ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: ހަމްރޯ ކޭލްކޫދު
07 އޯގަސްޓް 2024 - 09:16
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގެ ރައުންޑް ރޮބިން ބުރުގައި މެޗެއް ކާމިޔާބު ނުކުރެވި، ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.
ފަސް ޓީމު ބައިވެރިވި މި މުބާރާތުގައި، ރާއްޖެ ފިޔަވައި ދެން ކުޅޭ އިންޑިއާ އާއި ސްރީ ލަންކާ އަދި އީރާނާއި ނޭޕާލް ސެމީ ފައިނަލަށް ދަތުރު ކުރިއިރު، ފައިނަލަށް ހޮވިފައި ވަނީ ނޭޕާލާއި އިންޑިއާ އެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވީ، 25-6، 25-11 އަދި 25-10 އިންނެވެ. ދެ ވަނަ މެޗުގައި އިރާނާ ވާދަކޮށް 25-21، 25-20 އަދި 25-16 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ލަންކާއާ ވާދަކޮށް ބަލިވީ 25-22، 25-12 އަދި 25-12 އިންނެވެ.
އަދި ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހު ނޭޕާލް އަތުން ބަލިވީ 25-8، 25-19 އަދި 25-18 އިންނެވެ.
ރާއްޖޭގެ ޓީމު، ފަހު މެޗަށް ފަހު ނޭޕާލް ޓީމާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ހަމްރޯ ކޭލްކޫދު
ކޯޗު ސޮފްވާން އަހުމަދުގެ އިރުޝާދުގެ ދަށުން މުބާރާޓުގެ ކުރީކޮޅު ވޮލީ ޓީމަށް ކުޅެން ޖެހުުނީ މުހިއްމު ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ އަދި އާމިނަތު އަރީޝާ ނުހިމަނަ އެވެ. އެ ކުޅުންތެރިން ބޫޓާނުގައި ކުރިއަށް ދިޔަ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ކުޅެފަ އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި، ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މާޔާ ހުސެއިން ސޮލާހަށް ވަނީ އަނިޔާ ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
07 August 2024
ޜާއްޖޭ ގެ ބާސްކެޓް އެއްފެންވަރައް ވެއްޓިޖެ ދޯ
ވެކޭޝަން
07 August 2024
އެންމެ ސެޓެއްވެސް ނުލިބުނު ވާހަކަ ހެޑްލައިންގައި ޖަހާލިނަމަ ސަޅިވާނެ! 4 ޓީމަށް ވުރެން ގިނަ ޓީމް ބައިވެރި ވީ މަ ސެމީން ފުރުސަތު ނުލިބުނީ! ރާއްޖޭގެ ޤައުމީ އަންހެން ޓީމް ކުޅޭންވީ ސަރަހައްދީ 20/16 އަހަރުން ދަށުގެ ޓީމު ތަކާ! ތަންތަން ބަލާލާފަ ޝޮޕިން ކޮށްގެން އާދޭ ދެން ރާއްޖެ!
ބަރުޖޯރު
07 August 2024
ފަސް ދުވަހުން ރާއްޖޭގެ ގައުމީ މުބާރާތެއް ކުރުގަޅުވާލާފަ ކުޅެލައިގެން ގޮސް މިކަމެއް ނުވާނެ! ރިކަވަރީ އެންޑް ޓްރެއިނިންގް ވެސް އެއީ އޮންނަ އެއްޗެއް!