ސޮނީ ހާޑްވެއާގެ ފިހާރައެއް.
21 ޖެނުއަރީ 2025 - 16:13
ދުނިޔޭގެ މަޝްހޫރު "އުޝާ" ބްރޭންޑުގެ ފަންކާ ރާއްޖޭގައި ވިއްކާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ސޮނީ ހާޑްވެއާ ހަމަޖައްސައިފި އެވެ.
އުޝާ ބްރޭންޑުގެ އެކި ސައިޒުގެ ފަންކާ މިހާރު ސޮނީ ހާޑްވެއާ އިން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި 42 އިންޗި, 48 އިންޗި އަދި 56 އިންޗީގެ ފަންކާ ހުރެ އެވެ. އެ ފަންކާތަކަކީ ލޯ ވޮލްޓޭޖުތަކަށް ވެސް ފިޓުވާ, ކަރަންޓުގެ ހަރަދު ކުޑަ ފަންކާތަކެކެވެ.
އެ ފަންކާތަކަކީ ޕްރިމިއަމް ޕްރޮޑަކްޓަކަށްވުމުން ފަންކާގެ ފިޔަތައް ހުންނަނީ ގްލޮސީ ޕައުޑާ ކޯޓުކޮށްފަ އެވެ. އޭގެ ސަބަބުން ގިނަ ދުވަސްވަންދެން ފިޔަތައް ހަލާކު ނުވެ ހުރުމަށް މަގުފަހިވެ އެވެ. އަދި މި ފަންކާ އަކީ ފަސޭހައިން އިންސްޓޯލްކޮށް މެއިންޓެއިން ކުރެވޭނެ, ހައި ޕޯފޯމަންސް މޮޓޯއެއް ހިމެނޭ އަޑު މަޑެވެ.
ސޮނީ ހާޑްވެއާ އިން ބުނީ އުޝާ ބްރޭންޑުގެ ފަންކާ އަކީ ހެޔޮ އަގުގައި ކަރަންޓުގެ ހަރަދު ކުޑަކޮށްދޭ, ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ރީތި ފަންކާ ގަންނަން ބޭނުންވާނެ ފަރާތްތަކަށް މާކެޓުން ލިބެން ހުންނާނެ އެންމެ ރަނގަޅު އެއް ޕްރޮޑަކްޓު ކަމަށެވެ. އަދި މިއީ ގޭގެ އާއި އޮފީސްތަކަށް ވެސް އެންމެ އެކަށީގެންވާ ފަންކާއެއް ކަމަށް ވެސް ބުންޏެވެ.
މި ބްރޭންޑުގެ ފަންކާ ސޮނީއިން ވިއްކަނީ ނުވަ މަސް ދުވަހުގެ ވޮރަންޓީއާ އެކު އެވެ.
ސޮނީ ހާޑްވެއާ އަކީ ދުނިޔޭގެ އެކި ބްރޭންޑުތަކުގެ މަޝްހޫރު, ކޮލެޓީ ބްރޭންޑުތަކުގެ ހަޑްވެއާ މެޓީރިއަލްސް ވިއްކާ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy