ހެޕީ މާކެޓު ފިހާރައެއްގެ އެތެރެ: ކަސްޓަމަރުން ބޭނުންވާ ބްރޭންޑްތައް ފަސޭހައިން ލިބޭނެ ގޮތް ހެޕީ މާކެޓުން އަންނަނީ ހަމަޖައްސަމުން.
23 ޖުލައި 2024 - 10:55
ހެޕީ މާކެޓުން ވިއްކާ "ސިއެރާ" ބްރޭންޑުގެ ކުކުޅު، ކަސްޓަމަރުންނަށް ފަސޭހައަކަށް ކޮށައިގެން ވިއްކަން ފަށައިފި އެވެ.
ހެޕީ މާކެޓުން ބުނީ ކޮށި ކުކުޅު ތައާރަފްކުރީ ދިވެހިންގެ މެދުގައި މަގްބޫލު، ކުކުޅު ކެއްކުމުގައި ލުއިކޮށްދީ ވަގުތު ސަލާމަތްކުރަން އެހީތެރިވެދޭން ކަމަށެވެ. އެ ކުންފުނިން ވިއްކާ "ސިއެރާ" އަކީ މިހާރު ވެސް ކަސްޓަމަރުންގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑެއްކަން ހެޕީ މާކެޓުން ފާހަގަކުރެ އެވެ.
ހެޕީ މާކެޓުން ތައާރަފް ކުރި ކޮށި ކުކުޅު ޕެކެޓު.
ހެޕީ މާކެޓް ކުންފުނިން ތައާރަފް ކުރީ ބޮޑު ދެ ކުކުޅުގެ މަސް ހިމެނޭ 2.7 ކިލޯގެ ޕެކެޓެކެވެ. މި ޕެކެޓުގައި 9 ފަޅިއަށް ކޮށާފައި ޖުމްލަ 18 މަސްކޮޅު އޮންނާނެ އެވެ.
ހެޕީމާކެޓުން ވިއްކާ ޕްރޮޑަކްޓުތައް ހެޕީ މާކެޓް ކުންފުނީގެ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިހާރަތަކުން ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy