މޯޖެޓް ބޯޑު ބޭނުން ކުރަނީ.
21 އޮކްޓޯބަރ 2024 - 15:05
ސީގިއާ އިން އިލެކްޓްރިކް އަދި މޮޑިއުލާ ވޯޓާކްރާފްޓްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ޖަރުމަނުގެ ޖެޓްވޯކްސްގެ މޯ-ޖެޓް، ރަސްމީކޮށް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
މޯޖެޓް ބޯޑަކީ ޖެޓްވޯކްސްއިން ނެރެފައިވާ އެހެން ބޯޑުތަކާއި ތަފާތު ކޮންސެޕްޓެއްގެ އެއްޗެކެވެ. މޯ-ޖެޓުން ވޯޓާ ސްޕޯޓްސްގެ އެކި ކުޅިވަރުތަކަށް ބޯޑު ބަދަލުކޮށްލުމުގެ ގާބިލުކަން ވަނީ ލިބިފަ އެވެ. އަދި ވޭކް ބޯޑިން އާއި ނީ ބޯޑިން، ފޮއިލް ބޯޑިން، ޖެޓް ސާފް އަދި މޫދު އަޑީގައި ދުއްވާ ސްކޫޓަރަކަށް މި ބޯޑް ބަދަލުކޮށްލެވޭނެ އެވެ. އޭގެ އިތުރުން އިންފްލެޓޭބަލް ޖެޓް ބޯޑަކާއި އިމަޖެންސީ އަދި ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ބޯޑަކަށްވެސް މި ބޯޑު ބަދަލުކޮށްލެވޭނެ އެވެ.
މޯ-ޖެޓްގެ ފަރާތުން ބެންޖަމިން ކޯންސެން ވަނީ ރާއްޖޭގެ ލަގްޒަރީ ބައެއް ރިސޯޓްތަކުގައި މޯ-ޖެޓްގެ އިލެކްޓްރިކް ވޯޓާކްރާފްޓްގެ އެކްސްކްލޫސިވް ޑެމޮންސްޓްރޭޝަންތަކާއި ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންގޮސް، ވޯޓާ ސްޕޯޓްސްގެ ސްޓާފުންނަށް އެ ބްރޭންޑުގެ އިނޮވޭޓިވް ޕްރޮޑަކްޓްގެ ފަސްޓްހޭންޑް އެކްޕީރިއަންސް ކުރުމުގެ ފުރުސަތު ދީފަ އެވެ.
މޯ-ޖެޓް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެޓް ބޯޑާއި އިލެކްޓްރިކް ޖެޓް ޕަވާޑް އެކި ކަހަލަ ވޯޓާ ސްޕޯޓްސްގެ އެކި ގިއާ ތައްޔާރުކުރަމުންދާ ކުންފުންޏެކެވެ. މި ކުންފުނީގެ 10 އަހަރުގެ ތަޖުރިބާއާ އެކު ތައްޔާރުުކުރި މޯ-ޖެޓް ބޯޑަކީ ވޯޓާސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންގޮސްދިން އީޖާދީ ވަސީލަތެކެވެ.
މި ކުންފުންޏަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ތިމާވެއްޓާ ރައްޓެހި ޑިޒައިންތަކަށް މަޝްހޫރު ކުންފުންޏެކެވެ.
ސީގިއާ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަކީ މޯ-ޖެޓްގެ އުފެއްދުންތައް ސާވިސް ކުރުމަށް މޯޖެޓުން ތަމްރީން ދީފައިވާ ކަމަށެވެ. އަދި ބޯޑު މަރާމާތުކުރުމުގެ ހިދުމަތް އެ ފިހާރައިން މިހާރު ދެމުން އަންނަ ކަން ވެސް ފާހަގަކުރި އެވެ.
މޯ-ޖެޓް ބޯޑު މިހާރު ސީގިއާއިން ޕްރި އޯޑަރުކޮށް ގަނެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy