ޕީސީބީގެ ރައީސް ކަމަށް އައްޔަން ކުރެވުނު ހަމްދީ އަގީލް --
13 މެއި 2024 - 15:24
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ ރައީސް ކަމަށް އައްޔަން ކުރި ހަމްދީ އަގީލާއި އެ އިތުރު ފަސް މެންބަރަކަށް މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީސީބީގެ ރައީސްކަމަށް ހަމްދީ އައްޔަން ކުރަން ރުހުން އޮތް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީސީބީގެ މެންބަރުންނަށް އައްޔަން ކުރަން ރުހުން ދިން ބޭފުޅުން:
1. މުހައްމަދު އާޒާދު
2. ލީނާ އަބްދުލް ޖަލީލު
3. މޫސާ ފަތުހީ އާދަމް
4. އަހުމަދު ނަޝާތު
5. ހަސަން ޒަރީރު
ޕީސީބީއަށް އައްޔަން ކުރި ފަސް މެންބަރުންނަށް ވަކިވަކިން ވޯޓަށް އެހިއިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.
ޕީސީބީގެ ރައީސްކަމަށް އައްޔަން ކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފަ އެވެ.
މެންބަރު ކަމަށް އައްޔަން ކުރި މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ދެއްވައިފަ އެވެ.
ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފަ އެވެ.
ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ އިދާރާ އެވެ. ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
14 May 2024
ރަށަކީ މާލޭ
ކޯޓްއޮފްމޯލްޑިވްސް2024
14 May 2024
މުހައްމަދު އާޒާދު އާދޭހާއެކު ދަންނަވަން ޖުޑިސަރީ ގެ ވެރިން އިސްލާޙް ކޮއްލަދޭށޭ، މުވައްޒަފުންގެ ހާލަތާ ތަނުގެ ހާލަތު ވަރަށް ގޯހޭ މުސާރަ ބޮޑެއް ނުކުރިޔޭ، ބޯހިޔާވަިކަމެއް ދޭކަަށް ބާރެއް ނާޅައޭ އަމިއްލަ އަންބޮޑި ބޮޑުކޮށްގެން ތިބެނީޔޭ
ބަރުބާދު
15 May 2024
ފައިގަބާރުހުރިމީހަކު އަވަހައް ޖުޑިސަރީއައް ވައްދާ، އޭރުން އެންމެ ފަސޭހައިން ދެން މުސާރަބޮޑުކޮއްދެވޭނީ.
ކާޑިނަލް
14 May 2024
ކޮން ރަށެއްގެ ބައެއްކަން ލިޔެލަބަލަ