ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދައި މާސެލޯގެ ފްލުމިނެންސޭ ކްލަބް ވޯލްޑް ކަޕަށް

މާސެލޯ، ކޮޕާ ލިބަޓަޑޯރެސް ޓްރޮފީ އާއެކު.-- ފޮޓޯ: އޭއެފްޕީ

ރިއޯ ޑި ޖެނީރޯ (ނޮވެމްބަރު 5) - ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސް ކާމިޔާބުކޮށް ރެއާލް މެޑްރިޑްގެ ލެޖެންޑް މާސެލޯ ވިއޭރާ ކުޅެމުން އަންނަ ބްރެޒިލްގެ ފްލުމިނެންސޭ، އަންނަ މަހު ސައުދީ އަރަބިއްޔާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ފްލުމިނެންސޭއާ ދެކޮޅަށް ނުކުތީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އެވެ. ބޮކާ ޖޫނިއާސްގެ ކެޕްޓަނަކީ އާޖެންޓީނާގެ ކުރީގެ އެއްވަނަ ކީޕަރު ސާޖިއޯ ރޮމޭރޯ އެވެ. އަދި އުރުގުއޭގެ އެޑިންސަން ކަވާނީ ވެސް ފައިނަލް މެޗުގައި ބޮކާ ޖޫނިއާސްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައި ވެއެވެ.

ބޮކާ ޖޫނިއާސްގެ މައްޗަށް ފްލުމިނެންސޭ ކުރި ހޯދީ އިތުރު ވަގުތު ކުޅެގެން 2-1 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާއަށް އުފަން ފޯވާޑް ޖާމަން ކާނޯ މެޗުގެ 36 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް، ބޮކާ ޖޫނިއާސް އިން އެއްވަރުކުރީ 72 ވަނަ މިނިޓުގައި ލުއިސް އަޑްވިންކިއުލާ ޖަހައިދިން ގޯލުންނެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ކަވާނީ ބަދަލު ކޮށްފައި ވާއިރު، އޭގެ ދެ މިނިޓު ފަހުން މާސެލޯ ވެސް ވަނީ ބަދަލު ކޮށްފަ އެވެ.

މާސެލޯ (ވ) އަތުން ބޯޅަ ހޯދަން ކަވާނީ (ކ) މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ނުވަވަނަ މިނިޓުގައި ފްލުމިނެންސޭ މޮޅުކޮށްދިން ގޯލު ޖެހީ، ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ޒުވާން ފޯވާޑް ޖޯން ކެނެޑީ އެވެ.

މިއީ މާސެލޯ، 35، އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 30 ވަނަ ތައްޓެވެ. ރެއާލް މެޑްރިޑާ އެކު 25 ތަށި ކާމިޔާބު ކޮށްފައި ވާއިރު މިއީ އޭނާގެ ކެރިއަރު ފެށި ފްލުމިނެންސޭ އާއެކު ހޯދި ހަތަރުވަނަ ތައްޓެވެ. ބްރެޒިލް ގައުމީ ޓީމާ އެކު މާސެލޯ ވަނީ 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މާސެލޯ ވަނީ ރެއާލް މެޑްރިޑާ އެކު ހަތަރު ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިއީ ފްލުމިނެންސޭ ކްލަބް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ފްލުމިނެންސޭ އާއެކު މިއަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ހަތް ޓީމު މިވަނީ ކަށަވަރު ވެފަ އެވެ.

އެއީ ފްލުމިނެންސޭ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ އިތުރުން، މިދިޔަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސް އާއި އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މިސްރުގެ އަލް އަހްލީ އާއި އުތުރު އެމެރިކާ ސަރަހައްދުގެ ކޮންކާކަފް ޗެމްޕިއަންސް ލީގު ހޯދި މެކްސިކޯގެ ލިޔޯން އަދި އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނިއުޒިލެންޑުގެ އޮކްލޭންޑް ސިޓީ އާއި މުބާރާތް ބާއްވާ ގައުމު ސައުދީ އަރަބިއްޔާގެ ލީގު ޗެމްޕިއަން އަލް އިއްތިހާދެވެ.

ޑިސެމްބަރު 12 ވަނަ ދުވަހު ފަށާ ކްލަބް ވޯލްޑް ކަޕްގައި ފްލުމިނެންސޭ އާއި މެންޗެސްޓާ ސިޓީ ކުޅޭނީ ސެމީ ފައިނަލާ ހަމައިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްތިހާދާއި އޮކްލޭންޑް ސިޓީ ބައްދަލުކުރާއިރު، މޮޅުވާ ޓީމެއް ކުޅޭނީ އަހުލީއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ޑިސެމްބަރު 18 ވަނަ ދުވަހު ސެމީ ފައިނަލްގައި ފްލުމިނެންސޭއާ ދެކޮޅަށް ކުޅޭނެ އެވެ.

ޑިސެމްބަރު 12 ވަނަ ދުވަހު ސިޓީއާ ދެކޮޅަށް ސެމީ ފައިނަލްގައި ކުޅޭނީ ލިޔޯން އާއި އުރަވާ ރެޑް ޑައިމަންޑްސް ބައްދަލުކޮށް މޮޅުވާ ޓީމެކެވެ. ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454