ސްކައިރޮކް ބޭންޑުގެ ހަ މެމްބަރުން: އެ ބޭންޑުގެ ފުރަތަމަ އަލްބަމްގެ ދެވަނަ ލަވަ މިހާރު ވަނީ ނެރެފައި.-- ފޮޓޯ: ސްކައިރޮކް
11 އޮކްޓޯބަރ 2023 - 15:32
ދިވެހި މިއުޒިކް ބޭންޑް ސްކައިރޮކްގެ ފުރަތަމަ އަލްބަމްގެ ދެވަނަ ލަވަ "ރޭވާ" އިއްޔެ ރިލީޒްކޮށްފި އެވެ.
މި ލަވައިގެ ވީޑިއޯ ވެސް މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ.
ސްކައިރޮކް އިން ބުނީ އެ ބޭންޑުގެ ފުރަތަމަ އަލްބަމް "ސަމުގާ" އަންނަ މަހު އެކެއްގައި ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި އަލްބަމްއާ ގުޅޭ އިތުރު ވާހަކަތައް ވެސް އާންމުކުރާނެ ކަމަށް އެ ބޭންޑުން ބުންޏެވެ.
މި އަލްބަމްގެ ފުރަތަމަ ލަވަ "ހޭވައްލާ ތައްޔާރު" ނެރުނީ މިދިޔަ މާޗު މަހުގަ އެވެ.
"ރޭވާ"ގެ ލިރިކްސް ލިޔެފައި ވަނީ އަބްދުﷲ އީސާފުޅާއި ސްކައިރޮކްގެ ވޯކަލިސްޓް އަބްދުﷲ ފަރުހާނެވެ. މި ލަވަ ކިޔާފައި ވަނީ ފައްފު އާއި އިންޝާ އަހުމަދެވެ. އަދި މި ލަވައިގެ ވީޑިއޯ ތައްޔާރުކުރީ މަދޮޝިޕުންނެވެ.
ސްކައިރޮކް ބޭންޑުގެ ހަ މެމްބަރުން: އެ ބޭންޑުގެ ފުރަތަމަ އަލްބަމްގެ ދެވަނަ ލަވަ މިހާރު ވަނީ ނެރެފައި.-- ފޮޓޯ: ސްކައިރޮކް
ސްކައިރޮކް އަކީ ހަ މެމްބަރުންގެ ބޭންޑެކެވެ. ފައްފު އާއި އިންޝާގެ އިތުރުން އެ ބޭންޑުގައި ދެން ހިމެނެނީ ޑްރަމަރު އަހުމަދު ފައިޒާން އާއި ގިޓަރިސްޓް ޒަޔާން ފައިސަލް އާއި ކީބޯޑިސްޓް ހުސެއިން ތައުފީގު އަދި ބޭސިސްޓް އިނާން އާދިލެވެ.
ޔޫޓިއުބްގެ އިތުރުން ސްޕޮޓިފައި އާއި އެހެން މިއުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކުން މި ލަވަ މިހާރު އަޑުއަހާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޓް
12 October 2023
ސަޅި
ކަލޯސް
12 October 2023
ޖައްވުހިލަ
މަގޭ ހިޔާލު
12 October 2023
ލަވަ ވަރަށް ރީތި. އެކަމަކު ފަހަތުގައި އެފެންނަ ކަރަންޓު ބޯޑަށް ބޮޑަށް ބެލުނީ. އެކަރަންޓު ބޯޑު ފޮރުވާލިނަމަ ވީޑިއޯވެސް އެންމެ ފުރިހަމަ ވީސް ދޯ.
ވާވް
11 October 2023
މަދަޝިޕް ހަބޭސް މާޝާﷲ. ރާއްޖޭގެ އެންމެ ރެސްޕެކްޓެޑް ނަމްބަރު ވަން ގްރެފިކްސް ޑިޒައިނަރ ގުރޫޕް. ޗިއަރސް