ބްރެޒިލްގެ އެފްއޭގެ ރައީސްގެ މަގާމުން ދުރު ކުރި އެޑްނާލްޑޯ ރޮޑްރިގޭޒް --- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2023 - 14:47
ރިއޯ ޑީ ޖެނީރޯ (ޑިސެމްބަރު 9) - ބްރެޒިލްގެ ކޯޓުން، އެ ގައުމުގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީބީއެފް) ގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް މަގާމުން ދުރުކޮށްފި އެވެ.
ރިއޯ ޑީ ޖެނީރޯގެ ކޯޓުން، ރޮޑްރިގޭސް މަގާމުން ދުރުކުރުމަށް ފަހު ކޯޓުން ވަނީ ސީބީއެފްގެ ވަގުތީ ރައީސަކަށް ބްރެޒިލްގެ ކުޅިވަރު އަދުލުގެ މަތީ ކޯޓުގެ ފަނޑިޔާރު ހޯސޭ ޕެރްޑިޒް އައްޔަން ކޮށްފަ އެވެ.
ރިއޯ ޑީ ޖެނީރޯގެ ކޯޓުން، ރޮޑްރިގޭސް މަގާމުން ދުރުކުރުމަށް ފަހު ވަނީ ސީބީއެފްގެ ވަގުތީ ރައީސަކަށް އެ ގައުމުގެ ކުޅިވަރު އަދުލުގެ މަތީ ކޯޓުގެ ފަނޑިޔާރު ހޯޒޭ ޕެރްޑިޒް އައްޔަން ކޮށްފަ އެވެ.
ކޯޓު ވަނީ 30 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް އިންތިޒާމް ކުރުމުގެ ޒިންމާ ޕެރްޑިޒްއާ ހަވާލުކޮށްފަ އެވެ.
ބްރެޒިލްގެ އެފްއޭގެ ވަގުތީ ރައީސަކަށް ހަމަޖެއްސި ހޯޒޭ ޕެރްޑިޒް
ރޮޑްރިގޭޒްގެ މަގާމު ގެއްލިފައިވާ ކަމަށް މިިދޔަ ބުރާސްފަތި ދުވަހު ކޯޓުން ކަނޑައެޅީ އޭނާ ރައީސް ކަމަށް އިންތިހާބު ކުރަން މިދިޔަ އަހަރު ބޭއްވި ކޮންގްރެސް ބާތިލުކަމަށް ނިންމުމަށް ފަހު އެވެ.
އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ކޯޓުން ނިންމި އިރު އޭނާގެ ދައުރު ހަމަވާން އަދި ތިން އަހަރު އެބައޮތެވެ. ދައުރު ހަމަވާނީ 2026 ގަ އެވެ.
ކޯޓުން މި ގޮތަށް ނިންމާފައި މިވަނީ އިންތިހާބީ މަރުހަލާއާ ގުޅިގެން ޕަބްލިކް ޕްރޮސެކިއުޓާ އޮފީހާއެކު 2022 ވަނަ އަހަރު ސީބީއެފުން ހެދި އެއްބަސްވުމުގެ ދަށުން މަގާމު ގެއްލުނު އެ އިދާރާގެ ކުރީގެ ނައިބު ރައީސުން މައްސަލަ ހުށަހެޅުމުންނެވެ.
ކޯޓުން ކުރި ހުކުމުގައި ވަނީ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހާއި ސީބީއެފްއާ ދެމެދު ހަދާފައިވާ އެގްރީމެންޓަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން، ސީބީއެފްގެ ސްޕޯކް ޕާސަން ބުނީ ކޯޓުގެ ނިންމުން އައި ގޮތް އެނގިފައިވާ ކަމަށާއި ކޯޓުން އެޅި ފިޔަވަޅުތައް އިތުރަށް ދިރާސާ ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
11 December 2023
ރާއްޖޭގެ މީހާ ހަމަ ކާލަ ކާލަ ހުންނަނީ، އޭނާގެ މައްސަލަ ބޭލޭނެ ބަޔަކު އިދާރާއެއް މިރާއްޖޭގައި އޮތްތަނެއް ނުފެނޭ.
މަޒް
10 December 2023
ކޮބާތަ ބެރެޒިލްއަށް ސަސްޕެންޝަނެއް ނާދޭތަ؟
މަޑޭ
09 December 2023
ބައްސާމް އިސްތއުފާ !!!
އިހްސާސް
09 December 2023
މިގައުމުގަ ބޮޑުބޮޑެތި ވަގުން މާވަރުގަދަވާނެ.
ބައްސާ މ
09 December 2023
މަރުހަބާ!
ބާބާ
09 December 2023
މިވަރުވެސް އަހަރުމެންނަށް ނޮކޮއްލުވުނު، ގައިމު ތަންކޮޅެއް ކުރީގަ އެފްއޭއެމް ހުލިވުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅާ ކޯޓަށްވެސް ގޮސް ބަލަންޖެހޭކަންތައް ބެލިނަމަ މިހާލަތަކަށް ނައީސް!