01 މާޗް 2024 - 22:19
މާޝަލް އާޓްސްގެ ޓައެކްވޮންޑޯގެ ބްލެކް ބެލްޓް ހާސިލު ކުރި އުމުރުން އެންމެ ހަގު ދިވެހި އެތުލީޓްގެ ޝަރަފު ހޫދު ބިން މުހައްމަދު ގުރައިޝީ ހޯދައިފި އެވެ.
ގައުމީ މާޝަލް އާޓްސް ސެންޓަރުގައި މިރޭ ބެލްކް އިވެންޓްގައި ބެލްޓް ހޫދުއަށް ލިބުނު އިރު އޭނާ އުމުރަކީ ނުވަ އަހަރާއި ހަ މަހާއި 10 ދުވަހެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުން އަންނަ ހޫދު، ޓައެކްވޮންޑޯގައި ވާދަކުރަން ފެށީ އޮކްޓޯބަރު 2021 ގަ އެވެ.
ހޫދު އާއި ޔޫނުސް: ދެބެން ވެސް ވަނީ މިރޭ ބެލްޓް ހާސިލުކޮށްފަ
މިރޭ ބްލެކް ބެލްޓް ހޯދުމުގެ އިތުރަށް އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ވާޗުއަލްކޮށް ބޭއްވި ކޭޓީއޭ އިންޓަނޭޝަނަލް މުބާރާތުން ހޫދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެ މުބާރަތަކީ ދުނިޔޭގެ ޓައެކްވޮންޑޯ ފެޑެރޭޝަނުން ބަލައިގެންފައިވާ މުބާރާތެކެވެ.
މިދިޔަ ޑިސެމްބަރު މަހު ލަންކާގައި ބޭއްވި އޭޝިއާ އިންޓަނޭޝަނަލް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕް، އަދި ސައުތު އޭޝިއަން އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕް އަދި ކޮލަމްބޯ ޖީސީއެސް އިންޓަނޭޝަނަލް އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕުގައި ވާދަކޮށް ހޫދު ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ.
ހޫދުގެ އެއްބަނޑުއެއްބަފާ ބޭބެ ޔޫނުސް ބިން މުހައްމަދު ގްރައިޝީ ވެސް ވަނީ އުމުރުން 11 ގައި މިރޭ ބްލެކް ބެލްޓް ހާސިލުކޮށްފަ އެވެ.
"ހޫދު އެންމެ ބޮޑަށް ޝުކުރުއަދާކުރަން ބޭނުން ވަނީ މަންމަ އާއި ބައްޕައަށް އަދި ބޭބެ ޔޫނުސް އަށް. ބޭބެއަކީ އެންމެ ބޮޑު މޯޓިވޭޝަން. ޓޯނަމެންޓްގައި ވެސް އެންމެ ސަޕޯޓްކުރާނީ ބޭބެ. ދެން ކިނާން ކޯޗު, މާސްޓަ އަޔޫބް، ސަބޫމް. ކިނާން ކޯޗު ވަރަށް ހެލްޕް ވޭ،" ބްލެކް ބެލްޓް ހާސިލު ކުރުމަށް ފަހު ހޫދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޫދް ސަޕޯރޓަރ
03 March 2024
ސާބަހޭ ހޫދު ބްރޯ!
ޖައުފަރު ހާދީ
02 March 2024
ހިތްހަމަ ޖެހުން ލިބިދޭ އުފާވެރި މަންޒަރެއް ... އަޅުގަނޑުގެ ޢުމުރުން މިހާރު 48 ، އަޅުގަނޑުގެ ބާބެއަކީ ރާއްޖޭން ބޭރުން ތަޢުލީމު ޙާސިލްކޮށްފައިވާ ފަރާތެއް އަދި އޭނައަކީވެސް ޓެކްވޮންޑޯއިން ބުލެކް ބެލްޓު ހޯދާފައިވާ ފަރާތެއް ރާއްޖެއައިސް ކުދިންނަށް ކަރާޓީ ދަސްކޮށްދޭން އުޅުމުން ގެންދިޔައީ ފުލުހަށް އަދި އެކަން މަނާކުރި ... މިފަދަ ހަރަކާތަކީ މީހާއަށް ޑިސްޕްލިންގް ދަސްކޮށްދޭ ކަމެއް އަދި މީހުންނަށް އިހްތިރާމް ދަސްކޮށްދޭކަމެއް އެއީ އެންމެ ބޮޑު ފިލާވަޅަކީ .
މަރުހަބާ
02 March 2024
މަރުހަބާ ހޫދުއަށް އަދި ހާއްސަކޮށް މާޝަލް އާޓްސް ފެޑެރޭޝަންނަށް . މިހެން މި ބުނަން ޖެހެނީ ރާްްްއްޖޭގެ ގިނަ އެސޯޝިއޭޝަންތަކުން 12 އަހަރުންދަށުގެ ކުދިންނަށް ވަރަށް ފުރުސަތު ހަނި.
ޢެޑްމުބްޑޯ
02 March 2024
މަރުޙަބާ ހޫދު ، ތިލިބުނު ކާމިޔާބީއަށް އުފާކުރަން ، ކިޔެވުމުގައިވެސް މޮޅުކުއްޖަކަށްވާތި !
ހިބިރިންބެއްޔާގެ ކުޑަސޮރު
01 March 2024
މަރުހަބާ ހޫދު ބިން މުހައްމަދު ގުރައިޝީ.
ޗޭން
01 March 2024
މަރުހަބާ ހޫދު