ހުޅުމާލެ ފޭސް ދޭއްގައި ވެލިގާއިން ހުޅުވި ފިހާރަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ފެބުރުއަރީ 2025 - 07:11
ހުޅުމާލެ 2 ގައި ވެލިގާ ހާޑްވެއާގެ ފިހާރައެއް ރޭ ހުޅުވައިފި އެވެ.
ވިނަރެސް ޓަވަރު 2 ގައި ދެ ފްލޯ އަށް ހަދާފައިވާ އެ ފިހާރަ ހުޅުއްވައި ދެއްވީ ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރެވެ. އެއީ ވެލިގާ ހާޑްވެއާގެ ހަ ވަނަ ފިހާރަ އެވެ.
ވެލިގާ ހާޑްވެއާގެ އިސްވެރިން އަލަށް ހުޅުވި ފިހާރަ ބަލާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ވެލިގާ ހާޑްވެއާގެ ހުޅުމާލެ 2 ގެ ފިހާރަ އިން ވެސް ނަން މަޝްހޫރު "މެޓާބޯ" ބްރޭންޑުގެ ޕަވާ ޓޫލްތަކާއި "ސެލީސް" ބްރޭންޑުގެ ތެރަހާއި ސިލިކޯންގެ އިތުރުން ހޯމީ" ބްރޭންޑުގެ ސިލިކޯން އާއި ފޯމު އަދި ޔާޓޯގެ ހޭންޑް ޓޫލް ވެސް ލިބެން ހުންނާނެ އެވެ. އަދި ނިޕޮން ޕެއިންޓާއި ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައި ވިއްކާ ޕްރޮޑަކްޓު ރޭންޖުތަކުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.
ވެލިގާ ހާޑްވެއާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު، މިފްޒާލް މުހައްމަދު ވިދާޅުވި ގޮތުގައި، ވެލިގާއިން ވިއްކާ އެކްސްކްލޫސިވް ބްރޭންޑުތަކާއި އާއްމުކޮށް ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ވެލިގާ ހުޅުމާލެ 2 އިން ވެސް ލިބެން ހުންނާނެ އެވެ. ވެލިގާގެ އެހެން ފިހާރަތަކާ ހިލާފަށް އެ ތަނުގައި ފަޔާ ސޭފްޓީ އިކުޕްމަންޓާއި ކްލީނިން ސޮލިއުޝަން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލިގާ ހާޑްވެއާއިން ފޭސް 2ގައި ހުޅުވި ފިހާރައިގެ މަތީ ފަންގިފިލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ވިއްކާ ބްރޭންޑުތަކަކީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބްރޭންޑުތަކެއް. އެ ބްރޭންޑުތަކުގެ ތެރެއަށް އެފްއެލްއެސް ފަޔާ އެންޑް ސޭފްޓީގެ ރޭންޖު ވެސް މި އިތުރުވީ. އަދި ބޭރުގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ އެކި ކްލީނިން ސޮލިއުޝަންތައް ވެސް އެ ލިސްޓަށް މި އިތުރުވީ،" މިފްޒާލް ވިދާޅުވި އެވެ.
ވެލިގާގެ ހުޅުމާލެ 2 ގެ ފިހާރަ ހުޅުވުމާ ގުޅިގެން އެ ތަނުގައި ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގައި ފުރަތަމަ ހަފުތާގައި އެ ތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ކަސްޓަމަރަކަށް 10،000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. އިތުރު 10 މީހަކަށް ވެސް ހާއްސަ އިނާމެއް ދޭނެ އެވެ.
ވެލިގާ ހާޑްވެއާގެ އާ ފިހާރައިގައި ވިއްކާ "ޔާޓޯ" ބްރޭންޑުގެ ޕަވާ ޓޫލްސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފިހާރަ ހުޅުވުމާ ގުޅިގެން، ވެލިގާ ހާޑްވެއާގެ ޕްރޮޑަކްޓުތައް ދައްކާލާ ހާއްސަ އިވެންޓެއް އެ ފިހާރަ ކުރިމަތީގައި މިއަދު ހަވީރު 4 އިން ރޭގަނޑު 10 އަށް އޮންނާނެ އެވެ.
ވެލިގާގެ ހުޅުމާލެ 2 ގެ ފިހާރަގައި ވެސް ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައި މިހާރު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން މިއަދުން ފެށިގެން ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގައި އެ ތަނުގައި ވިއްކާ ގިނަ ތަކެތިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި 100ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ.
ރޯދަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ 20،000ރ. ގެ ވައުޗަރެކެވެ. ނަސީބުވެރި އިތުރު 10 މީހަކަށް 5،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. އެއީ ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބޭނުން ކުރެވޭނެ ވައުޗަރެކެވެ.
ވެލިގާ ހާޑްވެއާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު މެޓާބޯ އާއި ޔާޓޯ އާއި ސަޓާ އާއި ނިފެކްސް އާއި ވެރާ އަދި މެޑްކާ ފަދަ އެކި ހާޑްވެއާ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލި
15 February 2025
މި ފިހާރައިން ވެއްޔާއި ގާ ވިއްކާތޯ؟