ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގަން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު
16 އެޕްރީލް 2024 - 18:03
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ލަންކާގެ އުޅަނދެއް ކަމަށްވާ "ސުދިސަ ޕުތަ 2" އުޅަނދު ހިފެހެއްޓުމަށް ފަހު، އެ އުޅަނދުގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން އެ އުޅަނދު ދައުލަތަށް ނަގަން ކޯޓުގައި އެދުނީ ދައުލަތުންނެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަ ނީ އެ އުޅަނދުގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އެ ފައިސާ އިއްޔެ އިން ފެށިގެން ދެ ހަފުތާގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން އަންގާ ކަމަށެވެ.
އެ އުޅަނދާއި އެ އުޅަނދުގައި ހުރި ހުރިހާ އާލާތްތަކާއި ވަސީލަތްތައް ވެސް ދައުލަތަށް ނެގުމަށް އަމުރުކުރާ ކަމަށް، ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައިވެ އެވެ.
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ޖޫރިމަނާ ކުރުމުގެ އިތުރުން އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމުގެ ފުރުސަތު އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
16 April 2024
ގަވާއިދާ ހިލާފައް މަސްވެރިކަން ކުރާ ބޯޓް ފަހަރު ސަރުކާރަށް ނަގަން ގާނޫނެއް ހަދަން ވީ އެވެ. އޭރުން އެންމެން ހަމަހަމަ ވާނެ އެވެ. ނޫނީ ބޭނުން ބަޔަކު ދޫކޮށްލާނެ އެވެ.
ކަހެރުވައް
16 April 2024
ތިއީ ކޮންއިރަކު ހިފެހެއްޓި ބޯޓެއްތޯ؟ މިހެން މިއަހަނީ ރާއްޖޭގެ ސަރަހައްދުން ހިފަހައްޓާ ބޯތުފަހަރު އެތައް ޒަމާނެއް ވަންދެން މައްސަލަ ނުނިމި ބޯޓުގެ ފަޅުވެރިން ދައުލަތުގެ ޚަރަދުގަ ތިބެންޖެހޭތީ. އަނެއް ސުވާލަކީ ތިގޮތަށް ކުރާ ޖުރިމަނާ ފައިސާއިން ކިހާވަރެއްތޯ ދައުލަތަށް ލިބުނީ؟
ކަކުނިބޯ
16 April 2024
މިހާރު އޮޑިވެސް ފުޑިގެން ގޮއްސަހެން ހީވަނީ އޮންނާނީ އެއޮޑި އަށް ގުދުރަތީއިންސާފު ލިބޭފަހުން ރާއްޖޭގެ ޤާނޫނީ އިންސާފު އަންނާނީ