ހުޅުމާލޭގައި ފައިލޭރިއާ އަށް އިއްޔެ ސްކްރީނިން ކުރުން ކުރިއަށް ގެންދަނީ.
23 ޑިސެމްބަރ 2023 - 17:26
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން އިއްޔެ ފެނިއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އިންޑިއާގެ އެ މަސައްކަތު މީހާ ފެނުނީ ފައިލޭރިއާ އަށް މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ. އެހެންވެ، އެ މީހާ އަށް ބޭސް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައި ވެ އެވެ. އެހެންވެ، މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 ބިދޭސީއަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ.
އެޗްޕީއޭ އިން ބުނީ، އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދުން އައިސްފައިވާ މީހުން އެ 26 ބިދޭސީންގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ކުޅުދުއްފުށިން ފައިލޭރިއާ ފެނުމާ އެކު ސްކްރީނިން ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައި. އޭގެ ތެރޭގައި ދިވެހިން ވެސް އަދި ބިދޭސީން ވެސް އެބަ ސްކްރީން ކުރަން،" ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް މި ވަގުތު ރާއްޖޭގައި އެބަހުއްޓެވެ. އެކަމަކު، އެއީ މިހާތަނަށް ރާއްޖެ އިން ނައްތާލާފައިވާ ބައްޔަކަށް ވުމާ އެކު، އިތުރު ސްޓޮކް މި ވަގުތަށް ބޭނުންވާތީ ބޭސްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފައިލޭރިއާއަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެއް ކަމަށް ވިޔަސް އެ ބަލި ފެނުމާ ގުޅިފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ފެށުމާ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިއާ ނުޖެހިދާނެ އެވެ.
އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިއާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުލެއް،
24 December 2023
އެމްޑީޕީ އިބޫގެ ސަރުކާރުގަ ޖާވާބުދާރީ ކުރުވަން ޖެހޭމީހުން މަޖިލީހައް ނިކަންގެނަސްބަލަ ސުވާލުކޮށްލަން
ފައިލޭރިއާފަނި
24 December 2023
މައިކުރޯފައިލޭރިއާ ޕެރަސައިޓް ފަނި އެކަކު ގައިން އަނެކަކު ގަޔަށް އުފުލަނީ މަދިރި ، މިއީ މަދިރި މެދުވެރިކޮށް އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއް ، މަދިރި އުފެދޭ ތަންތަން ނައްތާލާ މަދިރި ކޮންޓޫރޯލުކޮށް މީހުން މި ބައްޔަށް ޓޭސްޓްކޮށް ބަލި ކޮންޓުރޯލު ކުރަން ޖެހޭ ، ފައިލޭރިއާސިސް ބައްޔާ ބެހޭ ގޮތުން އާރޓިކަލް ލިޔެ މީހުން ހޭލުން ތެރިކުރަން ޖެހޭ ކޮވިޑް އެކޭ އެއްގޮތައް
މަހާރަދުން
24 December 2023
އަދިވެސް ެބަލި މީހުން ޑީޕޯޓު ކުރާ ވިސްނުމެއް ނެތް... އެމީހުން ބައިތިއްބައިގެން އެހެން ދިވެހިން ދޯ ރައްކާތެރި ވާންވީ!! އެ ބިދޭސީ ޑީޕޯރޓު ކުރޭ!!!
ދޯޕައްޓާ
23 December 2023
ދިވެހިންވެސް އިންޑިއާ ލަންކާތަންތަނަށް އަބަދު ގޮސްއައިސް އެބަހަދާ، އެއިންމީހެއްގައިގަ ތިބުނާ މަދިރިއެއް ނުހަފާކަން ބެލޭނެގޮތެއްކޮބާ.
ގޫގުލް
24 December 2023
ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ލޭބުއި މަދިރި ތަކުރާރުކޮށް އެތައް ފަހަރަކު މީހެއްގެ ގައިގައި ހެފުމުން ފައިލޭރިއާސިސް ފެތުރޭ ކަމަށް ވަނީ ޔޫރަޕާ ނޯރތު އެމެރިކާ މީހުން ޓުރޮޕިކަލް ގައުމުތަކަށް ކުޑަ ދުވަސްކޮޅަކަށް ދިޔަސް ފައިލޭރިއާސިސްގެ މާބޮޑު ނުރައްކަލެއް ނޯންނާނެ ކަމަށް ވަނީ
މުހައްމަދު..
23 December 2023
އެހެންގައުމުތަކަށް ދާމީހުންގެ ގައިގަވެސް އެގައުމުގައި އުޅޭ މަދިރިހަފާނެނުން.
އަދުގެ
23 December 2023
މި ސަރުކާރުންވެސް މިމީހުން އެމީހުންގެ ގައުމަށް ފޮނުވާލާކާ އަދިވެސްނުވިސްނާ ، މާމޮޅުޑޮކުޓާރުން ތިބިގައުމަކަށްވެގެން މިމީހުންނަށް ފަރުވާކުރަންހަރަދުކުރަނީ ދިވެހިދައުލަތުން . އަލީލަތީފު ކަހަލަ ޑޮކުޓަރުންގޮވައިގެން މިސަރުކާރުވެސް އުޅެނީ ، ކޮވިޑު މިލިއަނަރު އެއީ.
ޑޮކްޓާރ. ބަނާނާ
23 December 2023
ސަރުކާރު ގެ ވުޒާރާ ތަކަށް ކަރަޕްޝަން ވަދެފައިވާ މިންވަރު މިހާދިސާތަކުން އެގިގެންދޭ. މެޑިކަލް މާފިޔާ ތަކުގެ ކުލިމިކް ތަކުން ފައިސާ ނަގައިގެން ހަދާ މެޑިކަލް ހުއްޓުވާ ސަރުކާރުގެ ހޮސްޕީޓާ ތަކުން ބިދޭސިންގެ މެޑިކަލް ހަދަންފެނޭ.. ބިދޭސިންގެފަރާތުން ދުވަހަކުވެސް މިރާއްޖެެއިން ނުފެންނަ ބަލިތައްވެސް މިހާރު އެބަފެނޭ .މިފަދަ ކަމެއް ކޮންމެ ފަހަރަކު ފަޅާއަރަނީ ހިތާމަވެރި ހާދިސާއެއް ހިގުމުން. ޥ ސަލާމް!
މޭޒު
23 December 2023
މޭޒު ދަށުން ބޯޑަރ ކޮންޓްރޯލަރ ބޮލަކަށް 10000ރ ނެގުމުގެ ނަތީޖާ މިހާރު މިފެންނަނީ،ގައިމު ޢަރަބި ގައުމަކަށް ތިއިން މީހަކަށް ނުކެރޭނެ މެޑިކަލް ސެޓްފިކެޓް ނެތި އެޕްލައި ވެސް ކުރާކަށް ވަޒީފާއަކަށް،އެކަމް މިރާއްޖޭގަ ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއް ބޭރުން މީހުން އެތެރެ ކުރުން،އެޖެންޓުން ތިބެނީ ހެވިފަ ނުފަޅާ ދަތްކޮއްޅަށް ދެން ފެންނަން،
ބާބް
23 December 2023
ދެން މުޅިރާއްޖޭން ތިބަލި ފެންނަމުން ދިޔުމުގެ ފުރުސަތު އެބައޮތް. އިންޑިޔާގެ އުގަށް ވެއްޓި އިންޑިޔާ މީހުން ރާއްޖެ ގެންނަ ހިތުން ހެލްތު ސްކްރީނިންގ ވެސް ހުއްޓާލީ. ނަތީޖާ މިހިރަ ފެންނަނީ. ފައިލޭރިޔާ އުފުލާ މަދިރި ރާއްޖޭގައި މިހާރުވެސް އުޅޭ. މިވީގޮތުން ދިވެހިންވެސް ރެންޑަމްކޮށް މިބައްޔަށް ސްކްރީން ކުރުން މުހިންމު.
ސައިމާރރރ
23 December 2023
2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ހުއްދަ ގައިމުދޭނީ ޒިންމާ ދާރު މަގާމެއްގަ ހުރި ސީނިއަރ މީހެއް. ކޮވިޑް ނިމުނުން އެނިންމުން ބަދަލު ކުރަންވެސް ނޭގުނީތަ؟ އޭރު އެތެރެވި މީހުންގެ މެޑިކަލް ފަހުން ހުށަހެޅޭނެ ގޮތެއްވެސް ހޯދަންނޭގުނީތަ؟ މުސާރަ ނަގަންްްއެކަނިތަ އެގެނީ؟
އޮޅުންސުވާލި
23 December 2023
އޭނައަދިވެސް ގޮވަނީ އެހެންމީހުންނަށް ރުހުންނުދޭން. ބިދޭސީންގެ މައްސަލަ ހައްލުނުވިތާ އިސްތުއުފާދޭންވެސް ނުކެރުނު.
އަފްރާސިޔާބު
23 December 2023
ރާއްޖޭގައި ތިބަލި ފަތު އަޑު ކިޔާގައި ދެންފެތުރޭނީ. ދިވެހިން ބޯން އުޅުނު ރާނާޅި ތި އޮތީ ރަނގަޅަށް ބޮވިފައި. އަދިވެސް ބޭރު މީހުން ނުގެނެވިގެން ސަރުކަރުން މަރަށް ތެޅެނީ. ކުރީގައި ފެތުރުން ކޮންޓްރޯލްކުރެވުނަސް މި ތޮއްޖެހިފައިވާ މާލޭގައި ތިބަލި މިހާރު ކިތަންމެ ބައެއްގެ ގައިން ފެންނާނެ.
އެލެފެންޓިއާސިސް
24 December 2023
ފައިލޭރިއާ ޕެރަސައިޓް (ފަނި ) އުފުލަނީ މަދިރި ކުޑަ ތަންކޮޅެއްގައި ފައިލޭރިއާ ޖެހިފައި ތިބި މީހުން ގައިން ލޭބޮއިފައިވާ މަދިރި އެހެން މީހުން ގައިގަ ހަފާ ފައިލޭރިއާ ފަނި އެކަކު ގައި އަނެކަކު ގަޔަށް އުފުލީމައި ފައިލޭރިއާސިސް ނޫނީ އެލެފެންޓިއާސިސް ބަލީގެ އައުޓްބުރޭކެއް އަންނާނީ