ޚަބަރު / އޭޑީކޭ އަހުމަދު ނާޝިދު

ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި

މަޖިލިހުގެ ޖަލްސާއެއްގައި ނާޝިދު ވާހަކަ ދައްކަވަނީ: ގާނޫނުއަސާސީއާ އެއްގޮތަށް ފ. އަތޮޅުގައި މަޝްރޫއެއް ހިންގާނަމަ، އެއީ ފައިދާ ހުރި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: މަޖިލިސް

ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ފ. އަތޮޅުގައި ހިންގަން ރާވާފައިވާ މަޝްރޫއާ ބެހޭ ގޮތުން، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ، ސައޫދީގައި ތެލުގެ ވިޔަފާރީގައި ކުރިއަރައިގެން ނުދާތީ ދުނިޔޭގެ އެކި ތަންތަނުން ބިން ގަނެގެން ދުބާއީގެ މޮޑެލް އަށް ވިޔަފާރިކުރަން ޝައުގުވެރިކަން ދެ އެވެ. އެހެންވެ ސައޫދީގެ ބޭފުޅުން ރާއްޖެ ވަޑައިގެން، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ވިޔަފާރި ކުރުމަށް މަރުހަބާ ވިދާޅުވާނެ ކަމަށް ނާޝިދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅޭ މަޝްރޫއާ ގުޅޭ މައުލޫމާތު، މާލިއްޔަތު ކޮމެޓީ އަށް ވަޒީރުން ހާޒިރު ކުރައްވައިގެން ސާފުކުރުމަށް ނާޝިދު ބާރު އެޅުއްވި އެވެ.

ނާޝިދު ކޮމެޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވުމަށް މިއަދު ނެރުއްވި ނޫސްބަޔާނުގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެހެން ފަރާތްތަކުން އޭނާގެ ވާހަކަތަކުގެ މަފްހޫމް އޮޅޭ ގޮތަށް ވާހަކަ ފަތުރައި ހުތުރު ބަހުން މުއާމަލާތް ކުރަމުންދާ ކަމަށެވެ.

"މިކަމަކީ މިނިވަން ދިމިގްރާތީ ނިޒާމެއްގައި ކަން އޮންނަން ޖެހޭނެ ގޮތެއް ނޫން ކަމާއި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ދެކެމެވެ،" ނާޝިދުގެ ބަޔާނުގައި ވެ އެވެ.

މަޖިލިހުގެ ކޮމެޓީއެއްގައި ނާޝިދު ވާހަކަ ދައްކަވަނީ: ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި އިއްޔެ އޭނާ ދެއްކެވި ވާހަކަތަކަށް އަންނަ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވި.---މިހާރު ފައިލް ފޮޓޯ

އޭޑީކޭގެ ޗެއާމަން ނާޝިދު ވިދާޅުވި ގޮތުގައި މިފަދަ މުހިންމު ޕްރޮޖެކްޓާ ގުޅޭ ތަފްސީލް މައުލޫމާތު ނެތީސް، ވަކި ގޮތެއް ނިންމައިގެން ތިބުމަކީ އޭނާ ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެކެވެ. އަދި ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުން ހިއްސާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް މިހާތަނަށް އޭނާ ދެއްވި ހަމައެކަނި ވޯޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރުމަށް ދެއްވި ވޯޓު. އަދި އެ ވޯޓު އެގޮތަށް ދެއްވުނީމާ އެކަމާ މިއަދު ވެސް ފަހުރުވެރިވާ ކަމަށް ނާޝިދު ވިދާޅުވި.

މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ ފ. އަތޮޅުގައި ސައުދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ހިންގަން ޝައުގުވެރިވެފައިވާ އިންވެސްޓްމަންޓަކީ ގާނޫނުއަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އޫސޫލުގެ ދަށުން ހިންގާ މަޝްރޫއެއް ނަމަ، އެއީ ވަރަށް ފައިދާ ހުރި މުހިންމު ކަމެއް ކަމަށެވެ.

މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބި އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދުގެ ބަޔާނުގައި ވިދާޅުވީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ބަހުސް ކުރިއިރު، އެ އިސްލާހަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. އެމްޑީޕީން ބޭނުންވާ ކަންކަން އެ އިސްލާހަށް ތާއީދުކޮށްގެން ހާސިލް ނުވާނެ ކަމަށް ވެސް ޕާލަމެންޓްރީ ގުރޫޕުގައި ވިދާޅުވި ކަމަށް ނާޝިދު ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ 10 މެމްބަރެއްގެ ވޯޓާއެކު އިސްލާހު ފާސްކުރިއިރު، އެއަށް އޭނާ ވޯޓު ނުދެއްވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް މިހާތަނަށް ދެއްވި ހަމައެކަނި ވޯޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރުމަށް ދެއްވި ވޯޓެވެ. އަދި އެ ވޯޓު އެގޮތަށް ދެއްވުނީމާ އެކަމާ މިއަދު ވެސް ފަހުރުވެރިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

މި މަހުގެ 21 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް އަދީބު ހާޒިރުކުރަނީ: ނައިބު ރައީސްކަމުން އަދީބު ވަކިކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އޭޑީކޭ ނާޝިދު ވޯޓު ދެއްވީ އެއާ ޚިލާފަށް. ނާޝިދު ވިދާޅުވީ އެގޮތަށް އެ ވޯޓު ދެވުމުން ފަޚުރުވެރިވާ ކަމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެހެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަހުމަދު އަދީބާ މެދު ކުރެވުނު ތުހުމަތުތަކާއި އެ މައްސަލައާ ގުޅިގެން ހިންގުނު ތަހުގީގުތަކުން ފެންމަތިވެފައިވާ ކަންތައްތަކަކީ އެފަދަ މަގާމަކުން އޭނާ ވަކި ކުރަން ޖެހޭ ފަދަ ކަންތައްތަކެއް ކަމުގައި އަޅުގަނޑުގެ ޒަމީރު މިއަދުވެސް ގަބޫލުކުރާތީ އެވެ،" ނާޝިދު ވިދާޅުވި އެވެ.

އަދީބަށް ކުރި ކޮރަޕްޝަންގެ ތުހުމަތާއި އަދި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭނާ ނައިބު ރައީސް ކަމުން ވަކިކުރުމަށް ވެރިކަންކުރާ ޕީޕީއެމް ކޯލިޝަނުން މަޖިލިހުގައި ވޯޓުދިން ނަމަވެސް އެމްޑީޕީން ތްރީލައިން ވިޕް ނެރުނީ އަދީބު ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ވަކި ހާލަތެއް ފިޔަވައި ރާއްޖޭގެ ސަރަހައްދެއް އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ 99 އަހަރަށެވެ. އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ އިންވެސްޓްމަންޓަކީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވުމުގެ އިތުރުން އެ އިންވެސްޓްމަންޓްގައި ހިމެނޭ ބިމަކީ 70 ޕަސަންޓު އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަކަށް ވާން ޖެހެ އެވެ. އަދި އެފަދަ ޕްރޮޖެކްޓަކީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ދީފައިވާ އަދި ގާނޫނުއަސާސީ އާއި ސަލާމަތީ ބާރުތައް ފުރިހަމަ އަށް އެ ސަރަހަައްދެއްގައި ހިނގާނެ މަޝްރޫއަކަށް ވާން ޖެހެ އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް، މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅަން އެ ޕާޓީން މަސައްކަތެއް ނުކުރާނެ އެވެ. އެކަމަކު ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ބަޔަކަށް ވިއްކުމަށް އެ ޕާޓީން ދެކޮޅު ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

16 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 3%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެބޫހުއްތު

27 January 2018

ޑުބާއީ މޮޑެލް އޭ ކިޔާނިކަމެއްނެތް ރައްޔިތުން ބެބޫ ހައްދަން ޑުބާއީ މޮޑެލް ރާއްޖޭގެ ތިމާވެށި ހަލާކުއަރުވާލާނެ. ޑުބާއީ މޮޑެލަކީ ރާއްޖޭގެ ރައްތައްްހުންގޮތް ކޮޕީކޮއްގެން ބޮޑު ހަނަފަސް ސަހަރާއެއް.ތދެންއަހަރުމެންވީުއެގޮތްހަދަންތޯ. ފަތުރުވެރިން ދެކެންބޭނުންވަނީ ގުދުރަތީ ރީތިކަން. ޢާޓިފިޝަލް ރައްތަކެއްނޫން.

The name is already taken The name is available. Register?

ބޮންދު

27 January 2018

މީނައެކޭ ތިމަރަފުށީ މުސްތަފާއެކޭ ވަނީ އެއްވަރު އޮޅިގެން ބަޓަނަށް ފިތިފައި އެހެރީ. ޢޭޑީކޭ ދަމައިގަނެފާނެ ކަމުގެބިރަށް. ކޮމަންޑު ރައްޔިތުން މިކަހަލަ ވިޔަފާރިވެރިންނަށް ފުރުސަތު 2 ވަނަ ފަހަރަށް ނުދެއްވާތި.

The name is already taken The name is available. Register?

ނޫންތަ

01 March 2017

އިންސާނުންނަކީ އެނގިހުރެގެންނާއި، ނޭނގުމުގެ ތެރޭގައި ކުށް ކުރެވޭނެ ބައެކެވެ. ﷲ އަށް ގިނަގިނައިން ތައުބާ ވާންޖެހެނީ މިހެން ވެގެންނެވެ. ތައުބާވެ ދެވަނަފަހަރަށް އެ ކުށަށް އަރައި ނުގަތުމަކީ ވެސް އިންސާނުންނަށް ﷲ ދެއްވާފައިވާ އަގުނުކުރެވޭ ފަދަ ބޮޑު ނިޢުމަތެކެވެ. ބުަނަން މިއުޅޭ ވާހަކަޔަކީ މޑޕ ގައި ވެސް ތިބީ އިންސާނުންނެވެ. ޑީލެއްގެ ޑަށުން ނަމަވެސް އެމީހުން އެވަނީ ކުށެއް ކުރެވިއްޖެކަން ޤަބޫލުކޮށްފަ އެވެ. އަދި ލަނޑު ލިބުނީ ވެސް މޑޕ އަށެވެ. އެމީހުން ކޮނުނު އަނދަވަޅަށް ވެއްޓުނު ފަހުން ނަމަވެސް އެތިބީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. "އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެކޭ" ބުނާ ފަދައިން މިހާރު މޑޕ މެމްބަރުން ކުރި ކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބޭކާރު ކަމަކަށް ނުވާނެއެވެ. އެއީ ދެން ކުރަން އޮތް އެންމެ ރަނގަޅު ކަންތަކެވެ. އަޅުން ކުރާނީ މަސައްކަތެވެ. ތައުފީޤް ދެއްވާނީ ﷲ އެވެ.

The name is already taken The name is available. Register?

މުންކޮ

01 March 2017

މީ މި އެމްޑީޕީ މީހުން އަދީބު ނައިބުކަމުން ވަކި ނުކުރަން އުޅުނު ސަބަބު މިފަޅާއަރަނީ ހުރިހާ ޑީލްއެއް ހެދީ އަދީބާ އެކު، ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ލީޑަރު ގެއްލި ޕާޓީ ކުދިންކޮޅު ގެއްލި ގޮތް ހުސްވެފަ ތި ތިބީ، ސަރުކާރުން ކަންކަން ހުއްޓުވާތީއެއްނޫން މުޒާހަރާ ނުކުރަނީ ގޮތް ހުސްވީމަ "ތަރައްގީ ޔަގީން" 2023 2028 ކުރިއައް ބާރަށް ކުރިއަށް

The name is already taken The name is available. Register?

ޕޮކަންޑި މޭން

01 March 2017

މަރުމޯލުންގެ ބައިގަނޑެއްގެ ތެރޭގައިވެސް ހެޔޮވިސްނޭ ބުއްދިވެރި އެކަކު ހުރެދާނެއެވެ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

01 March 2017

ޕާޓީ ސިސްޓަމް : ތަހުޒީބް ޑިމޮކްރެސީ އަކީ. ތިބާ ނިސްބަތްވާ ޕާޓީގެ މެެޖޯރިޓީ އާއި ތައާރުޡު ވާ ގޮތަށް ވޯޓް ނެރެ ތިބާގެ ޡަމީރު ގަބޫލުކުރި ފަޚުރުވެރި ނިންމުން ކަމުގައި ހާމަކުރުންތޯ ( ތަ ހު ޒީ ބު ޑި މޮ ކް ރެ ސީ އަ ކީ ) ނުދެނެހުރިން. ކޮން ޓެކްސްޓް ބުކް ސްޓަފް އެއްތޯ ތިޔައީ. މާ މޮޅު މާ ގަދަ ރައްޔިތަކަށް ނުވިއެއްކަމަކު ދުނިޔޭގައި ފެނި އަޑު އިވޭ ބުއްދި ހިގާ އިންސާނުންނަށް ތަހުޒީބު ޑިމޮކްރެސީ ތަކުގައި ކަން ހިންގާ ކަންކުރާ ގޮތް ފިސާރި ސާފް ދެއްތޮ. އަދީބް ނައިބަކަށް ނިންމާ އެމް ޑީޕީން ދިން ވޯޓް ގައުމީ މައްސަލަހަތް ފުށު އަރާކަށް މިއަދުގެ ދުނިޔެ އަށްވެސް ފިސާރި ސާފް. އޭގެ މާނަ އެއް ނޫން ދެއްތޮ ޑިމޮކްރެސީގެ އަސާސް މެޖޯރިޓީން ބޭރުގައި ތިބާގެ ޒަމީރުގެ ސިކާރައަކަށް ތިބާވުން. ކޮމްޕެނީ އެއްގެ އެމްޑީއަށް ބޯޑާ ޗެއަރމަންގެ ނިންމުމަށް ފުށު އަރާ ގޮަތަށް އެމްޑީ ގެ އަމިއްލަ ޒަމީރު ބޭނުން ކުރުން ކޮންޒާތަކު ކޯޕަރޭޓް ގަވަރނަންސް އެއްތޯ ؟

The name is already taken The name is available. Register?

އަލިފު

01 March 2017

ބަލަ ބިން މިލްކު ކުރަން ވޯޓުދޭންވީމަ އޯކޭ. ފްރީލައިން ވިޕް. މުޅިގައުމު ކައި ބަހާ ހުސްކޮށްލީކަމަށް ޚުދު އެމްޑީޕީން އަދީބާ ދިމައަށާއި ޔާމީނާ ދިމައަށް ގޮވާ، ގައުމު ހަލާކުރަނީކަމަށް ގޮވާ ހަދާފަ، އެފަދަ މީހަކު ވަކިކުރަން ފެށީމަ ވަކި ކުރިޔަ ނުދިނުމަށް ތްރީލައިން ވިޕް. މި ކިޔޭ އެއްޗެއް އެބަ ދިމާވޭތަ؟ އަމިއްލައަށް ބަރަހަނާ ވެވޭ އިރުވެސް ތިޔަބޭފުޅުންނަށް ނޭގޭ ދެއްތޯ؟ އެހެންވީމަ އަދީބު ހިންގި ހުިރިހާ ޖަރީމާއަކީ އެމްޑީޕީއާ ގުޅިގެން ހިންގިކަންކަންކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް. ނޫނީ ކުރިން ދެއްކީ ހުސް ދޮގުވާހަކަކަމަށް ބެލުމުގެ ފުރުބަތު އެބަ އޮތް. ކޮންމެ ގޮތަކަށް ބެލިއަސް އެމްޑީޕީ އިޚްލާސްތެރިއެއް ނޫން. ރައްޔިތުންވާވައްދާފަ، ބޭނުން ކުޅިގަނޑެއް މަޖްލީހުގަ ކުޅެން އެމްޑީޕީ ބޭނުންވަނީ. ބިން މިލްކުކުރަން ވޯޓުދީފަ، އެއާ އެއްގޮތަށް މީސްމީހުންނާ މަސައްކަތްތަކާ ތަންތަން ދޭންފެށީމަ ތިބުނަނީ ހޯހޯއޭ ނުކުރެވޭނެއޭ. މިއަށްކިޔަނީ ޖެއްސުން ކުރުން. ދެއުޅި އެއްނުވުން.

The name is already taken The name is available. Register?

ދުރުމި

01 March 2017

ނާޝިދަށްވެސް އެނގިލައްވާ ވެރިކަމުގެ ބާރު... ގާނޫނު އަސާސީ ހުރަހެއްނާޅާ ރައްޔިތުންގެ ފައިދާއަށްޓަކައި އޭ.ޑީ.ކޭ ދައުލަތަށް ނެގުމަކަށް... މިއީ ރިއަލިޓީއަކީ.. މާބޮޑަށް ތެޅެންޏާ މޫދުން އެއްގަމަށް މަހެއްލީމާ ތެޅޭހެން ތެޅިތެޅިފައި މަރުވާނީ<<<<<<<<<<

The name is already taken The name is available. Register?

Maldives

01 March 2017

ވިޔަފާރިވެރިން ރައްޔިތުންގެ މަޖުލިސް އަށް ހޮވީމަ ތިބެންޖެހޭނީ ފިތިފައެވެ. ދެދުވަހު އެއްގޮތަކަށް ނުތިބެވޭނެއެވެ. ރައްޔިތުންނަށް ވިސްނޭނީ ކޮންދުވަހަކުންބާވައެވެ.!

The name is already taken The name is available. Register?

ވެދާނެ

28 February 2017

ވެދާނެ ގޮތެއް، .... އެމް ޑީ ޕީ ގެ މަޖިލިސް މެމްބަރުންގެ ތެރޭގަވެސް ފައިސާގެ ދަހިވެތިކަމުގަ އަދީބަށް ވިކިފައިތިބި ބަޔަކު އޭރުވެސް ތިބެދާނެ. އެހެންކަމަށްވާނަމަ އެމްޑީޕީގެ ވިސްނުމަކީ އެބިލަށް ވޯޓް ނުދިނުންކަމުގައިވިޔަސް، ވިޕްލައިން އިދިކޮޅަށް ނެރުނަސް، އެދުވަހު އެ މެމްބަރުން ވޯޓްލައިގެން ތިބިލް ފާސްކުރަނެކަން އެއީ ޔަގީންކަމެއް. އެހެން ވެއްޖެނަމަ އެމްޑީޕީ އަށް ވަރަށްބޮޑު ލަދެއްގަ ބެދެންޖެހޭނެތީ، އެދުވަހު ފްރީ ވިޕެއް ނެރުނީކަމަށްވެސް ވެދާނެ. .............................................. އަދީބް މެމްބަރުންނަށް ފައިސާދިންކަމަށްވާނަމަ ދޭނީ މިލިޔަނުންކަމަށް ލަފާކުރެވޭ، އަދި އެމެމްބަރުން ކައިރީގަ ނަޝީދު ސަލާމަތްކޮއްދޭނެކަމުގެ ޔަގީންކަން ދީފާއޮތުންވެސް އެކަށީގެންވޭ. ކޮންްމެގޮތެއްވިޔަސް ރާއްޖޭގެ ބިންތައް ވިއްކާ މިލްކު ކުރެވޭގޮތައް ހެދުމަކީ އެމްޑީޕީގެ ލީޑަރޝިޕުންވެސް ، އަދި އާއްމު މެމްބަރުންވެސް ބޭނުންވާނެގޮތެއްނޫން. އެމްޑީޕީގެ ޓިކެޓްގަ މަޖިލިހަށް ހޮވޭ ހުރިހާ މެމްބަރުންނަކީ އިޚްލާސްތެރިކަމާއެކު އިސްލާޙަށް މަސައްކަތް ކުރަން ނުކުންމީހުންނެއްނޫންކަން ކިތަންމެ ފަހަރަކު ފެނިފަ އެބަހުރި. ރައްޔިތުންގެ ތާއީދު ބޮޑު ދާއިރާތަކުން އެމްޑީޕީވެގެން ނުކުންނަނީ މަޖިލީހަށް ހޮވެން. ހޮވުމައްފަހު ބަލަނީ އަމިއްލަ މަސްލަހަތަށް.

The name is already taken The name is available. Register?

ބަކަބީ

01 March 2017

އަޅެ. މިއެމްޑީޕީއަށް ތާއީދުކުރާމީހުން ހީކުރަނީ މިއީ ބާވައިލެއްވި ޕާޓީއެއްކަމަށްތަ

The name is already taken The name is available. Register?

ޔެމްޑީ

01 March 2017

އެމްޑީޕީ މާބޮޑު ލަދެއްގަ ބެދިފަ މިއޮތީ އެދުވަހު ދެކޮޅަށް ވޯޓު ނުދިނީމަ. ދެކޮޅަށް ވިޕްލައިން ނުނެރުނީމަ. ރައްޔިތުންގެ ކުރިމަތީ އަގުވެއްޓި ރައްޔިތުންގެ އިތުބާރު ގެއްލުމަށްވުރެ ވަކިން ބޮޑު ލަދެއްގަ ބެދޭނެތޯ؟

The name is already taken The name is available. Register?

އަމާދުރޭ

01 March 2017

ޔެމްޑީ، ތިބުނީ ތެދެއް. އެކަހަލަ މެމްބަރުން ސަލާމަތްކުރަން އުޅުނީމަ ޕާރޓީގެ އަގު ވެއްޓޭނީ. ރަގަޅުވީހީ އިދިކޮޅަށް ވިޕްލައިން ނެރެފަ އެއަށް ތަބާނުވާ މެމްބަރުންނާމެދު ފިޔަވަޅު އަޅައިގެން. ބޭނޫންނެތިއްތަ ޕާރޓީން ވަކިވެދާނެނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454