16 ޖުލައި 2024 - 12:45
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގއ. މާމެންދު އާއި ނިލަންދު އަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
އެފްއެސްއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގއ. އަތޮޅުގެ ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ކުރި ތުހުމަތުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެ ކުންފުނިން ތެޔޮ ވިއްކަނީ ކޮލިޓީ ޔަގީންކުރުމަށް ފަހު ކަމަށް ނޫސް ބަޔާނުގައި ވެ އެވެ.
ވިއްކަނީ ކޮލިޓީ ތެޔޮކަން ޔަގީން ކުރަން، ކޮންމެ ބާޖެއްގައި ވެސް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހުންނާނެ ކަމަށް އެފްއެސްއެމުން ބުންޏެވެ.
އެ ކުންފުނިން ވަނީ، ތެޔޮ ވިއްކާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް އަމަލުކުރަން އިލްތިމާސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
17 July 2024
ތިޔަ ބާޖުތަކުގައި ތިބެނީ ތެޔޮވަގުން. އެމީހުން ތެޔޮގަޑުބަޑުކޮށްގެން ވިއްކާ ވާހަކަޔަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް. ޔެޔޮ ބައުޒަރުތަކާއި ބާޖުތަކުގައި ތިބޭ ފަޅުވެރިންގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކޮށްލާފައި އެކައުންޓްތައް ޗެކްކޮށްލާ އޭރުން ޔަގީންވާނެ.