އާޒިމާ "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: ވިދާޅުވީ އޭނާ ހުންނެވީ ރައީސްގެ މެނިފެސްޓޯ އެކުގައި ތަންފީޒުކުރަން ކަމަށް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
11 ޖެނުއަރީ 2024 - 13:09
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ތަންފީޒު ކުރަން އެއްބާރުލުން ދޭނެ މޭޔަރަކު މާލެ އަށް ހޮވުމަކީ މުހިންމު ކަމެއް ކަމަށާއި އޭނާ ހުރީ ރައީސްއާ އެކު އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރަން ތައްޔާރަށް ކަމަށް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް އާޒިމާ ދެއްވި އިންޓަވިއުގައި ވިދާޅުވީ ސަރުކާރާއި ސިޓީ ކައުންސިލްގެ ދެމެދުގައި ސިޔާސީ ތަފާތުވުންތަކުގެ ނަތީޖާ މާޒީ އިން އޮތީ ފެންނަން ކަމަށާއި އެއީ "ސަރުކާރުގެ" މޭޔަރަކަށް މިހާރު އިސްކަން ދޭން ޖެހޭ ސަބަބު ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކަށް މާލޭގެ މީހުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ ތަސައްވުރަކާއި ޕްލޭނެއް ކޮންމެ ވެރިކަމަކާ އެކީ ބަދަލުނުވާ އަންނަން ޖެހޭ. އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ ބޮޑެތި މައްސަލަތައް ރާއްޖޭގައި މިހުރީ ގައުމީ ޕްލޭނެއް ތަސައްވުރެއް ނެތިފައި ސިޔާސީ ވިސްނުން ކުރިއަށް އެރުމުން ގައުމީ ވިސްނުމަށް ވުރެ، އޭގެ ތެރޭގައި މާލެ ތާށިވީ، 15 އަހަރު ވަންދެން ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދޭތެރޭ ތަޅާފޮޅުމުގައި މި ދިޔައީ،" އާޒިމާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ގިނަ މައްސަލަތައް ހައްލުކުރައްވަން ޕްލޭނަކާ އެކު ވަޑައިގެން މަސައްކަތް ކުރެއްވި ނަމަވެސް އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެދެވުނު ސަބަބަކީ އެއީ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އާޒިމާ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައީސް ޑރ. މުއިއްޒުގެ ސްޓެރެޓެޖިކް އެކްޝަންގެ ޕްލޭންގެ ތަންފީޒު ނުވެ އޮތް ބައި ތަންފީޒު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހުރި ކަންކަމާއި އޭނާގެ އަމިއްލަ ތަޖުރިބާއާ އެކު، ގިނަ ކަންކަން ހާސިލް ކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމާގެ ކެމްޕެއިން އިވެންޓެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އާޒިމާގެ މެނިފެސްޓޯގައި ހިމަނާ ބައެއް ކަންކަން:
- ރައްޔިތުންގެ ވިސްނުން ހިމަނައިގެން ތަރައްގީ ކުރެވޭ ގޮތަށް ހިންގުމުގެ ނިޒާމު ބަދަލުކުރުން.
- ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކެއް ފަށައި ވަޒީފާ ފަހިކޮށްދިނުން.
- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އޮކިއުޕޭޝަން އާއި އަންހެނުންގެ ވަޒީފާ ފުރުސަތުތައް.
- 24 ގަޑިއިރު ހިދުމަތް ދޭ ވެޓް ސެންޓަރެއް ހަދައި، މަގުމަތިން ބުޅާ ރައްކާތެރިކަމާއެކު ނެގުން.
- ދިވެހިރާއްޖޭގެ މާމެލާމެލީގެ ބަގީޗާއެއް ތަރައްގީކުރުން.
- ޕާކުތައް ތަޅުލާފައި ހުންނަން ހުރުން ދޫކޮށްލުން.
- މާލޭގެ ރެކްރިއޭޝަނަލް ކުޅިވަރުތަކަށް ޕްލޭނެއް އެކުލަވާލުން.
- ޕަބްލިކް ލައިބްރަރީއެއް ހުޅުވުން.
އާޒިމާ ވިދާޅުވީ އޭނާ އަށް އޮތް ޔަގީންކަމަކީ ރައީސް ޑރ. މުއިއްޒު އެކުލަވާލާފައި އޮތް ޕްލޭން، ސަރުކާރާ ގުޅިގެން އޭގެ އެންމެ ފުރިހަމައަށް ހާސިލް ކޮށްދެވޭނެ ކަމަށެވެ.
"އަޅުގަނޑު މިހުރީ ރައީސްގެ އަރިހުގައި، މުޅި ރާއްޖޭގެ މެނިފެސްޓޯ އެކުގައި ތަންފީޒުކުރަން. އަޅުގަނޑަށް މި ފުރުސަތު ދެއްވާ ތިބޭފުޅުންނަން ތަފާތު ދައްކަން. އަޅުގަނޑުމެން މިތިބީ ކޮމިޓެޑް ޓީމެކޭ ނިކުމެ،" މިހާރުގެ ރައީސް ޑރ. މުއިއްޒާ އެކު، އެއް ކެބިނެޓުގައި މަސައްކަތް ކުރެއްވި އާޒިމާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދަންނަ ކަލޭގެ
13 January 2024
ވަރަށް ހީނުވޭ މި ދައިތައަށް ފުރުޞަތު ލިބިދާނެހެން. ލޯނެއް ނެގީތީ އެވެސް ނުދައްކާ އެ ތެޅުނީ. ދެން އެ ދައްކަން ޙުކުމް ކުރީމާ ކުށެއްނެތް ކަން ދައްކަން އެ އިސްތިޢުނާފުކޮށް ބޭންކާދެކޮޅަށް އަބުރުގެ ދައުވާ ކުރަން. ބްރޯ ހޭލުންތެރި ދިވެހިންވެސް އެބަ އުޅެޔޭ
ދޮންބިލެއްއަހުމަދު
12 January 2024
ރައްޔިތުންގެ ބަސް ތަންފީޒު ކުރާކަށްނޫން ? ރައީސް ގެ މެނިފެސްޓޯ ? ވަރަށް ސާފު - ރައްޔިތުންގެ ވޯޓު ފޭރެނީ ރައީސް ގާތުން ބާރު ހޯދަން
ބޮޑާ މީހާ
11 January 2024
މިއޮއް ހުރޮހާ ދުވަހު ކޮންތާކުހޭ ތެޅުނީ ހަމަ ވެރިކަން ލިބޭއިރައް މޭޔަރޭ ކިޔާގެން އަނގަތަޅަން ލަދުކޮބާ.. އެއްވެސް ރައްޔިތަކު ވޯޓް ނުދޭން ގޮވާލަން...
މޯޑް
11 January 2024
ދަރަނި އަދާކޮށްފަ މޭޔަރކަމަށް ކުރިމަތި ލީނަމަ ދޯ
އަސްލު...
11 January 2024
އާޒިމާއަކީ އެއްވެސް ކަމެއްކުރެވޭ މީހެއްނޫން އަޅުގަނޑު ގަބޫލެއްނުކުރަން ކުރާނެކަމެއް ކުރeވޭނެ ކަމެއްވެސް....
ދިކޮޓަރި
11 January 2024
އަޅުގަނޑު މިހުރީ މުއިއްޒުގެ އަރިހުގައި؟ މޭޔަރުކަން ލިބިއްޖެއްޔާ، މިވެރިކަމުގެ މުއިއްޒުގެ ތަސައްވަރަކީ އުފެދުމުގައިވެސް ބާޠިލް އެއްޗެއް ކަމަށް ނުބުނެފިއްޔާ ކިތަންމެހާވެސްް ރަނގަޅު...
ފަހުދު.
11 January 2024
ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރާނީ ރައީސް އެއްނޫންތަ
އަފްރާސިޔާބު
11 January 2024
ރައީސަށް އެހުރިހާ ދޮގެއް ހިފައިގެން ދެން ނުއުޅެވޭނެތީ އެ ދޮލަނގު އެ ޙަވާލު ކުރީ ދޮގުން ނޫނީ ކައިބޮއިގެން ނުއުޅޭވަރުގެ ބޭކަބަލަކާ! މިކަނބުލޭގެއަށް ނޭނގުނޭ ރައީސްގެ މެނިފެސްޓޯ އަކީ ސިޓީ ކައުންސިލުން ކުރައްޖެހޭ މަސައްކަތެއް ނޫންކަން. މިވަރުގެ ދެބަންދިހާރެއް ކަމެއް ކުރިއަކުން ނުދެނެހުރިން. މިފަހަރު ވޯޓު ގަނޑުބަޑު ނުކުރިއްޔާ ކިތަންމެހާވެސް ރަނގަޅު.
އިންކްރެޑިބަލް މޯލްޑިވްސް!
11 January 2024
ދުނިޔޭގެ ކޮންގައުމެގެ މީހަކު މޭޔަރު ކަހަލަ ޒިންމާދާޒު ބޮޑު ވަޒީފާއަކަށް ކުރިމަތި ލާނީ ބޮޑު ދަރަންނެއް އޮތްވާ؟ ކުރިމަތިލަން ކީއްކުރަން ފުރުސަތެއްވެސް ނުލިބޭނެ. ނުދޭނެ. އެކަހަަލަ ކަމެއް ގައުމުގައި އަށަގަންނަން ޗާންސެއްނުދޭނެ. ރާއްޖެކަހަލަ ހަމަޖެހޭ ހަރުދަނާ އުސޫލެއް ނެތް ގައުމެއްގައި މިކަންވިޔަސް.
ގެދާނޯމޮސް
11 January 2024
. ގިނަފަހަރަށް މޭޔަރުންނަކީ އިހްސާންތެރިން ވަރަށް ހަނދާންނެތޭ ބަޔެކެވެ. ތީ ދެވަނަ ބލދ ހަސީނާ އަށް މިގައުމުން ނުވެއްޖެ ނަމަ ރަނގަޅެވެ.
އަހުމަދު ސައިފުލް
11 January 2024
މީނާ އަކީ އެފަރމަޓިވް އެކްސަން އެމްޕްލޯއީ ކަމަށް ދެކެނީ! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ ދޯ؟