ވިޔަފާރި / ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް

ރާއްޖޭގެ އެންމެ ބޮޑެތި ކްލާސްރޫމުތަކާ އެކު، ފިންލެންޑު އިންޓަނޭޝަނަލް ސްކޫލަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލަނީ

ފިންލެންޑް އިންޓަނޭޝަނަލްގެ އަލަށް ހެދި ކްލާސްރޫމު ބެލެނިވެރިންނަށް ދައްކާލަނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގައި ރާއްޖޭގެ އެންމެ ބޮޑެތި ކްލާސްރޫމުތައް ހަދައި، އެ ކްލާސްރޫމުތައް ބެލެނިވެރިންނަށް މިއަދު ދައްކާލައިިފި އެވެ. އަދި އެ ސްކޫލުގެ ގްރޭޑް 1 އިން ޖާގަ ހޯދަން ބޭނުންވާ ކުދިންނަށް މިއަދު މެންދުރުފަހު ތިނެއް ޖަހާއިރުން ފެށިގެން ފުރުސަތު ހުޅުވައިލާނެ އެވެ.

އައިލެންޑާސް އެޑިއުޝަން އަދި ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ގްރޭޑް 1 އައި އިތުރު ގްރޭޑުތަކަށް އެޑްމިޝަނަށް ހުށަހެޅޭނެ އެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގައި ގާއިމުކުރީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑެތި ކްލާސްރޫމުތައް ކަމަށް އެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި، އެއީ ރާއްޖޭގެ ސްކޫލުތަކުގައި ހުންނަ ކްލާހެއްގެ ހަތަރު ގުނަ ޖާގަ ބޮޑު ތަންތަނެވެ.

ފިންލެންޑުން އަލަށް ހުޅުވި 8 ބުރީގެ އިމާރާތުގެ ކޮންމެ ކްލާހެއްގައި 2،000 އަކަފޫޓު ހުރެ އެވެ. އެ ސްކޫލަށް ހާއްސަކޮށްގެން 10 ބުރީގެ އިމާރާތެއް މާލޭގެ ލޮނުޒިޔާރަތް މަގުގައި މިހާރު އަންނަނީ ހަދަމުންނެވެ.

އާ އިމާރާތުގެ ކުލާސްރޫމުތައް ކުދިންގެ އުމުރާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ، އެ ތަންތަން ހެދީ ކުދިންގެ ކިބައިގައި ހުންނަ ހާއްސަ ސިފަތައް ނެރެދެވޭނެ ޖާގައެއް އުފެއްދުމުގެ ވިސްނުމުގައި ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. ކްލާސްރޫމުތަކުން ކުދިން އެކުގައި ކިޔެވުމާއި އެކި ގްރޭޑްތައް އެއްކޮށްލައިގެން ކިޔެވުމާއި ޓީމްވޯކް ފަދަ ކަރިކިއުލަމްގައި ހިމެނޭ މުހިންމު ކަންތައްތައް ހާސިލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގެ ކްލާސްރޫމްތަކާއި ފަރުނީޗަރުތައް ޑިޒައިންކުރީ، ފިންލެންޑުގައި ކްލާސްރޫމްތަކާއި ފަރުނީޗަރު ޑިޒައިން ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް އެ ސްކޫލުން ބުންޏެވެ.

އައިލެންޑާސް އިން ބުނީ، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކޮންމެ ގްރޭޑެއްގައި 50 ކުދިން ތިބޭނެ ކަމަށެވެ، ފިނިޝް އެއް ޓީޗަރަކާއި ދިވެހި ދެ ޓީޗަރަކާއި ސެން ޓީޗަރުންނާއި އެސިސްޓެންޓް ޓީޗަރުންނާ އެކު ކޮންމެ 13 ކުއްޖަކަށް ޓީޗަރެއް ކޮންމެ ވަގުތެއްގައި ވެސް ކްލާސްތަކުގައި ތިބޭނެ އެވެ.

އެ ސްކޫލުން އަންނަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ހުރިހާ ގްރޭޑެއްގައި ޓީޗަރުންނާއި ދަރިވަރުންގެ ރޭޝިއޯ އެންމެ ރަނގަޅު ސްކޫލުގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރި އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއިޔާ ވަނީ އަލަށް ޑިޒައިންކުރި ރީތި އަދި ފުރިޙަމަ ވަސީލަތްތަކެއް ހުރި އިމާރާތެއް ލިބުމަކީ އުފަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި އިމާރާތް ކިތަންމެ ފުރިހަމަ ނަމަވެސް، އެ ސްކޫލުގެ އެންމެ މުހިންމު އަސާސަކީ ސްކޫލްގެ ކަރިކިއުލަމާއި ޓީޗަރުން ކަމަށް ވިދާޅުވި އެވެ. އެ ސްކޫލުގައި ޓީޗަރުން ބާރުވެރި ކުރުވަނީ، ކުދިންނަށް ސިލަބަސް ކަވަރު ކޮށްދިނުމަށް ވުރެ ބޮޑަށް، ދަރިވަރުންނަށް ކިޔަވައިދޭ އެއްޗެއް ފަހުމުވެ، ދޭހަވާކަން ޔަގީން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ހަމައެކަނި ފޮތަށް ބަރޯސާވެ، ކިޔެވުމުން ބޭރުވެ، ޕްރެކްޓިކަލް ގޮތެއްގައި ފިލާވަޅުތައް އުނގަންނައި ދިނުމަށް، ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތަކެއް ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި އަންނަނީ ހިންގަމުންނެވެ. އެއީ ފިންލެންޑުގެ އެންމެ ކުރީގައި އުޅޭ ފަސް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ އޯލޫ ޔުނިވާސިޓީ އިން ހިންގާ ޕްރޮގުރާމުތަކެކެވެ.

Admissions

Admission into IE World School

ie-world

އައިލެންޑާސް އެޑިއުކޭޝަނުގެ ވެބްސައިޓު.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން މިހާރު ވަނީ ގްރޭޑް 1 ގެ 50 ޖާގަ އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އައިލެންޑާސް އެޑިޔުކޭޝަން އަދި ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ގްރޭޑް އެކަކާއި އިތުރު ގްރޭޑުތަކަށް އެޑްމިޝަނަށް ހުށަހެޅޭނެ އެވެ.

15 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 4%
icon angry icon angry 17%
icon wow icon wow 8%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުނެބަލަ

18 February 2024

ތި ސިސްޓަމް އަދިވެސް މަށަކަށް މުޅިން ސާފެއްނޫން. އާހިރަތުގާ ކުއްޖާ އިށީންނާނީ އެއްކަލަ ކެމްބްރިޖް އޯލެވެލް ނުވަތަ އޭލެވެލް ހަދަން އަދި އޭގެ ފަހުން އޮފީހަކަށް ވަންނަން. ސުވާލަކީ މި ބަޔާންކުރި ކަންތައްތަކަށް ކުއްޖާއަށް ކިހާވަރެއްގެ އެޑްވާންޓޭޖެއް ލިބޭތޯ ފިންލެންޑް ސިސްޓަމުން؟

The name is already taken The name is available. Register?

ށިށާ

17 February 2024

ޕްރައިމްރީ 7230، މެދު މަދުރަސީ 8550، ގްރޭޑް ދިހައެއް 10750. މާނާއަކީ ގްރޭޑް 1 އިން 10 ނިމޭއިރު ދަރުވަރުގެ ފީއަކީ، ޕްރައިމަރީ 520560، މެދުމަދުރަސީ 410400 އަދި ގްރޭޑް ދިހައެއް 12900. ޖުމްލަ 1059960 ރުފިޔާ ހަމައެކަނި ފީއަށް. 10 އަހަރުން ޥިޔަފާރީހގެ ސީދާ ފީގެ އާމްދަަނީ 500 މިލިއަން.

The name is already taken The name is available. Register?

‫ބޮގީ

16 February 2024

އެފޯރޑް ކުރެވެންޏާ ފޮނުވަންވީ.

The name is already taken The name is available. Register?

ޢަނީ

15 February 2024

މަރިހަބާ ފިންލަންޑް ސްކޫލު!

The name is already taken The name is available. Register?

ކީކޯ

15 February 2024

ކަލޭނޭ މޮޔަނުވެބަލަ. ދަރީންނަށް މޮޅަށް ކިޔަވައިދޭން ބޭނުންނަމަ އަދިވެސް ރަނގަޅީ ހަމަ ސަރުކާރުގެ ސްކޫލްތައް. ބޮޑުއަގުނަގައި ގޮތްދެއްކުމަކީ ކުއްޖާގެ ވިސްނުން ކުރިއަރާ ސަބަބެއް ނޫން.

The name is already taken The name is available. Register?

ބަނބޫ

17 February 2024

ކަލެޔަށް މާބޮޑަށް އިނގެނީ

The name is already taken The name is available. Register?

ބޮޑެތި

15 February 2024

ބޮޑެތި ކްލާސްރޫމް އެކަމަކު ނަތީޖާ ސުމެއް

The name is already taken The name is available. Register?

ބިރުން

15 February 2024

ނަތީޖާ ކިހިނެއްތޯ؟ ނޫނީ ކުދިން ބިރުގަނެފާނެތީ ޓެސްޓް ނުދޭންދޯ ފިންލާންޑް އުސޫލަކީ؟

The name is already taken The name is available. Register?

ޟާބަޟް

17 February 2024

ސްކޫލަށް އަމިއްލައަށް ގޮސްލާ ހަބަރު ބަލާލުން ރަންގަޅު. ޔަގީނުންވެސް އަމިއްލަ ސިކުނޑި ބޭންނުން ކޮށްގެން ކަންކަމުގައި އިސްނަގައިގެން ކުދިން މަސައްކަތް ކުރާތަންފެނޭ. މީހަމަ ތަޖްރިބާ.

The name is already taken The name is available. Register?

އެކޮއި

15 February 2024

މުއްސަނދިންގެ ދަރިން ކިޔަވާ ސްކޫލާ ކުލާހާ ޖެހޭނީ ބޮޑެތިކޮށް ހުންނަން.އެމީހުން ޕޭކުރޭ އެވަރައް.

The name is already taken The name is available. Register?

ބޮޑޭބެ

15 February 2024

ރާއްޖޭގެ އެންމެ ބޮޑެތި ގެތައްވެސް ހުންނަނީ ތިތަނަށް ދާކުދިންގެ އާއިލާތަކުގަ.

The name is already taken The name is available. Register?

ކިރު ސައި

15 February 2024

ރާއްޖޭގެ އެންމެ ބޮޑު ފީ ނަގާ ސްކޫލުގަ އެން ބޮޑެތި ކުލާސް ރުމް ހުންނަވާހަކަ ދޯ

The name is already taken The name is available. Register?

ކަޅު ސައި

17 February 2024

ކޮންސެޓަޟާ އެކްސްޓްރާ އެކްޓިވިޓީސް އަށް ހަަރަދު ނުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454