މިއަދުގެ މެޗުގައި ނައިބު ރައީސް ސެމްބެ ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ވަގުތު
16 މާޗް 2024 - 18:47
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ ވެޓެރަންސް ފުޓްބޯޅަ ލީގުގައި، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުއްވައި، އެ ޓީމުގެ ފުރަތަމަ މެޗުން މޮޅު ކޮށްދެއްވައިފި އެވެ.
މުއިވެޔޮ ފްރެންޑްސް ކުޅުނީ ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފެށިގޮތަށް ލެގޫންސް އިން ލަނޑެއް ޖަހައި ކުރި ހޯދި ނަމަވެސް މުއިވެޔޮ ފްރެންޑްސް ވަނީ ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ވެޓެރަނސްސް ލީގުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ވަގުތު
މުއިވެޔޮ ފްރެންޑްސްގެ ފުރަތަމަ ދެ ލަނޑު ޖެހީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަހުމަދު ސައީދު (އަންމަޓީ) އެވެ. ނައިބު ރައީސް ލަނޑު ޖެއްސެވީ މުއިވެޔޮ ފްރެންޑްސް އަށް މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.
ކުރިން ކްލަބް އީގަލްސްގެ ޗެއާމަންކަން ވެސް ކުރެއްވި ހުސެއިން އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް ކުޅިވަރު މުބާރާތްތަކުގައި ކުޅުއްވާ ބޭފުޅެކެވެ. ހަމަ އެއާ އެކު އެނަނިކުފާނު ވަނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމް ވެސް އަދާ ކުރައްވައިފަ އެވެ.
މިއަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށް ދަނީ 35 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
މުއިވެޔޮ ފްރެންޑްސް އާއި ލެގޫންސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓްސް، އަދި ކްލަބް ސްޓެލްކޯ ހިމެނެނީ ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް، ވިިލިމާލެ ޔުނައިޓެޑް، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއިއްޒުއްދީން
17 March 2024
ރޯދައިގެ ފޯރި ފެށެނީ... މީދޯ ފަހު 10 ބަންދު ކުރުމުގެ ބޭނުމަކީ
އަންކަލް އަލިމަނިކު
17 March 2024
މަހޭއަށް ދޫނުކުރޭ ދެއްތޯ؟
ދޮޅާކު
16 March 2024
އޯކޭ ދެން. ގިނަ ގައުމު ތަކުގެ ނައިބުން އުޅޭނީ އިގްތިސާދީ ކަންކަމުގަ
އަދާލަތު
16 March 2024
ސާބަހެޭ ޙުސައިން.