އިއްޔެ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނައިބު ރައީސް.-- ފޮޓޯ: އެފްއޭއެމް ވެޓެރަންސް ލީގު/ މެދުރޮނގު
05 މާޗް 2025 - 12:22
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ކޮންމެ އަހެއްހެ ރޯދަ މަހު ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގުގައި، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މި އަހަރު ވެސް ބައިވެރިވެ ވަޑައިގެންފި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ނައިބު ރައީސް މި އަހަރު ވެސް ކުޅުއްވަނީ މުއިވެޔޮ ފްރެންޑްސް ވެޓެރަންސް ޓީމަށެވެ. އެމަނިކުފާނަކީ އެ ޓީމުގެ ކެޕްޓަނެވެ. އެ ޓީމާ އެކު ނައިބު ރައީސް ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުއްވައިފަ އެވެ.
މުއިވެޔޮ ފްރެންޑްސް މި އަހަރު ހިމެނެނީ މުބާރާތުގެ ގުރޫޕް ބީގަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި އިއްޔެ ދަ ގްރާންޑޭ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ އިބްރާހިމް ޒައީމް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އޭގެ ދެ މިނިޓު ފަހުން މުއިވެޔޮ އަށް ނަތީޖާ އެއްވަރު ކޮށްދިނީ އަހުމަދު ނިޔާޒް އެވެ.
މިހާރުގެ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް، ކުރިން ގައުމީ ޓީމަށް ކުޅުނު އަހުމަދު އަޝްފާން (އަޝްކޮ) ވެސް މި މުބާރާތުގައި ކުޅެ އެވެ. އަޝްފާން ކުޅެނީ ދަ ގްރާންޑޭއަށެވެ.
މުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް އާއި ދަ ގްރާންޑޭގެ އިތުރުން ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ. ގުރޫޕް އޭގައި ހިމެނެނީ ހުޅުމާލެ، ވިލިމާލެ، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޒެލޮޓް އަދި ހުއްރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަމް
05 March 2025
ތިންވަނަ ދުނިޔޭގެ މަގުއޮޅިފައިވާ ގައުމެއްގެ މިސްޕްލޭސްޑް ޕްރައޯރިޓީ މިފެންނަނީ.
ކޮލަމާހުއްޓާ
05 March 2025
މީ މިމީހުނަށް އޮތްކަމަކީ.
ސޮނީ
05 March 2025
މާބޮޑު މުސްތަކުބަލެއްނެތް، ހަރުދަނާ ސިޔާސަތެއް ނެތް ގައުމެއްގެ ނައިބުރައީސަށް ފުޓްބޯޅަ ކުޅެން އެގުނޭ ކިޔާ އެހެން ބައްވާ ޔޯލަ މުބާރާތެއްގައި ބައިވެރި ވުމަކީ ދެން ވާނެވެސް ގޮތް. އެއީ މިގައުމުގެ ނެތް މާބޮޑު ކަމެއް.
ސަސި
05 March 2025
ދެން ރައީސް ކީއްވެބާ ނުކުޅެނީ، ރައީސް ވަރަށް ފުޓްބޯޅަ ކުޅުއްވާ ވާހަކަ ހަބަރުތަކުގައި އޮވޭ
ނަމީ
05 March 2025
މި ބޭފުޅާ ކުރައްވާނެ އިތުރު ކަމެއް އޮވޭ ތޯ؟ ރިބަން ފަށް ކެނޑުމާއި ، ބޭރު ގައުމުތަކަށް ޒިޔާރަތް ކުރެއްވުން ފިޔވައ
ސަޕޯރޓަރުން
05 March 2025
ނާއިބް ރައީސް ހުންނަވާ ޓީމަކައް ހާއްސްކަމެއް ނުއޮންނާދެއްތޯ އެއްވެސް ކަމެއްގަ