ްއާބިޓްރޭޝަން ސެންޓަރު: އެ ސެންޓަރަށް ސީއީއޯއަކު ހޯދަން ވަނީ އިއުލާން ކޮށްފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
14 ޖުލައި 2024 - 15:13
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ސެންޓަރުން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،500ރ. މަހަކު ލިބޭނެ އެވެ.
އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކީ އެ ސެންޓަރު އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސްފަރާތެވެ.
އެ މަގާމުގެ ތައުލީމީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއިން ދަށްވެގެން ޑިގްރީއެއް އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.
އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އާބިޓްރޭޝަން ސެންޓަރަކީ ވިޔަފާރީގެ މައްސަލަތައް ކޯޓުތަކުން ބޭރުގައި އާބިޓްރޭޓަރުން މެދުވެރިކޮށް ހައްލު ކުރުމަށް އުފައްދާފައިވާ ސެންޓަރެކެވެ. އެ ސެންޓަރުގެ ޗެއާޕާސަނާއި ބޯޑު މެމްބަރުންނަކީ ރައީސް އައްޔަން ކުރައްވާ ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފައްކާ
14 July 2024
ޜާއްޖޭގައާބިޓްރޭޝަން ސެންޓަރެއް ހުރިކަން އަޑުއެހިތާ މިހުރީ. ދުވަހަކު ތިތަނުން މައްސަލައެއްބެލި ވާހަކައެއް ނީވޭ، ސީއީއޯއަކަށް ތިއިއުލާން ކުރީވެސް ބިޒްނަސް ނޫނީ ޕީއާރ، ކޮބައިތޯ ކަމާގުޅޭ ޕްރޮފެޝަނަލް ދާއިރާ. މިއަދު ބޭނުންހާއެއްޗެއް ހެދިދާނެ، ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަން ހަދާނުގަ ބަހައްޓައި ސަލާމަތް ހޯދުން ބުއްދވެރި
ސިންޕޫރު1
14 July 2024
ސިންގަޕޫރުގަ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ހުރީމާ މިތާނގަ ވެއްޖެ ހަދަން. ޑުބާއީގަ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހުރީމާ މިތާވެއްޖެ ހަދަން. ކޮންމެވެސް ފީޒިބިލިޓީއެއް ލޮޖިކެއް އޮންނަންވާނެދޯ. ތިޔަ ތަނުން ކުރި ކަމެއް އެބައޮތްބާ 'ގުޅުންބަދަހިކުރަން' ނުވަތަ 'ޓްރެއިން' ވާން ބޭރުގައުމުތަކަށް ދަތުރުކުރުން ފިޔަވައި. ދުވަހަކު 'ޓްރެއިން'ވެ ނުނިމޭ. މުޅި ދައުލަތް މިކަހަލަ ތަންތަނުން ފުރިފަ. ރައީސް މިކަންކަމަށް ވިސްނަވާނެކަމަށް އުންމީދުކުރަން.
މަރިޔަމް ޖަރީމާ
14 July 2024
" އެ މަގާމުގެ ތައުލީމީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއިން ދަށްވެގެން ޑިގްރީއެއް އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ." މިއޮތީ ސޮރަކަށް ކޯޓު ފަހާފަ. މި ގައުމުގައި މިހާރު މީހަކަށްވާ މީހަކު ނެތް މާސްޓަރސް ނަހަދާ. ޕީއެޗްޑީ އެހާ ބައިވަރު. މިއީކީ އާދައިގެ ވަޒީފާއެއްނޫން. މުއިއްޒަށް ސަލާން
ބަންދަން
14 July 2024
ބޭކާރު ތަނެއް. މިވީތަނަށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތް. ކޮންމެ އަހަރަކު ބޭރު ގައުމުތަކަށް ތަމުރީނޭ ކިޔާފައި ޓްރިޕް އެޅުން އޮންނަނީ ތިތަނުގައި. ރައީސް މުޢިއްޒު މި ތަން އުވާލައްވާނެ ކަމަށް އުންމީދު ކުރަން.
ޜައި
14 July 2024
ތެދު. ޢުވާލަން ފެނެ
އިބުރޭޭ
14 July 2024
އާބިޓްރޭޝަން ސެންޓަރަކީ ދައުލަތުން ބޮޑު ޚަރަދެއް ކުރަމުންދާ ތަނެއް. މިތަނުން ލިބުނު ފައިދާ ކޮބައިކަން ބަލާލަންޖެހޭ
ބާބަޕާޕާ
14 July 2024
މީ ދެން ކީއްކުރާ ތަނެއް؟