ރައީސް މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ކ. ގުޅި އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުޑަކުއްޖަކު މާބޮނޑިއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
07 ޖެނުއަރީ 2025 - 08:42
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. އާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ ގދ. އަތޮޅުގެ ފަސް ރަށަކަށާއި ގއ. އަތޮޅުގެ ފަސް ރަށަކަށް ކަމަށެވެ.
ގދ. އިން ވަޑައިގަންނަވާނީ ހޯނޑެއްދު އާއި ނަޑެއްލާ އާއި ވާދު އާއި ފިޔޯރީ އަދި ރަތަފަންދުއަށެވެ. ގއ. އަތޮޅުން ވަޑައިގަންނަވާނީ ކަނޑުހުޅުދު އާއި ނިލަންދު އާއި މާމެންދޫ އަދި ދެއްވަދު އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނެ އެވެ.
"އަދި ހުވަދުއަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާ ވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްގީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު ގއ. އާއި ގދ. އަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފައްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 January 2025
ވާދޫ ބިން ހިއްކާ ގެދޮރު އަޅާދީފައި 5 ރަށުގެ ރައްޔިތުން އެއްފަސްކުރުމަކީ ބޮޑުޙަރަދެއްކަމަށް ހީކުރެވޭމީހުން މިދެންނެވި 5 ރަށުގެމައްޗަށް އަހަރަކު ދައުލަތުން ޙަރަދުކުރާންޖެހޭ ވަރު އެކަނި ހިސާބުކޮށްލިކަމަށްވިޔަސް މިކަމަކީ ބޮޑުތަނުން ދައުލަތަށްލިބޭ މާލީ ފައިދާއެއްކަން ހިސާބު އަދަދުތަކުން ފެންނާނެ. އަދި މިބަދަލުގެ ސަބަބުން ރައްޔިތުންނަށާއި (މުސްތަޤުބަލުގައި ސިޓީއަކަށް ބަދަލުވާނެ) ވާދޫއަށް އެތައްތަނަކުން ކުރިއެރުންލިބި ވާދޫސިޓީގައި އިޤްތިސޯދެއް އުފެދޭނެ.
މަހްމޫދު ސައީދު
07 January 2025
މިހެން ވާން ޖެހޭނެ. އިންތިހާބެއް ނެތަސް ރައްޔިތުން ކައިރިއަށް ޒިޔާރަތް ކުރަން ވާނެ.
މުއީއްޒު
07 January 2025
މިފަހަރު އަޅުގަނޑަކަށް ނުކެރޭނެ ތިނަދުއަށް އަރާކަށް ކުރިންފަހަރު ވި ހޮޅި ވައުދުތަކުގެ ސަބަބުން..
އަހުމަދު555
07 January 2025
އަޅުގަނޑައް ހީވަނީ އޮނަރަބަލް އަފީފު ދީން ވެރިކަމަށް އަރުވަން. އޭރުން މުޅި ރާއްޖެ ތަރައްގީކޮއްލާނެ 5 އަހަރުން...
އަމަތުﷲ
07 January 2025
އަހަރުމެން ރަށް ދެއްވަދޫއަށްވެސް ރައީސް ވަޑައިގަންނަވާނެ.
ރިޔާޒްް
07 January 2025
މި ރައީސް ނޫނީ މިހާ ރައްޔިތުންނާކައިރިން މަސައްކަތްކުރައްވާ ރައީސެއް ނުދެކެން.
އިފްހާމްް
07 January 2025
ހުވަދުއަތޮޅުގެ ތަރައްޤީ ރައީސް މުއިއްޒު ކަށަވަރުކޮށްދެއްވާނެކަން ޔަގީން.
އޮނަރަބްލް އަފީފު ދީދީ
07 January 2025
ވާދޫ ތަރައްޤީކޮށް 5 ރަށް އެއްފަސް ކުރުމަށްޓަކާ ބޭނުންވާނެ ފައިސާހޯދުމަށްޓަކާ އެންމެފުރަތަމަ ކުރާންޖެހޭކަމަކީ ސްލަމްއަކަށް ބަދަލުވެފައިވާ ކ.މާލެސަރަޙައްދުގެ ބިންހިއްކުމަށާއި، ތުރާކުނުން އައްޑުއަށްހިމެނޭ ރައްޔިތުން "ކުލީއަޅުންނަށް ހެދުމަށްޓަކާ" އެރަށުގައި އިމާރާތްކުރަމުންދާ ފުލެޓްތައް އިމާރާތްކުރަން ނަގާފައިވާލޯނުންބައެއް މިކަމަށް އެލޮކޭޓްކުރުން. (ފުލެޓްއަޅާފައި ދިނީމާ ފުލެޓްތަކަށް މަހުންމަހަށް ދައްކާންޖެހޭފައިސާ މާލޭމީހުން HDC އަށް ނުވެސް ދައްކާ)
އޮނަރަބްލް އަފީފު ދީދީ
07 January 2025
ކ.މާލެ ސަރަޙައްދު ހިއްކުން މަދުކޮށް ފުލެޓްއެޅުންވެސް މަދުކޮށްލުމަށްފަހު ވާދޫ ޑިވޮލޯޕްމަންޓަށް އިތުރަށް ބޭނުންވާ ފައިސާ ADB، އައިއެމްއެފް، އަދި އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއި، JICA ފަދަ ބައިނަލް އަޤުވާމީ އެހީދޭ ފަރާތް ތަކުގެ އެހީތެރިކަމާއި އެކު ދައުލަތަށް ބުރައަކަށް ނުވާގޮތަށް 5 އަހަރު ދުވަހުގެ ތެރޭގައި މިކަންކޮށް ނިންމާ ލެވިދާނެ. މިފަދަ ތަރައްޤީގެ ވިސްނުމެއް ގެންގުޅެގެން ނޫނީ ރާއްޖެ ތަރައްޤީ ކުރުމަކީ ކުރެވޭނެ ކަމެއްނޫންކަން ޔަޤީން.
އޮނަރަބްލް އަފީފު ދީދީ
07 January 2025
ސިޓީއަކަށް ވާދޫ ތަރައްޤީކުރަން ފެއްޓުމާއިއެކު ހޯނޑެއްދޫ، ނަޑެއްލާ، ފިޔޯރީ އަދި ރަތަފަންދޫ އަކީ Guest House Island ތަކެއްކަމަށް ކަޑައަޅާ އެރަށްތަކުގައިހުރި ސަރުކާރު އިމާރާތްތައް (ކައުންސިލް އޮފީސް، ސްކޫލް، ހޮސްޕިޓަލް ފަދަ) ތަންތަން ޔޫޓުލިޓީޒް ކުންފުނިތަކާއި ޙަވާލުކޮށް ގެސްޓްހައުސް އެޅުމަށް 50 އަހަރަށް ބިންވިއްކުމަށް ހުޅުވާލަންޖެހޭނެ. އަދި މިރަށްތަކުގައި މިހާރުހުރި ބިންތަކުގެވެރިންނަށް ގެސްޓްހައުސް ހިންގުމަށް އެމީހުންގެބިންވެސް އެމީހުނަށް ދޭންވާނެ.