އައްޑޫގެ 500 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ފެބުރުއަރީ 2017 - 15:42
ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ދެއްވައިފި އެވެ.
އައްޑޫގެ 500 އަށް ވުރެ ގިނަ މީހުން ވެރިކަން ކުރާ ޕީޕީއެމާ ގުޅެން ސްޓެލްކޯގައި ބޭއްވި ހަފުލާގައި ރައީސް ޔާމީން ވަނީ ސްރީ ލަންކާ އަށް ނަޝީދު ވަޑައިގެން، އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ނިންމެވި ނިންމެވުންތަކަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީން ފެންނަނީ "އެންމެ މީހަކު ވަށައިގެން ތޮވާފްކުރާ ތަން" ކަމަށެވެ.
"ހަމަ އެންމެ ގިބުލައެއް ހުރެގެން، އެންމެ މީހަކު ހުރެގެން ވަށައިގެން ތޮވާފްކުރަނީ. އެކަމަކު މީގެ ކޮޅެއް މެދެއް އުއްމީދެއް ހަމަ އެއްގޮތަކަށް ވެސް ފެންނާކަށް ނެތް. އަޅުގަނޑަކަށް ނުވިސްނޭ ދިވެހި ރާއްޖޭގެ ގާނޫނުތައް މިހާރު ހުރި ގޮތުން އެއްގޮތަކަށް ވެސް މި ސަޖިދަކުރެވޭނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.
އެހެންވެއްޖެ ނަމަ، ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެސް "މައި ފިއްލަން" އެބަ ޖެހެ އެވެ. އެ ޕާޓީގައި ވެސް އެހެން ލީޑަރުން އުފެއްދޭނެ ކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމަށް ސޮއިކުރި މީހަކު ރައީސް ޔާމީނާ ފޯމު ހަވާލުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން އިންތިހާބުތައް މި ބާއްވަނީ ކީއްކުރަންތޯ؟ ރައްޔިތުންގެ ތާއީދާ އެކީގައި ރައްޔިތުންނަށް ހިދުމަތްކުރާނެ ބަޔަކު ހޯދަން. އަދި އެ ހޯދޭ ބައެއްގެ ހިދުމަތުން އަޅުގަނޑުމެންނަށް ފެނިގެންދާނެ، އެ ކައުންސިލަރުންގެ ތެރެއިން ދާއިރާގެ އިންތިހާބަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެ ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީ ހިނގަން ޖެހޭނީ އެކެއްގެ ވަށައިގެން ނޫން ކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ޕާޓީތައް ހިނގަން ޖެހޭނީ އުސޫލްތަކާއި ގުނަވަންތަކާއި ޕާޓީން ގަބޫލުކުރާ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް މިހާރު ހިންގަނީ އެ އުސޫލުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީއަކީ އާއްމު މެމްބަރުންގެ ޕާޓީއެއް. ޕާޓީތަކުން އުސޫލްތަކެއް ކަނޑައަޅާފައި ބަޔަކު އިންތިހާބުކޮށްފައި މިވަނީ އެ އުސޫލުން ކަންކަން ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ދައުރު ނިމޭއިރު ވެސް ޕާޓީގެ ކުރިމަގަށް ބަޔަކު ތަރުބިއްޔަތު ކުރަން ޖެހޭކަން ގަބޫލުކުރެއްވެ އެވެ. ކުރިމަގުގައި ޕާޓީގެ ޒިންމާ އުފުލާނެ އެތައް ބަޔަކު އެ ޕާޓީގައި އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީން 500 އަށް ވުރެ ގިނަ މީހުން ސޮއިކުރަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަށް 100،000 މެމްބަރުން ހަމަކުރަން ފަށާފައިވާ މަސައްކަތުގެ ނަތީޖާ އާއި މެމްބަރުންގެ މެދުގައި އެ ރޫހު ވެސް ދަނީ ފެންނަމުން ކަމަށެވެ. ކޮންމެ ފަހަރަކު ގިރިސް އަޅައިގެން މައި ސޯބު އަނބުރަންދެން ކުދި ސޯބުތައް ނޭނބުރި ތިބޭ ކަމަށް ވަންޏާ ޕާޓީއެއް ނުހިނގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޕާޓީއަކީ އެންމެންގެ ޕާޓީއެއް ދެއްތޯ؟ އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީ އަށް މި ބޭނުންވާ ލުބްރިކަންޓް އަޅައިގެން ޕާޓީ ހަލުވިކުރުން. މިއަދު އިރާދަކުރެއްވިއްޔާ އޭގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ތަރައްގީ އެވެ. އެ ތަރައްގީގެ ދުވެލި ހަލުވިވެއްޖެ ކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ކުރިން ހިޔާލުނުކުރާ ކަންކަމަށް ރައްޔިތުން އެދެމުން އަންނަނީ ވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅޭނެ ކަން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ މީހުން ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން، އެ ބްރިޖެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ބްރިޖްތައް ނޭޅެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް13
25 May 2017
ތި ސޮއިކުރިހާމީހުން ވޯޓެއްނުލި އުތަ ދޯކާދިނީ އުތަ
ސސ
28 April 2017
މަނިކުފާނުގެ މައްސަލަޔަކީ ޤައުމުގެ ދޮށީ ސިޔާސީ ބޭފުޅުން ދެއްވާ މަޝްވަރާގެ އަޑު ނޭހުން މަޝްވަރާ ނުކުރުން ރައްޔިތުންގެ މަންދޫބުން ސިޔާސީ ލީޑަރުން ނަކީ އެމީހުން ދައްކާ ވާހަކަ އަޑު އަހަންޖެހޭ ހިއްތިރި ކުރަންޖެހޭ ކެއްތެރިވާންޖެހޭ ރުޅި ކޮންޓުރޯލް ކުރަންޖެހޭ!
ޖޯން
11 February 2017
ތަކޮޔެމެން ހާވަރަކަށް ސިހެނީ ނަޝީދު އަކީ ކެރޭ ބޭފުޅެއް
ޖަޔާލަލީތާ
09 February 2017
އަމިއްލަ ޕާޓީތެރޭގައި ޕްރައިމަރީއެއް ބާއްވަން ކެރިވަޑައިނުގަންނަވާ ބޭފުޅަކު ތިމާފަދަ އަނެއްމީހާއަށް ބަހުންޖެހުމުގެ މިސާލަކީ ގުދޯ ގޮވުމެއް ނޫންތޯ؟ އަދި އަމިއްލަ ބާރު ބޭނުންކޮށްގެން ޕާޓީ އެއް ހިސާރުކުރިވާހަކަ ނުދައްކަންވެސް މިތިބީ ގައުމުގެ ވަލިއްޔުލް އަމްރުވީމަ، އިހުތިރާމް ކުރުމުގެގޮތުން ނަމަވެސް ..........
އައްބޭބޭ
09 February 2017
މަބޭނުމެއްނޫން ޔާމީނެއްވެސް ނަޝިދެއްވެސް ރައީސްކަމަށް ގެންނާކަށް
ހާލަތު
09 February 2017
މި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ފައިސާއިން ޕާޓީގެ މަޖިލިސް މެމްބަރުންނަށް ނާޖާއިޒު ފައިދާ ހޯދާދީ އެ މެމްބަރުން މެދުވަރިކޮށް ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކޮށް ޕާޓީއަށް ވަނުމަށް މަޖުބޫރު ކުރުމެވެ. ސިޔާސީ ލީޑަރުންނަށް ހަރަކާތްތެރި ނުވޭނެގޮތް ހެދުމެވެ. އާންމު ރައްޔިތުންގެ ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރުވެރިކަމެއްގައި ބޭތިއްބުމެވެ. މުއައްސަސާތަކުގެ ވެރިން ވަޒީފާ ގެއްލިދާނެކަމުގެ ނުތަނަވަސް ކަމުގައި ބޭތިއްބުމެވެ. ވިޔަފާރިވެރިންގެ އިންވެސްޓްމެންޓްތައް ހުއްޓުމަކަށް ގެނެސް ވިޔަފާރި ބަރޫޓްކޮށްލުމަށް ފަސްނުޖެހޭކަމަށް އަންގައި ފިއްތާލާފައި ބޭތިއްބުމެވެ. ދެން ތިމާވަރުގެ މީހަކު ނެތްކަމަށް އެންމެން ނަށް ދެއްކުމެވެ. މާލެ ވަށައި ބިލްބޯޑު ޖަހައިގެންނެވެ. ދައުލަތުގެ މީޑިޔާ ބޭނުން ކޮށްގެނެވެ. ރައްޔިތުންނާއި ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުގައެވެ. މަތިމަށްޗަށް ދަރަނި ނަގައިގެންނެެެވެ.
ސާދުނާ
09 February 2017
ނަސީދައް ނަމަނަމަ ފުރު ސަތު ނުދޭތި ދީފިނަމަ މަނިކުފާނު ރައްޔަތުންގެ ވޯޓުން ފޭލްވާނެ ޔަގީން ޔަގީން
ރަމްޒީ ބޯލްޓަން
09 February 2017
ހާދަ ވަރަކަށް ތި ސިހެނީ؟
ްއއލ
09 February 2017
އަހަރެން ހަމަ ކޮސްވެއްޖައިން. އެންމެ މީހަކު ވަށާނޫންތަ ރައީސްގެ ތިޔަ ފެކްޝަން ތިޔަ ހިނގަނީ. މިހާރު ތިޔަފެކްޝަންގައި އެންމެން އެބުރެނީ މެޑަމްފަހަތުން. ދެން ރައްޔިތުން އިންތިޚާބުކުރާއޭ ވިދާޅުވާއިރު ތިޔަ ޕާޓީގެ ރައީސް އެކަހެރިކޮށް ޕާޓީގެ އިސް މަޤާމް އަމިއްލަ ފުޅަށް ހޯއްދެވިގޮތް އަދި ދިވެހިން ހަނދާނެއް ނުނެތޭނެ. އިންތިޚާބުން މަނިކުފާނުވެސް ޕާޓީގެ ރައީސްގެ މަޤާމް ހޯއްދެވިނަމަ މިހާރު މީހުން އެކިޔާއެއްޗެހިނުކިޔާނެ ދެތޮ؟ ދެން މަނިކުފާނަށް އޮޅިވަޑައިގަތަސް މުސްލިމުންގެ ޤިބުލައަކީ ހަމަ އެންމެ ޤިބުލައެއް. މުސްލިމުންނަކަށް ދެ ޤިބުލައަކަށް ސަޖިދައެއް ނުކުރެވެނެ. ދެން މިސާލުވެސް ޖައްސަވަންޖެހޭނީ އެކަމަކާ މުނާސަބު އެއްޗަކާދެއްތޮ؟ މިފަހަރު ތިޔަ ވިދާޅުވި ބަސްފުޅު އެހާ މުނާސަބަތެއްނޫން. މަނިކުނަށްވެސް އެނގިވަޑައިގަންނަވާނެ ޕާޓީއަށް މީހުން ގިނަވަނީ ކޮންގަތަކަށްކަން. ކުރީގަ ވެސް މަނިކުފާނު ޕާޓީއެއް ހައްދަވައިގެން އުޅުއްވީމެއްނޫންތޯ އެކަމަކު މެމްބަރުން ގިނައެއް ނުކުރެއްވުނު. ވީމާ އެހާ ފޮނިބަސް ވިދާޅުވެ މަލާމާތް ނުކުރައްވާ.
ގޮތްނޭގޭ
09 February 2017
އަސްލުގަ މި ރައީސްއަށް ގިނަފަހަރު ކިޔޭނުކިޔޭ ނޭގޭކަން ފާހަގަކުރެވޭ