ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ތަމްސީލު ނުކުރެވުނަމަވެސް ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި -- ފޮޓޯ: މަޖިލިސް
13 މެއި 2024 - 18:06
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި އިންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވިޔަސް، ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމަކީ މަޖިލީހުގައި 19 ވަނަ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ބޭފުޅެކެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.
ފަސް ވަނަ ދައުރަަށް އެ ދާއިރާއަށް ވާދަކުރެއްވިޔަސް، އަސްލަމަށް ކާމިޔާބުވެފައިނުވެ އެވެ.
މި ދައުރުގެ ފަހު ޖަލްސާ ނިންމާލައްވަމުން އަސްލަމް ވިދާޅުވީ، ހަތަރު ދައުރަށް ފަހު މަޖިލީހުން ނުކުމެވަޑައިގެންނެވިޔަސް، އަބަދުވެސް ދެމި ހުންނަވާނީ ސިޔާސީ މަސައްކަތުގައި ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: އޭނާއަކީ މި ދައުރުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
އަދި، އަބަދުވެސް ގަބޫލުކުރައްވަމުން ގެންދެވި ހަމަތަކާއި އުސޫލުތައް ކުރިއަރުވައި، އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"މީގެ އިތުރުން ޑިމޮކްރެސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމްކުރުމަށް އެތައް ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ 2005 ވަނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރަށް ހޮވައިދިން އައްޑޫގެ ރައްޔިތުންނާއި އޭގެ ފަހުން އައި ތިން ދައުރުގައި ދާއިރާގެ ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލަމް ވަނީ ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވައިފަ އެވެ.
މި މަހުގެ 28 ގައި ހުވާ ކުރައްވާ އާ މަޖިލީހަށް، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމީ ފައި.
14 May 2024
މިތަނުގައި ހުރި ކޮމެންޓް ތަކާއި ދެކޮލަށް ހިތަދޫކޮއްޔާ ނަމުގައި ކެމެންޓްތައް ކުރަނީ ފައިސަލް ތަ ؟
ފަޑިއްތަކުރު
14 May 2024
މިހާތަނަށް ކުރި ކަންކަމުން ގައުމު ވީ ފަސާދަ. އިޖްތިމާޢީ ފޭރާން ވީދުނީ. ކުރިޔަށް އޮތް ތަނުގައި ވާނެ ގޮތެއް އެނގޭނީ ދެންވެސް ކުރާ ކަމަކުން.
އޮނަރަބްލް އަފީފު ދީދީ
14 May 2024
ޒިންމާއަށް އިހްމާލުވެ ހާޒިރީގެ ފުލުން ރެކޯޑް ހަދާތީ ރައްޔިތުން ބޭޅާ މަޤާމުން ދުރުކުރުމުން އިތުރަށް ސިޔާސީ އިސްލާޙީ މަސައްކަތުގައި ދެމިހުންނާނެކަމަށް ބުނާން ލަދެއް ނުގަނޭތޯ؟! ރައްޔިތުންގެ އިތުބާރު ގެއްލި ޕާޓީގެ ތެރޭގައި މަޤުބޫލުކަންވެސް ނެތް މީހަކަށް ވެފައިވާތީ، އިސްލާޙީ މަސައްކަތުގައި ދެމިހުރުމަށް މިހާރު ކުރެވޭނެ ހަމަ އެކަނި ކަމަކަށްއޮތީ ހިސާބު ސޯ ރަޙީމް ބެއަށް ދަންނަވައިގެން އެމްބެސެޑަރ އެޓް އެކްސްޓަތ ލާޖް ފަދަ މަޤާމެއް ހަމަޖެހޭތޯ ބެލުން އިގޭތޯ.
ޖިޔާމްް
14 May 2024
ހަހަހަހަހަ. ހިނި އަންނަނީ. ފެއިލް ވީމަ ދައްކާނެ ވާހަކައެއް ނޭގުނީ ދޯ
ސިރާ
14 May 2024
އަސްލަމޫ ތިތިބީ ބޮޑުތަނުން ފެއިލްވެފަ. އަމިއްލަ މީހާވެސް އަމިއްލަ ޕާޓީވެސް. ދެން ކޮންމެވެސް އެހެން ކަމަކައިގެން އުޅުނިއްޔާ ރަނގަޅުވާނީ
ތޯބެެ
14 May 2024
ސޮރީ އަފިރިން ބޭނުން ނިވެއި އަސްލަމެއް
ފިޔާޒުު
14 May 2024
ދެމިހުންނާނެ ކަމެއްނެތް. ދެ އިންތިހާބުންވެސް ވީ ފެއިލް
ޒިޔާންް
14 May 2024
އަސްލަމް ފެއިލް ވެއްޖެ.
20 އަހަރު
14 May 2024
20 އަހައު ކައެދެމިހުރެގެން ވީ ކަމެއް ހަރާން. އައްޑޫ މީހުނަށް ވިސްނުންކަން ނަސީބު.
ނަށީދު
14 May 2024
ސިޔާސީ މަސައްކަތުގަވެސް އިސްލާހީ މަސައްކަތުގަވެސް ތިބޭޅާގެ ބޭނުމެއް ނެތޭ ނޫންތޯ ރައްޔިތުން އެބުނީ؟ އަދިވެސް އަޑުނީވެނީތޯ؟
ހަސަންފުތާ
14 May 2024
ވަރަށްވެސް ރަގަޅު ވާހަކައެއް. އިންތިހާބަކުން ބަލިވާ ކޮންމެ މީހެއްވެސް ދެން ރަނގަޅުވާނީ ސިޔާސީ އިސްލާހީ މަސައްކަތާ ދުރުގަ ހުރިއްޔާ އެހެން މީހުންގެ މަސައްކަތައް ހުރަސް ނާޅާ. އޭރުން ގައުމުގަ ސިޔާސީ ހަމަޖެހުން އޮންނާނީ. އަދިވެސް ފެންނަމުންދަނީ އިންތިހާބުތަކުން ފެއިލްވެފައިވާ މެންބަރުންނާ ރައީސުންވެސް ސިޔާސީ ހަޔާތާ ދުރުނުވެވިގެން އުޅުއްވާތަން. އާ މީހުންގެ އާ ހިޔާލައް ހުރަސްއެޅޭތަން. ހަމަ ރައްޔިތުންނަށް ހެޔޮއެދިގެންބާ؟ ނޫނީ އަމިއްލަ އެދުމެއް އޮތީބާ؟