ރައީސް ބިލެއް ތަސްދީގު ކުރައްވަނީ: އާބަން ޑިވެލޮޕްމެންޓް ބިލް މިއަދު ވަނީ ތަސްދީގުކޮށްފައި
02 ޑިސެމްބަރ 2024 - 20:58
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެކަމަށް ހާއްސަ ގާނޫނެއް ހަދަން ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި ގާނޫނަށް އަމަލު ކުރަން ފަށާނީ ހަ މަސް ފަހުންނެވެ.
އާބަން ޑިވެލޮޕްމަންޓް ބިލާ އެކު، އާބަން އޮތޯރިޓީގެ ނަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން އާ އޮތޯރިޓީއެއް އުފައްދާނެ އެވެ. މި އޮތޯރިޓީއަކީ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އުފައްދާ ތަނެކެވެ. މިސާލެއްގެ ގޮތުން މި ތަން ވެގެންދާނީ ހުޅުމާލެ ތަރައްގީ ކުރާ އެޗްޑީސީ ފަދަ މަސައްކަތްތައް ކުރާ ތަނަކަށެވެ.
އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންތައްތަކުގައި އަބަދުވެސް ދެބަސްވުން އޮވެ އެވެ. އެފަދަ ދެބަސްވުންތަކެއް ކުރިއަށް އޮތް ތަނުގައި އާބަން އޮތޯރިޓީ އާއި ކައުންސިލްތަކާ ދެމެދު އުފެދިދާނެ ކަމަށް ބައެއް ބޭފުޅުން ލަފާ ކުރައްވަ އެވެ.
ސަރުކާރުން މިހާރު ވަނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައަޅައިފަ އެވެ. އެއީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.
އާބަން ޑިވެލޮޕްމެންޓް ބިލާ މެދު ކޮމިޓީ މަރުހަލާގައި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ މި ބިލުން ލާމަރުކަޒީ ނިޒާމުގެ ހަމަތަކަށް ގުޑުން އަރައި، ކައުންސިލްތަކުގެ މަސައްކަތް ހަނިވެގެންދާނެ ކަމަށެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބިލުން ކައުންސިލްތަކުގެ ބާރު ކުޑަވެގެންދާނެ އެވެ.
"މި ބިލްގައި ލާމަރުކަޒު ނިޒާމާ ތައާރަޒުވާ ބައިވަރު ކަންކަން ފާހަގަކުރެވޭ. މި ބިލް ފާސްވެއްޖެ ނަމަ، ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ،" ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވެފައިވެ އެވެ.
ބިލްގެ މާއްދާތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ 10 ވަނަ މާއްދާއާ މެދު އެވެ. އެ މާއްދާގައި އޮތީ:
- އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ވަކި ސަރަހައްދަކީ ލޯކަލް ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށްވީ ނަމަވެސް، އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އާބަން އޮތޯރިޓީން.
- އާބަން ސަރަހައްދެއްގައި ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމާއި މުނިސިޕަލް ކަންކަން ކުރުމުގެ ބާރު އޮންނާނީ ކައުންސިލްތަކަށް. - ޕްލޭންކޮށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ކައުންސިލާއި އޮތޯރިޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން.
- ތަރައްގީގެ މަޝްރޫއުތައް ނިމުމާ އެކު އޮތޯރިޓީ އަށް ދީފައިވާ އިހްތިސާސް ނިމުމަކަށް އަންނާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަފާ އަލީ
03 December 2024
ވައުދަކަށް ފަހު ވައުދެއް ފުއްދަމުން ރައީސް މިދަނީ. މީ ވެރިންނަކީ
ލުމައިމް
03 December 2024
ފެނިގެން މިދަމީ ވައުދާ އެއްގޮތަށް މިކަހަކަ ސެންޓަރު ތަކާ އެކު މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ބިންގާ އެޅިގެން ދާތަން. މި 5 އަހަރު މުޅި ގައުމު ތަރައްގީ ވެގެން ދާނެ
ރާވެރިބެ
03 December 2024
އެހެންވީމަ 5 އަހަރު ފަހުން އަންނަ ސަރުކާރަކަށް ހާދަ ފަސޭހަ ވާނޭ! މުޅި ރާއްޖެ ތަރައްގީކޮށް ނިންމާފަތާ އޮންނާނީ. ދެން އަންނަ ސަރުކާރަކުން ޖެހޭނީ އުނދޯލި ހެއްލަން އޮންނަން! ސަޅި ބައިސާ ބާ ނޫނީ ސީދާ ދޮގުބާ؟
އާދަމް ހަމީފު
03 December 2024
މީ މުހިއްމު ބިލެއް. މީގެ ސަބަބުން ގައުމުގެ ތަރައްގީ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ބެލެވޭ.
ހަސަމް ނިހާމް
03 December 2024
ރައީސް މުއިއްޒް މިދަނީ ތަރައްގީ މުޅި ގައުމަށް ގެންނަމުނަ
ވާވު
03 December 2024
އޭޭދިދައާއިއެވެ! ދެންފެނިގެންދާނީ ވ އަތޮޅު ފަޅުވާތަންކަމުގަ ވެދާނެބާވައެވެ؟ އަހައިމިލެވެނީ ވ އަތޮޅުގައި 12 އަހަރުވީއިރު މީހަކުނުވިހާވާހަކައިގެ ސުރުޚީއެޅި، ތަރައްގީނުކޮށްއޮތް ރާއްޖެތެރެ ތަރައްގީކުރުމަށް ގާނޫނު ވެރިކުރެވެންއުޅޭތަނާއި، މާލެސަރަހައްދުގަ ފުލެޓުތައް ތައްޔާރުކުރުވޭ ކަންތައްތަކެއް ފެންނާތީވެއެވެ. ރިސޯޓު ތަރައްގީއަށް ލައްކަގިނަ ފަރާތްތަކެއްތިބޭނީ ކަރުހިއްކައިގެންފައެވެ. އާބަންތަރައްގީއާއިއެކު ކާށްޓަށްނުޖެހޭނެބާއޭ ހިތަށްއަރައެވެ.
އޮނަރަބްލް އަފީފު ދީދީ
02 December 2024
ކޮންފަދަ ޤާނޫނެއް ނުަވަތަ ކޮން ޤަވާއިދެއް ނެތިގެންތޯ ރާއްޖޭގެ އެންމެ ފުރަތަމަ އެއަރޕޯޓް އައްޑޫ GAN International Airport އާއި ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހަނިމާދޫ އެއަރޕޯޓްގައި "މަރުތަޅު އަޅުވައިގެން" އެތަންތަނަށް ބޭރުގެ އެއްވެސް މަންޒިލަކުން ބޯޓެއް އަޔަނުދީ އަދި "ޤައުމީ އެއަރލައިންގެ ނަމުގައިއޮތް" މޯލްޑިވިއަނުންވެސް ގޭން އެއަރޕޯޓުން ބޭރުގެ މަންޒިލަކަށް ދަތުރު ކޮށްނުދީގެން އުޅެނީ!؟ ތިކަހަލަ މަކަރުވެރި މަޅީގައި އެންމެނެއް ނުޖެހޭނެ އިގޭތޯ.
ހަސަން ކުރުސީ (ގާނާއިން)
02 December 2024
އަނެއްކާ ބަޔަކު ރޮއިގަތީމާ ތިޔަ ބިލު ބޮނޑިބޮނޑޮކޮށްލާފާ ޑަސްބިނަށް ހޫރާނުލާތި.
ސަމްގާ
02 December 2024
ބިލްތަށް ތަސްދީގުކުރާ ވާހަކަ ދައްކައި ފޮޓޯ ސެޝަން ހެދުމަށްވުރެން ސަރުކަަރު ކުންފުނިތަކުގެ މުއައްޒަފުންނަށް މުސާރަދިނިއްޔާ ކީއްތޯވާނީ؟؟ މުޅިން ޗަރުކޭހުގައެވެ.
1828
02 December 2024
މަޖިލިސްގައި ސުޕަރ މެޖޯރިޓީ އޮތަތީ ބޭނުން ޤާނޫނެއް ހަދާ ފާސްކުރެވިދާނެ. އެކަމަކު ތިޔަ ރަށްތައް ތަރައްޤީކުރަން ފައިސާ ހޯދަނީ ކިހިނެއް؟ ކޮންތާކުން؟ ކޮން އިރަކު؟
އުނބަށް ޖެހުން
03 December 2024
މިސަރުކާރުގެ ތިކަހަލަ ނިންމުން އަހަރުމެން މިހާރު މާސީރިއަސްކޮށް ނުނަގަން ހަމަސް ފަހުން އަމަލު ކުރަން ޖެހޭ އިރަށް އެ ގާނޫނު ކެންސަލް ކޮށްލާނެ...