ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި ބޭއްވި ބޮޑު އެއްވުން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކުރި "ދިވެހިން ފަލަސްތީނާއެކު" ހަރަކާތް މުޅި ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފަި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 އޮކްޓޯބަރ 2023 - 19:50
އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވާން "މަމްސް އެއިޑް" ޖަމިއްޔާ އިން އިސްނަގައިގެން "މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން"ގެ ނަމުގައި ފަންޑްރެއިޒިންގެ ބޮޑު އިވެންޓެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ މާދަމާ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް މި އިވެންޓް ކުރިއަށް ގެންދާނީ ހުޅުމާލެ ރުއްގަނޑު 1 ގައި ކަމަށެވެ. ހުޅުމާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މި ހަރަކާތް ބާއްވަން އެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.
މި ފަންޑްރެއިޒިން އިވެންޓުގެ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި އޮންނާނީ ޖަމްބަލް ސޭލެކެވެ. އެ ސޭލުގައި ވިއްކަނީ އެކި މީހުން ޑޮނޭޓުކޮށްފައިވާ ތަކެއްޗެވެ.
"ބައެއް ފިހާރަތަކުންނާއި އާންމުންގެ ފަރާތުން ހަމަ ވަރަށް އާ ރަނގަޅު އެއްޗެހި ލިބިފައި އެބަހުރި ސޭލްގައި ވިއްކަން،" އެ ޖަމިއްޔާ އިން ބުންޏެވެ.
Palestine ge rayyithunnah ehee vumah maadhama beyvvumah hama jehifaivaa fundraising event ah veehaaves gina beyfulhun vadaigen dhevvaa!
— Moms Aid (@Moms_Aid) October 20, 2023
Ballavaigannavaa konme item akee e aailaa thakah foarukoh dhevey varah bodu ehee eh. #freepalestine @hdcmaldives @IACMaldives pic.twitter.com/NeNdz39sfG
މަމްސް އެއިޑުން ބުނި ގޮތުގައި، ފައިސާ ހޯދުމަށް، މި އިވެންޓް އޮންނަ ތަނުގައި ފުޑް ކޯނާއެއް ހުންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހުންނާނެ ކަމަށާއި ފޭސް ޕެއިންޓިންނާއި ހީނާ އެޅުން ކަހަލަ ކަންކަން ވެސް އޮންނާނެ ކަމަށް ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށެވެ.
އައިއޭސީއާ ގުޅިގެން މަމްސް ޖަމިއްޔާ އިން ބާއްވާ މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯ އެވެ.
ދިވެހި މައިންނަށް އެހީވުމަށް ހާއްސަކޮށްގެން އުފެއްދި "މަމްސް އެއިޑް" ޖަމިއްޔާ އިން މިފަހުން އަންނަނީ އެހީތެރިކަން ބޭނުންވާ އެހެން މީހުންނަށް ވެސް އެހީ ފޯރުކޮށްދިނުމަށް އެކި އިވެންޓުތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހީމް ކިލެގެފާނު
21 October 2023
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ނުވަތަ ރެޑްކްރަޝަންޓް އިން އެކަނި މިކަހަލަ ފަންޑް ތަށް މެނޭޖްކުރުން އެންމެ ބުއްދިވެރިވާނީ.
ކަމަކު ނުދޭ
21 October 2023
އިންޓަރނޭޝަލް އެއިޑް އެއީ ވާނުވާ ނޭންގޭ ބައެއް.. ސޯޝަލް މީޑިޔާގަ ފޮޓޯ އެއް ދައްކާލެވިދާނެ. ޙާލުގަ ޖެހިފައިވާ މުސްލިމުންނަށް އެގީ ވުމުގެ ނަމުގައި ފަންޑް ތައް ހުޅުވައިގެން ދިރިއުޅުން ހަމަ ޖައްސާ ބައެއް ހެން ހީވޭ ވަރަށް. ކޮންމެ ފަންޑެއްގެ %12.5 އެމީހުން ނަގާ
އަބްޑޫޅް +
21 October 2023
"ފަލަސްތީނު" އޭ ކިޔާ ޓެރަރިޝްޓު ޖަމުއިއްޔާ އަށް، ކަލޭމެން އެހީވަނީ ދޯ؟
އިސްމާލު2.0
21 October 2023
އެދެނީ މާތް ﷲ ގެ އިރާދަފުޅުން ފަލަސްތީނުގެ މުސްލިމުންނަށް ނަސްރާއި ކާމިޔާބު. ނަމަވެސް، އިންޓްނޭޝަނަލް އެއިޑް ކެމްޕެއިންގެ ވެބްސައިޓްގައި ނެތް އެއްވެސް އަހަރެއްގެ އަހަރީ ރިޕޯޓް އަދި އޮޑިޓަޑް ފައިނޭންޝަލްސް ޝާއިއު ކޮށްފައި. އަދި މިފަހުން ޔޫތް މިނިސްޓްރީން އާންމުކުރި (ސިޔާސީ ފާޑުކިޔުމާއި ހެދި މިހާރު ބާތިލުކޮށްފައިވާ) ލިޔެކިޔުން ފުރިހަމަނުވާ ލިސްޓަށް މި ޖަމިއްޔާ ވަނީ އަރާފައި. ގިނަ ބަޔެއްގެ އަމާނަތަކާ ހަވާލުވާއިރު މިކަންކަން ރަނގަޅު ކުރުން މުހިންމު.
ކަމަކުނުދެ
21 October 2023
ކޮން ބައެއްގެ ފޮޓޯތޯ އަންދާ ގޮތައް އޮތީ އަދި ކޮން ގޭންގެއްތޯ އިސްވެ އުޅެނީ އޭރައް އެގެނީ ބައިވެރިވާން ވިސނާލން
މުޒާހަރާ ކޮއް ފައްސާލަންވީ އެންމެން
20 October 2023
މުސްލިމް ގައުމު ތަކުގަ ތިބި ހުރިހާ ޑިޕްލޮމެޓިކް ޔަހޫދީންނާ ނަސާރާއިންނާ ހިންދޫން ފައްސާބޭރުކޮށް މުޅިން މުސްލިމުން ކައިރިކޮއް އެކަތިގަނޑަކށް ވާންވީ ދުނިޔޭގެ ކޮންމެ ބިތެއްގަ ތިއްބަސް. ކާފަރުން އެންމެން އެއްބައިވެ ހަތިޔާރުނެތް ހަނގުރާމަޔާ ގުޅުމެއްނެތް މުސްލިމުން މަރަމުން ޓެރަރިސްޓުންގޮތުގަ އުޅޭއިރު މުސްލިމުންނަށް ނުވެވޭނެތަ އެއްބައިވެ އެކަތިގަނޑަކަށް.އެމީހުން ބިރުގަންނާނެ.މިޑްލް އީސްޓްއާ ވަކިވާކަށް ނުކެރިގެން މަޑުން ތިބޭ ކާފަރުންވެސް އެބަތިބި.
ގެލެކްޓިކް ފެޑެރޭޝަން
21 October 2023
ހާދަ އެެހެން ކަހަލަ ވިސްނުމެއް! ދުނިޔެ އާއި ގެލެކްސީ ތަކަކީ ތިހީ ކުރާ ކަހަލަ ތަންތަނެއް ނޫން.!!! އެންމެން ގުޅިގެން އުޅެން ދަސް ކުރަންވީ!!!
ެަރަދީފުލް ކުމާރު
20 October 2023
ޝުކުރިއްޔާ މަމްސް. މަމެންވެސް މިތިބީ މަންމަމެންނާއެކު.