"އަންރުވާ ޕްލެޖިން ކޮންފަރެންސް" ގައި އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
12 ޖުލައި 2024 - 23:44
ރާއްޖެއިން 1.2 މިލިއަން ޑޮލަރު، (19.8 މިލިއަން ރުފިޔާ)ގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމައިފި އެވެ.
އދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ "އަންރުވާ ޕްލެޖިން ކޮންފަރެންސް"ގައި، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ 1.29 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރާނެ ކަމަށެވެ.
ނަސީރު ވަނީ ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުން އަންނަ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަން ވެސް އެ ކޮންފަރެންސްގައި އިއުލާންކުރައްވައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ "ފަލަސްތީނާ އެކު ދިވެހިން" ގެ ޓެލެތޯނަށް ލިބުނު 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ވެސް އެ ކޮންފަރެންސް މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރާނެ ކަމަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތެރިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާ އިން ކުރާ މަސައްކަތް ނަސީރު ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ މާލީ އެހީތެރިިކަން އިތުރުކުރަން ވެސް ބައިނައިލްއަގްވާމީ މުޖުތަމައުއަށް އޭނާ ގޮވާލެއްވި އެވެ.
މީގެ ނުވަ މަސް ކުރިން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 38،000 އަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުގެ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭ އެތައް ކަމެއް ހުރުމުން ވަގުތުން އެކަން ހުއްޓާލުމަށާއި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް އަމަލުތައް ބަދަލުކޮށް އެކަން އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އަންގަން އަމުރުކޮށްފައި ވިޔަސް އިޒްރޭލުން އެކަމަށް ތަބައެއް ނުވެ އެވެ. އަދި އދ. އާއި އެކި ގައުމުތަކުގެ ގޮވާލުންތަކަށް ވެސް އަޅައެއް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކކކ
13 July 2024
ތި ފައިސާ ހަވާލު ކުރިއަސް ކުރާނީ ފަލަސްތީނު ނަންބޯޑު އަޅުވައިގެން ތިބި އިޒްރޭލުގެ ޕަޕެޓުންނާ.
އަބްޑޫޅް +
13 July 2024
ތިޔަ އެހީ ކަލޭމެން ދޭންވީ، ކަލޭމެންގެ ފަގީރުންނަށޭ. ދިވެހީން ދެކެ ލޯބި ނުވަނީ ދޯ؟
786543
13 July 2024
ދިވެހިންގެ ތެރޭގަ އެކަކުވެސް އެބަހުރިތަ ބަަނޑައް؟ ނުކައި ނުބޮއެ؟ ހޮޅިވާހަކަ ނުދައްކަބަލަ.
ވެންގަބޯ
13 July 2024
ޔާ ﷲ ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހި ލޮބުވެތި ރައްޔިތުން ޖަމާކޮށް ދެއްވި ފައިސާގައި ޔާ ﷲ ބަރަކާތް ލައްވާށި ޔާ ﷲ މި ފައިސާ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނދޭވެ އާމީން
އަބްޑޫޅް +
13 July 2024
އެ ފައިސާ ދިވެހި ފަގީރުންނަށް ޖަމާކޮށް ދިނީމަ ބަރަކާތް ނުލިބެނީތަ؟
ނާޑުވާ
13 July 2024
ތަންތާ އިއުލާން ކޮށް ހެޑްލައިން އެޅުން ނޫން ކަމެއް އެބަ ކުރޭތަ. އަބަދުވެސް ކުރަނީ ކުރާނަން. އެއްވެސް ކަމެއް ވާތަނެއް ނުފެނޭ.
މީ ވާ ގައުމެއް
13 July 2024
ހަދިޔާ ކުރަން ނިންމައިފި؟ ބަލަ ތި ޓެލެތޯންއަކުން ދިވެހިރައްޔިތުން ދިން ފައިސާ އޭ. ސަރުކާރުގެ ދޭން ނިންމި އެހީއެއް ގޮތަށް ތި ވާހަކަ ދައްކަނީ ކާކަށް އޮޅުވާލަން؟ 19.8 މިލިއަން ރުފިޔާގެ ތެރޭން ސަރުކާރުން ތި ދެނީ ހަމައެކަނި 50 ހާސް ޑޮލަރު. އަނެއް 18.4 މިލިއަން ރުފިޔާ އާ 49،800 ޑޮލަރު އެއީ ޓެލެތޯންއަށް ލިބުން ލާރި. އޭގެންވެސް މެޑަލް ޖަހަން ތިއުޅެނީ
ޕީޕާ ޗީޗީ
13 July 2024
އަހަރުން ރަށްފުޅު މީހުންއަށް އެއްޗެއްދިއްކޮށް ނުލާ ބޭރު ބަޔަކަށް މި ލާރިތައް އޮށްސަނީ. މާލެ ގަބީލާތައް މީހުން. ރޭސިސްޓުން.
ކދރމ
13 July 2024
ރައްފުށުމީހުން ތިބެނީ ތިންއިރު ކައިގެން ދުފާރަތްކޮއްލާފަ ފައިބުޑައް ކުޅުތަޅަން ޖޯލިފައްޗައްދެމިފަ.
ޢަލީ ސައީދު
13 July 2024
މިގައުމުގަ ކޮރަޕްޝަނަށް މަހަކު ގެއްލޭ ފައިސާވެސް މާގިނަ ވާނެ
އމމމމމ
13 July 2024
އެހާ ދަހިވެތި ވާކަށް ނުވާނެ ހެޔޮ ކަންތަކަށް ޞަދަޤާތްކުރާ މީހުންނަށް الله ތަޢާލާ ޖަޒާ ދެއްވާނެ.
އަލީރާޖާ
13 July 2024
އެކަމަކު މި އުޅެނީ ޑޮލަރު ނެތިގެން ގައުމު ދަރާތީއޯ
ނަށީދު
13 July 2024
އެހެން ގައުމުތަކުން ލޯނު ނަގައިގެން އުޅޭ ގައުމަކަށް އެހެން މީހުންނަށް އެހީވާނެ ފައިސާ ހުރޭތަ؟ ތީ ހާދަ ބޮޑު އަރަތެކޭ ...