފާލެއް. އަދި ހުވާވެސް ނުކުރޭ!
ސުންދުސް
05 October 2023
އަނިޔާވެރިކަން އޯކޭވެފަހުރި ދޮގުވެރިއަކު ހޮވީމާ ވާނީ އެހެން. ޤާބިލުކަން ހަފަރާތުން އުތުރި އަރަނީ!
އަންދަލޫސިޔާ
05 October 2023
ޕީއެންސީ-ޕީޕީއެމް ކޯލިޝަނުގައި ހުރި 2 ވަނައަށް އެންމެ ތަޢުލީމީ، ޤާބިލް މީހާ؟
ސިލްމާ ޒާހިރު
05 October 2023
“ތަޢުލީމީ ޤާބިލް މީހުން ނޫނީ އަޅުގަނޑު ޢައްޔަނުނުކުރާނަން” ޑރ. މުޢިއްޒު. ޕްރޮފެސަރެއްތޯ އެއީ؟
މުހުސިންބެ
05 October 2023
އަހަރެން ހީކުރީ ޕީޕީއެމުން އިލްމީ ވާހަކަ އެވަރުން ދެއްކީ ވަރަށް އިލްމީ މީހުން އެޕާޓީގަ ގިނަކަމުންނޭ. މިހާރު އިނގިއްޖެ ސެޓްފިކެޓް އޮތަސް ކަމެއްކުރަން ދަންނަ އެކަކުވެސް ނެތްކަން. އެހެންވީމާ އިބޫގެ ގަދަރުމާމަތިވެރި. 25 އަހަރު މަޖިލީހުގައި ހުރުމަކީ އާދައިގެ ކަމެއްނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
05 October 2023
ޓީޗަރުންގެދުވަހު އަދުރޭސާއަށް ފޮތްފަންސުރު ބަންޑެއްޔެއް ދިންނަމަ މާ އުފާވީސް.
ޓިން ޓިން
05 October 2023
އެއީ އޮނަރަބަލް އަބްދުއްރަހީމް (އަދުރޭ).
ސިމްޕަލް
05 October 2023
ޕީޕީއެމް/ޕީއެންސީ އޮޑީގެ މަޑޫތައް ނެއްޓި އެހެން ޕާޓީތަކަށް ލައްގަމުން ދިޔައިރުވެސް، ހަލާކުނުވެ 5އަހަރު ދަތުރުކުރީ އަބްދުއްރަހީމްގެ ވިސްނުން ތޫނުކަމާއި، ހުށިޔާރުކަމުން ޑިގްރީއެއް ނެތަސް، ސިވިލް ސާރވިސްގެ ވަޒީފާއެއްގައި މިދިޔަ 25 އަހަރު ހުރި ނަމަ، ޑީޖީ ލެވެލްގެ ވަޒީފާއެއްގައި މިހާރު ހުރުމަކީ ވަރަށް ކައިރި ކަމެއް. ރައީސް ނާސިރުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީވެސް މަތީފާހެއް ނެތަސް ނާސިރަށް އިޚްލާސްތެރިވި ހިންގުންތެރިން.