އީޓުކުރިން ގެނެސްފައިވާ ޕެކޭޖެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ޖެނުއަރީ 2025 - 14:25
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދޭ އީޓުކުރި އިންޓަނޭޝަނަލް ހިދުމަތުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ގެންނަ މުދަލުގެ ބަރުދަނުން ނަގާ ޗާޖުން 25 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި މަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުގައި ޑިސްކައުންޓު ހޯދަން "ETUKURI25OFF" ޕްރޮމޯޝަން ކޯޑް ބޭނުންކުރަން ޖެހޭނެ އެވެ.
އީޓުކުރިން ބުނީ މި ޕްރޮމޯޝަނަކީ އާ އަހަރާ ދިމާކޮށް އެމެރިކާގެ އޮންލައިން ފިހާރަތަކުގައި ބޮޑެތި ޑިސްކައުންޓްތައް ލިބޭ ސޭލްތައް ކުރިއަށް ދާތީ އެ ސޭލްތަކުގެ ފުރިހަމަ ފައިދާ ދިވެހިންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިއީ، އޮންލައިންކޮށް ފެންވަރު ރަނގަޅު ބޭރުގެ ބްރޭންޑުތައް ހޯދަން ލިބޭނެ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
އީޓުކުރި އިންޓަނޭޝަލް މެދުވެރިކޮށް ގިނަ ތަކެތި ގެންނަ ކަސްޓަމަރުންނަށް އެ ތަކެތި އެއް ޝިޕްމެންޓަކަށް އެއްކޮށްލުމުން ޝިޕިން ހަރަދު އިތުރަށް ކުޑަކުރެވޭނެ އެވެ. އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ޝިޕްކުރާ ތަކެތި ފަސޭހައިން ޓުރެކްރެވޭނެ އެވެ. އަދި އެ ތަކެތި ރަށްރަށަށް ޑެލިވާވެސް ކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްހާގު
15 January 2025
ބަލަ އާ އަހަރުފެށި މިހާރު ރިޔާސީބަޔާން އިއްވާހިސާބަށް މިދިޔައީ. ޓުކުރިއަށް އަދިކިރިޔާ ތިއެނގުނީ ނިއުޔާ ސޭލް އެޅުވިކަން؟ ހާދަ ފަހަތެއްގަ؟