ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ. އެ ރަންވޭގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. އަންނަ މަހު ރަންވޭގެ ބައެއް ބޭނުން ކުރަން ފަށާނެ-- ފޮޓޯ: އާރްއޭސީއެލް
24 ޖެނުއަރީ 2024 - 14:33
ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އަންނަ އާދިއްޔަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.
އެކުންފުނިން ބުނީ އިންޑިއާގެ އެހީގައި ހިންގާ ޕްރޮޖެކްޓުގައި މިދިޔަ ނޮވެމްބަރު ހިސާބުގައި އާ ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށް ފަހު އެބައި ހުޅުވަނީ، މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.
ހަނިމާދޫގައި މިވަގުތު ބޭނުން ކުރަމުން އަންނަނީ 600 މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓް ނިމޭ އިރު ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯ މީޓަރުގެ ރަންވޭ ހަދާނެ އެވެ.
އަލަށް ހަދާ ރަންވޭގެ ބައެއް ބޭނުން ކުރަން ފަށަން ނިންމީ، އެއާޕޯޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
- ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ
- އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން އަކާއި ކާގޯ ބިލްޑިން އާއި ޕެސެންޖާ ޓާމިނަލް ވެސް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުސްތު
25 January 2024
އެރީތި މަލަމަތި ތި ހަލާކު ކޮށްލީ ރަންވޭއަކަށްޓަކާ. ދެން ވަރަށް ހޫނުގަދަވާނެ
ސުމެއް
24 January 2024
"އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން" ހާދަވަރެކޭދޯ. ނާންނަ އަދަދަކަށް. ޙިދުމަތް ފުޅާ ކުރުމަކީ ބޭކާރު ކަމެއް.
އަލީބެ
24 January 2024
136 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޮޑު ފުރާޅެއް ހެދޒިމަ އެވީތަ
އިސްހާގު
24 January 2024
އިންޑިޔާގެ ގާތްކަމާއި އެކުވެރިކަމަށްޓަކައި ފަށްފަށުން ޝުކުރިއްޔާ އަދި ނިމިދިޔަ އިބޫ ސޯލިހުގެ ސަރުކާރަށްވެސް ޝުކުރުދަންނަވަން.
އިސްމާލި
25 January 2024
"ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ" މީގެ މާނަ ނޭނގެނީތަ؟ ނުވިތާކަށް ތިޔަ އެއަރޕޯޓެއް ބަހަނާއަކަށް ހަދައިގެން އިންޑިއާއަށް ދިން ބިންތަކާ، އެއްޗެތި ނޭނގެނީތަ؟
އިބުރާހިމް
24 January 2024
އިންޑިޔާސިފައިން ނުފާބާނެ ހުރިހާމަޅިއެއްޖަހާގެން އެތިބީ ނުފާބާވޭތޯ ވަކިހިޕާފަ އެމެރިކާ ނަންވާނީ އަތްގަދަކުރާނެ
ޓެރޭސް
24 January 2024
މުއިއްޒު ސްޕީޑް
އަދޫރޭ
24 January 2024
ކޮބާ ފެނޭތޭ މުއީޒު އިސްޕީޑުގަ ކަންކަން ނިންމާތަން. ގުޑް ޖޮބް ޕްރެޒިންޓް އެންޑް ޓީމް.
ޢަލީ
24 January 2024
ޝުކުރިއްޔާ އިންޑިޔާ
އިބޫވަރެއްނެތް
24 January 2024
ސުކުރަން ރައީސް އިބޫ ގައުމުގާފެއްޓެވި ތަރައްގީގެ ކަންކަން ނިމެމުން އޭގެ މަންފާ ގައުމަށާ ދިވެހިރައްޔިތުނައް ލިބެމުން އެދަނީ ފަޓާސްބަރިއެއްހެން މިމަހު އެރާޕޯޓް ކާގޯ ނިމިހިދުމަތް ލިބެންފެށީ ސުކުރިއްޔާ ރައީސް އިބޫ ?
ނަނަނަ
24 January 2024
މުއިއްޒު ވެރިކަމާ ހަވާލުވެ އިބޫ ސަރުކަރުން ސްލޯ ކަމުން ނުނިމި ހުރި މަސައްކަތްތައް މުއިއްޒު ސްޕީޑުގަ ތިހިރަ ނިންމާލަނީ ދޯ. ޝުކުރިއްޔާ މުއިއްޒު.
ކޮބާހޭ މީހުން
24 January 2024
އަހަރަކު 1.3 މިލިއަން މީހުންނަށް ހިދުމަތްދެވޭ ވަރަށް އެއަރޕޯރޓް ހަދާއިރު، އެވަރަށް ދަތުތުކުރާނެ ޕެސެންޖަރުން ހޯދާނެ ގޮތެއް ގާއިމްނުކުރަންޏާ ތީ ހާދަބޮޑުު އިސްރާފެކޭ. ތަންތަން ހަދާފަ، އެތަނަށް އަންނާނެ ފްލައިޓެއް ނެތީމާ ހެދިހާ ތަނެއް ދާނީ މަޑުމަޑުން ވީރާނާވަމުން. އެއަރޕޯޓާއެކުއެކީ ސަރަހައްދުގެ ޓޫރިސްޓް ބެޑް ކެޕޭސިޓީ އިތުރުން އެއީ ކުރިއަށް ގެންދަންޖެހޭ ކަމެއް. ވަރުގަދަ ޝަރުތުތަކަކާއެކު ލުއިގޮތަކަށް އެ ފުރުސަތު ހުޅުވާލަންޖެހޭ
ސަލީމު އިދުރީސް
24 January 2024
ބަލަ ދަތުރަކުރާނެ މީހުން ތިބެގެންތޯ އައްޑޫގަ ވަކިންއޮތް 3000މީހުން ދިނޫޅޭ ރަށަކާގުޅާލާން އެތައް ބިލިޔަނުގެ ބުރިޖެއް އަޅަނީ އެއީ ތިކަހަލަ ކިތައް އެއާޕޯޓު އަޅާނެ ފައިސާތޯ