ގައުމީ އަންހެން ވޮލީބޯޅަ ޓީމު މިދިޔަ އަހަރުގެ ކާވާ ޗެލެންޖް ކަޕް މެޗެއްގެ ކުރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޖެނުއަރީ 2025 - 12:45
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ހިމެނުމުގެ ފުރުސަތު ވީއޭއެމް އިން ހުޅުވާލައިފި އެވެ.
މިއަހަރުގެ ސީނިއާ އަންހެން ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ އިތުރަށް ހުނަރުވެރި އާ ކުޅުންތެރިން ދެނެގަތުމުގެ މަގްސަދުގައި ވީއޭއެމް އިން މި ފުރުސަތު ހުޅުވާލީ އިއްޔެ މެންދުރު ގެޒެޓް ކުރި އިއުލާނެއްގަ އެވެ.
މި އިއުލާނުގައި ވަނީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން މިއަދާއި މާދަމާ ހެނދުނު ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި ބައިވެރި ވެވޭނެ ކަމަށެވެ.
މިއަދު ހެނދުނު 8:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ފުރަތަމަ ސެޝަން ކުރިއަން ގެންގޮސްފައި ވާއިރު، މާދަމާގެ ވެސް ހަމަ އެ ގަޑީގައި ސެޝަން އޮންނާނެ އެވެ.
މި އަހަރު ވެސް ގައުމީ އަންހެން ޓީމު، އޭވީސީ އަދި ކާވާ ގިނަ މުބާރާތްތަކެއްގައި ވާދަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy