ހުޅުމާލޭގައި ހުންނަ އެމްޔޫ އެކްސްޕްރެސް ފިހާރަ.
27 ފެބުރުއަރީ 2025 - 08:08
ކުރިއަށް އޮތް ރޯދަމަހުގެ ކެއިންބުމަށް ބޭނުންވާ އެކި ބާވަތު އަސާސީ ތަކެއްޗާއި ދިވެހިންގެ މެދުގައި މަގުބޫލު އެކި ސާމާނު އެމްޔޫ ސްޓޯރާއި އެމްޔޫ އެކްސްޕްރެސް އިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޔޫ ސްޓޯރުގެ ފިހާރަ ހުންނަނީ މާލޭގަ އެވެ. އަދި އެ ކުންފުނިން ހިންގާ ދެ ވަނަ ފިހާރަ، އެމްޔޫ އެކްސްޕްރެސް ހުންނަނީ ހުޅުމާލޭގަ އެވެ. އެ ދެ ފިހާރަ އިން ވެސް އެ ކުންފުނިން ގެންނަ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ.
އެމްޔޫ ސްޓޯރުން ބުނީ ރޯދަމަހު އާއްމުކޮށް ޑިމާންޑު އޮންނަ ކުކުޅުބިހާއި ހެދިކާ އާއި އެކި ކާބޯތަކެތި ތައްޔާރު ކުރަން ބޭނުންކުރާ ފިޔާ އެ ކުންފުނީގެ ދެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. ރޯދަ ވީއްލާ ގަޑިއަށް ޑިމާންޑު އޮންނަ ކަދުރާއި އެކި ވައްތަރުގެ ފަންޏާއި ޖޫސް ގިރުމަށް ރޯދަމަހު ދިވެހިންގެ މެދުގައި މަގުބޫލު އެކި ވައްތަރުތަކުގެ ފުރުޓް ދަޅުތައް ވެސް އެ ދެ ފިހާރައިގައި ހުންނާނެ ކަމަށް ބުންޏެވެ.
ކޮންމެ ރޯދަމަހަކު ވެސް، ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިން ތައްޔާރުކުރަން ބޭނުން ކުރާ ރޯސް ސިރަޕު ވެސް އެމްޔޫ ސްޓޯރާއި އެމްޔޫ އެކްސްޕްރެސް ވިއްކާނެ އެވެ. އެ ކުންފުނިން ބުނީ ރޯދަމަހު، ދިވެހިންގެ ކެއުމުގެ އާދަކާދައިގައި ހިމެނޭ އެކި ތަކެތި ފަސޭހައިން ތައްޔާރު ކޮށްލުމަށް ބޭނުންވާނެ ގިނަ ބާވަތްތައް އެ ކުންފުނިން ގެންނަ ކަމަށެވެ.
ރޯދަމަހު ކެއިންބުއިމަށް ބޭނުންވާނެ ތަކެތި ތައްޔާރުކުރަން ބޭނުންވާ އަސާސީ އެކި އެއްޗެހި ވެސް އެމްޔޫ ސްޓޯރާއި އެމްޔޫ އެކްސްޕްރެސް އިން ވިއްކާނެ އެވެ. އަދި އެ ދެ ފިހާރަ އިން ވެސް އެންމެ ރަނގަޅު ބްރޭންޑުތަކާއި އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތުބެ
27 February 2025
ތިޔަ ކުރަނީ ކާބޯތަކެތި އިސްތިހާރު