މީގެ ކުރިން ޕިރަމިޑުން ބޭއްވި ޓޭސްޓް ޓެސްޓިން އިވެންޓުގައި ރެވެލޯ ޗޮކްލެޓުގެ އާމަންޑް ފްލޭވާ ޗޮކްލެޓެއް ހިފައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ފެބުރުއަރީ 2025 - 16:11
ޕިރަމިޑުން ދާދިފަހުން ރާއްޖޭގެ މާކެޓަށް ތައާރަފްކުރި ސްރީލަންކާގެ ކޮލިޓީ ރަނގަޅު "ރެވެލޯ" ޗޮކްލެޓުގެ ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ އިވެންޓެއް މާދަމާ އޮންނާނެ އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ކޮމާޝަލް ބްލޮކް އޭ (އޮލިވް ޓްރީ ފިހާރަ ހުންނަ ސަރަހައްދު) ގައި ކުރިއަށް ގެންދާ އެ ހަރަކާތުގައި ޕިރަމިޑުން މިހާރު ވިއްކާ ރެވެލޯ ބްރޭންޑުގެ ހަ ފްލޭވާގެ ޗޮކްލެޓުގެ ރަހަތައް ހިލޭ ބަލާލެވޭނެ އެވެ. އަދި އެ ހަރަކާތުގައި "ޓުވިސްޓް އެންޑް ވިން" އާއި "ބެލޫން ޕޮޕް" ފަދަ މަޖާ ގޭމުތަކުގައި ބައިވެރިވެގެން ރެވެލޯގެ 50 ގްރާމުގެ ނުވަތަ 100 ގްރާމުގެ ޗޮކްލެޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރެވެލޯގެ ފްރުޓް އެންޑް ނަޓް ފްލޭވާގެ ޗޮކްލެޓެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ހަރަކާތުގައި ޕިރަމިޑުން "ރެވެލޯ" ޗޮކްލެޓަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޕްރޮމޯޝަނަކީ ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 16އެއް ލިބޭ ޕްރޮމޯޝަނެކެވެ. ރެވެލޯގެ ޗޮކްލެޓް ހުންނަ ފިހާރަތަކުގެ ތެރެއިން ފިހާރައަކުން ޗޮކްލެޓު ގަތުމަށްފަހު, ޗޮކްލެޓު ބަހައްޓާފައި ހުންނަ ހަރުގަނޑުގައި ހަރުކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކުރުމުން ލިބޭ ގޫގުލް ފޯމް ފުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
"ރެވެލޯ" ޗޮކްލެޓަކީ ހައި ކޮލެޓީ ކޮކޯބަޓާ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ޗޮކްލެޓަކަށް ވުމުން މިއީ އާއްމުކޮށް ހުންނަ ޗޮކްލެޓުތަކަށް ވުރެ ރަހަމީރު އަދި ސްމޫތު ޗޮކްލެޓީ ރަހައެއް އެކުލެވޭ ޗޮކްލެޓުތަކެއް ކަމަށް ޕިރަމިޑުން ބުނެ އެވެ. "ރެވެލޯ ވަރަށް ޗޮކްލެޓީ" ޓެގްލައިނުގައި މި ޗޮކްލެޓް އެ ކުންފުނިން މާކެޓް ކުރަނީ ވެސް މި ޗޮކްލެޓަކީ ޕްރިމިއަމް އަދި ސްމޫތު އަދި ޗޮކްލެޓުގެ ރަހަ މުއްސަނދި ޗޮކްލެޓް ތަކަކަށްވުމުންނެވެ.
ޕިރަމިޑުން މި ބްރޭންޑް ރަސްމީކޮށް ތައާރަފް ކުރުމަށް ވެސް ޓޭސްޓިންގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އެ ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy