ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އެ ޖަމާއަތުގެ އެއްވުމެއްގައި: އޭނާ ފަސްދާނުލާނީ ހުކުރު ދުވަހު ގަތަރުގައި. -- ފޮޓޯ: އޭއެފްޕީ
01 އޯގަސްޓް 2024 - 15:03
އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި، ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެއަށް ދިން ހަމަލާއެއްގަ އެވެ.
މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ކުރު ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ދަމަހައްޓައި، ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަކަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާއިފަ އެވެ.
ހަނިއްޔާ އަވަހާރަކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ހަނިއްޔާގެ ޖަނާޒާ އޮންނާނީ ހުކުރު ދުވަހު ގަތަރުގަ އެވެ. ހަނިއްޔާއަށް ކަށުނަމާދު ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި އޭނާ ފަސްދާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނެއްގައި ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރު ބަޔާން
01 August 2024
އިޒުރޭލުގެ ނަންވެސް އެބަޔާނުގައި ނެތް.
ދޮންއަނބު
02 August 2024
އެންމެންނަށް ވެސް މިކަމުގެ އަޑިގައި އިޒްރޭލްވާނެ ކަން އެނގުނަސް ރަސްމީ އެއްވެސް ފަރާތަކުން މިއީ އިޒްރޭލްއިން ހިންގި ޖަރީމާއެކޭ އަދި ނުބުނޭ އިއްލާންއެއްވެސް ނުކުރޭ. އެފަދަ ދަނޑިވަޅެއްގައި ރާއްޖޭން ކިހިނެއްތޯ ގައުމެއް ކުއްވެރި ކޮށްފައި ރަސްމީ ބަޔާންއެއް ނެރޭނީ؟ ބައިނަލް އަގްވާމީ ޑިޕްލޮމަސީގައި ވެސް ކޮންމެވެސް އުސޫލްތަކެއް ހިފަހަށްޓަން ޖެހޭނެ. ޖަޒުބާތުގައި ނުޖެހި.
ކޮތަޅު
01 August 2024
ރިޔާސީ ކެމްޕޭނުގަ މާފަށްއެދެން މަޑުކޮއްލިނަމަ
ކުރީސަރުކާރު
01 August 2024
މި އަންނަ އަހަރު ކުއްވެރިކުރަން ތިބިނަމަ.
ޙަޒްނާ
01 August 2024
ހަމާސް ކަމަކު ނުދޭ. ޕީސް ޑީލް ހަދަން ވީ. ދެން ކޮން ސަކަރާތެއް ޖަހަނީ.
ރަދީފްއޮފިޝަލް
01 August 2024
ކަލެއަށް ކަމުދަނީ ނަތަންޔާހޫ؟؟؟ ލަދު ކޮބާ؟؟/ ޕީސް ޑީލްއޭ ކިޔައިގެން ފަރަންޖީ ބަސް ބޭނުންކުރާއިރު ލަދު ކޮބާހޭ އަހާލަން ބޭނުން.ކޯފާ އިސްނުކުރައްޗޭ މިހެންބުނީމަ. ވ.ވެދުން
ވާނުވާގައި
01 August 2024
ޑީލް ނަހަދައިގެން އުޅެނީ ކޮންބައެއް؟ވާނުވާ ނޭގެންޏާ ބަލާ ހޯދަންވީނު!
ޕީސޯ
01 August 2024
ކަލޭ ދާންވީނު އިޒުރޭލާ ޕީސް ވޭތޯ ބަލަން؟؟؟
މަސްއޮޑި
02 August 2024
ހޫން! ކޮން ޕީސް ޑީލް އެއްތަ؟ މި ތަނުން ޕާރޓޭއެއް ފޮނުވާ ޕީސް ޑީލް ހަދަން. އެމީހުން ވަރަށް ޕީސް ކޮޅުކޮޅު ގެންގުޅޭނެ.
އަލިފް111
01 August 2024
ތިއީ ސަރުކާރުން ޕްރެޝަރާ ހެދި ކޮށްފަ އޮތް ކަމެެއް. ޣައްޒާގައި ހިންގާ ގަތުލުއާންމުގެ ވާހަކަވެސް ތިޔަކު ނެެތް. ތިކަން ކުރި ގައުމުވެސް ކުށްވެރި ކޮށްފައެއްނެތް. އިސްރާއިލް ޕާސްޕޯރޓްވެސް މަނައެއް ނުކުރެވުން.
ރަދީފްއޮފިޝަލް
01 August 2024
ނުކުރެވޭނެ އެމީހުންނަށް އެކަމެއް.ވެރިކަމަށް އަންނަން ރައްޔަތުންނަށް އެކަހަލަ ހުވަފެން ދައްކާނެ.
ރަދީފްއޮފިޝަލް
01 August 2024
17 ނޮވެމްބަރ 2024ގެ ފަހުން ''މިހާރުއޮންލައިން''ގެ ކޮމެންޓްސްތައް މޮޑަރޭޓް ކުރުމުގަ ވަރަށް ލަސްކަން އުޅޭކަން ފާހަގަކުރެވޭ. ސަރުކާރު ނުރުހޭ ކަހަލަ އިބާރާތުން ލިޔާ ކޮމެންޓްސް ޕަބްލިޝްނުކުރާކަން ވެސް ހިތާމަޔާއެކީ ފާހަގަކުރަން. މިހުންނަނީ ފަހަތަށް އެޅެ ފިޔަވަޅުތައް. މިގޮތަށް އަމަލުނުކޮށް ކުރިން ވެސް ތިބޭފުޅުން ގެންގުޅުނު މިންގަނޑުގަ ހިފަހައްޓައިގެން ކުރިއަށް ދިޔުމަށް ގޮވާލަން.ވ.ވެދުން
ރަދީފްއޮފިޝަލް
01 August 2024
ކުށެއްގެ އިސްލާހް ~ 17 ނޮވެންބަރ 2023
އެހެންނުން ވާނީ މީޑިއާ ވިލެޖް ދެނިއްޔޭ!
01 August 2024
ނޫސްތަކުގެ އޮފީސް ހިންގަން މީޑިއާ ވިލެޖް ދީފައި ނޫސްތަކަށް ފައިސާދޭނެ ކަމަށް ރ. މުޢިއްޒު ދާދި ފަހުން ވެސް ތަކުރާރު ކުރެއްވިއެވެ. އެކަމަށް ދެނީ އެސްޓީއޯ އިން ހުޅުމާލޭގައި އަޅާފައިވާ ހޮޓާ ބިލްޑިންގ ކަމަށް ވެސް މިހާރުވަނީ އިޢުލާނު ކޮށްފައެވެ. އެހެންވީމައި ދެން މިފަދަ ކޮމެންޓްތައް ޖަހަން ފަސްޖެހެނީ އެވެ.
ރަދީފްއޮފިޝަލް
01 August 2024
އެންމެ ފަހުން ކަމެއްކުރިކަން ދައްކަން 1 ޖުމްލައިން އެއްޗެއް ބުނެފި ދޯ.އެވެސް އަދި ދިވެހި ބަހުން. އަހަރުމެން ގަބޫލުކުރާ ގޮތުގަ އެމެރިކާ އަދި އިޒްރޭލްުގެ ވެރިން އެއީ ޓެރަރިސްޓުންގެ ލިސްޓުގެ 20-1 އަށް ވެސް ނަންލިޔަން ޖެހޭ މީހުން. އޭގެ ފަހުން އެހެން ބައެއްގެ ނަން ލިޔަން ޖެހޭނީ. މިކޮމެންޓް ވެސް މިހާރުއޮންލައިންއިން ޖަހާނެ ކަމެއް ނޭނގޭ. .ވ.ވެދުން
ރަށްއިތުމީހާ
01 August 2024
ފުރެސަރ ބޮޑްވީމަ 24 ގަޑީއިރުވެސް ފަހުން މި ކުށްވެރި ކޮށްލީ. އެކަމް މިނިވަން ގައުމެކޯ
ރަދީފްއޮފިޝަލް
01 August 2024
މިނިވަނެއް ނޫން.
އާރީ
01 August 2024
ހާދަލަހުން.