23 ޖެނުއަރީ 2025 - 14:38
ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެ ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގެ ހައްޖު ދަތުރުތަކުގެ ހުރިހާ ހަރަދުތަކެއް ބީއެމްއެލްއިން ފޯރުކޮށްދޭނެ އެވެ. އެ ޕްރޮމޯޝަނުގައި، ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް މިހާރު ބޭނުން ކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުންކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއިގެ އިތުރުން ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އެ ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިނިން އާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކެވެ.
އެ ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ބޭންކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 January 2025
ހައްޖު ދަތުރަށް ވާ ފައިސާ ދެވިދާނެ އެވެ. ބީއެމްއެލް އަށް ހައްޖު ކޯޓާ ނުލިބޭނެ އެވެ.
ޢަޒްރާ
24 January 2025
ޙައްޖު ދަތުރު ދޭފަރާތަކުން އެކަންޏެއްނޫން ޙައްޖު ކޯޓާ ހަމަ ޖައްސަދޭނީ އެކަންކުރާނީ ޙައްޖު ކޯޕަރޭޝަނުގެ ގާނޫނާއި ގަވައިދުގެ ތެރެއިން