ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
02 ޖެނުއަރީ 2024 - 23:22
އިހުލާސްތެރިކަމާ މެދު ސުވާލެއް ނުކުރެވޭނެ ކަމަށާއި ކުރެވޭނެ ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މިހާތަނަށް އޭނާ ކުރެއްވި ކޮންމެ މަސައްކަތަކީ ވަރަށް ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ސަރުކާރަށް ކޮށްދީފައިވާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑަކީ ތިން ސަރުކާރުގައި ވަޒީރުކަން ކުރުމަށްފަހު ހަތަރުވަނަ ސަރުކާރާއެކު މަސައްކަތް ކުރަން މި ފަށަނީ އަޅުގަނޑުގެ އިހުލާސްތެރިކަމަކަށް ލޯޔަލިޓީއަކަށް މަސައްކަތުގެ ގާބިލުކަމަކަށް ސުވާލެއް ނުކުރެވޭނެ. ކުރެވޭނެ ޖާގައެއް ނުދޭނަން. ކުރެވޭނެ ޖާގައެއް އަޅުގަނޑު މިހާ ހިސާބަށް ދީފައެއް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެކުލަވާލާފައިވާ ކަންކަން ތަންފީޒު ކުރަން ކަމަށް އާޒިމް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ސަރުކާރުން ރާއްޖެއަށް ގެންނަން ނިންމާފައިވާ ބަދަލާއި ކުރިއެރުން ރައްޔިތުންނަށް ދެއްކުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އެ ކޯލިޝަން ކުރިޔަށްދާނީ ވަރުގަދަ އަޒުމަކާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކޯލިޝަން ބައިބައިކޮށް ގުނޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާ އެންމެ ބޮޑު ކަމަކީ އަޅުގަނޑަކީ އަޅުގަނޑު ހުންނަ ގޮތެއްގައި ހުންނަ މީހަކަށް ވާކަން. ވަރަށް ސާބިތުކޮށް މި ދަންނަވަނީ އަޅުގަނޑު މި ހުރީ ރައީސް މުއިއްޒުއާއެކު، އެ ބަދަލެއް ނުކުރެވޭނެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅަށް ކިތަންމެ ހަމަލާއެއް ދިނަސް ގުޑުވައެއް ނުލެވޭނެ. އަޅުގަނޑަކީ އަޅުގަނޑުގެ އިހުލާސްތެރިކަން ސާބިތުކަމާއެެކު މި ގައުމަށް ދެއްކި މީހެއް. އެ ބަދަލު ކުރަން ނޫޅުއްވާތި. އަޅުގަނޑާ ޒާތީގޮތުން ބެހުނު ވަރަކަށް އަޅުގަނޑު ވާނީ ބޯ ހަރު. ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ވާނީ ބޯ ހަރު. އަޑު ވާނީ ގަދަ. އަޅުގަނޑުގެ އަޒުމް ވާނީ ވަރުގަދަ."
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހްމާން އަބްދުﷲގެ އިތުރުން އާޒިމާ ޝުކޫރާއި ސިޓީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާ ވިދާޅުވީ މިއަދު މާލޭގެ ރައްޔިތުންނަށް އޮތް ގޮތަކީ މާލެ ސިޓީގެ ތަރައްގީއަށް ވިސްނުމަށްފަހު އެކަމަށް ގާބިލް ކެނޑިޑޭޓަކު މޭޔަރަކަށް އައްޔަން ކުރުން ކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ. މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
04 January 2024
އައި ވުޑް ބީ ރިއަލީ ސަރޕްރައިސްޑް އިފް ޔޫ ކޭން 'ކޮން' މެޖޯރިޓީ އޮފް ޕީޕަލް އިން މާލޭ ރީޖަން!
އަލީ ސޮފުވާން
03 January 2024
މާލޭގެ ހުރިހާ ކަމެއް އެނގި ދަންނަ މީހަކައްވެސްހުރީ އާޒިމާ، ހާސްނުވޭ ރައްޔިތުން ގަބޫލުކުރަން މޭޔަރު ކަމަށް އެންމެ ފިޓު މީހަކައް ހުރީ އާޒިމާކަން
އަފާފްް
03 January 2024
އާޒިމާވަރެއްނެއް. ކުރިންވެސް މިހާރުވެސް ފަހުންވެސް އާޒިމާ އައް އިތުބާރު ކުރާނަން
ޝާހިން
03 January 2024
އާޒިމާއަށް އިތުބާރުކުރަން. ހޮވާނީ ހަމަ އާޒިމާ، އިރާދަ ކުރެއްވިއްޔާ ފަސޭހަކަމާއި އެކީ ކާމިޔާ ބު ކުރާނެ
ދާޢިން
03 January 2024
އާޒިމާ ވަރުގެ އެހެން ކެންޑިޑޭޓެއް ނެތް، އެކަންވަރަށް ސާފް
އުފެދުމުގަވެސްބާތިލް
03 January 2024
ކަމަނާގެ އިޚްލާސްތެރިކަމާމެދު ޝައްކެއްވެސްކުރާނެ މާލޭ މީހަކު ހަމަ ގައިމުވެސް ނުހުންނާނެ. ޝައްކު ކުރެވޭނީވެސް ކަމަނާތީ ކާކުކަން ނޭގޭނަމަތާ.
އަސްލު...
03 January 2024
އިޙުލާސްތެރިކަމުގެމާނަ އޮޅިއްޖެ....
ފަސަންދާ
03 January 2024
މާގޭ ވޯޓް އާޒިމާމަ އަށް
ޢެޑްމުންޑޯ
03 January 2024
އިޚްލާސްތެރި ކަމެއްނެތީމާތާ ބޭންކްތަކުން ކޯޓްތަކަށް ގޮސް ހުކުމްކުރަނި
ހޯރަބޭ
03 January 2024
ދަރަނިވެފަ ހުރި މޭޔަރަކު ރަށްއިތުން ބޭނުމެއް ނުވާނެ.
މަރުދުރު
03 January 2024
ޖާގަ ދިނަސް ނުދިނަސް އިޚްލާސްތެރިކަން އެބަ ފެނޭ ވަރަށް ރަނގަޅަށް. މާކަ ފުންނާބު އުސް ލޯޔަރަކަށް ވެގެން ޔާމީނުގެ ލީގަލް މިނިސްޓަރު ކަމުގައި ހުރެ ޔާމީނަށް ދިން ކޮޅުކެހިން އެފަކީރު އަދިވެސް އެއުޅެނީ ސަލާމަތް ނުވެވިގެން. ޔާމީނު އަށް ވަފާތެރިވެ އަދި މަދު ދޭންވީ ދުވަހު ތިޔަހުރީ ޔާމީނާއ އިދިކީލަ މީހުންގެ ކޮޅަށް އަރައި.