ރަންވޭގެ ބޭނުންކުރަން ފެށި ބައިގައި ބޯޓު ޖައްސަނީ. -- ފޮޓޯ: އާރްއޭސީއެލް
29 ޖެނުއަރީ 2024 - 11:35
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދަމުން އަންނަނީ 2.460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވާ 1،200 މީޓަރެވެ.
ރަންވޭގެ ނިމުނު ބައި ބޭނުން ކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން އެ ތަނަށް ޖެއްސި ފުރަތަމަ ފްލައިޓުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދު އަށް ވަޑައިގަތެވެ.
ރަންވޭގެ ބޭނުން ކުރަން ފެށި ބައި. -- ފޮޓޯ: އާރްއޭސީއެލް
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުބީން ވިދާޅުވީ ރަންވޭގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ މާޗު މަސް ނިމުމުގެ ކުރިން އެއްކޮށް ނިމޭނެ ކަމަށެވެ. އެއީ ރޭގަނޑުގެ އުދުހުންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް އަދި އަހަރަކު 1.3 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލަކާ އެކު ތަރައްގީ ކުރަމުންދާ ތަނެއްކަން ވެސް ފާހަގަކުރެއްވި އެވެ.
އެއާބަސް އޭ320 އާއި ބޮއިންގް 727 ފަދަ ބޮޑެތި ބޯޓުތަކަށް ޖެއްސޭ ގޮތަށް ހަދަމުން އަންނަ އާ ރަންވޭ އެއްކޮށް ނިމުމުން މިހާރު މެދުކަނޑާލާފައިވާ އިންޑިއާ ދަތުރުތައް އަލުން ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމޭއިރު ފިއުލް ރައްކާކުރެވޭނެ އިންތިޒާމް ވެސް ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރްހަބާ
29 January 2024
އިބޫ ސަރުކާރު ގަދަ