އެމްއެޗްއޭގެ ފިހާރައެއް.
09 މާޗް 2025 - 19:38
ރޯދަ މަހަށް ހާއްސަކޮށް ކޮންމެ ދުވަހަކު ވެސް 1000ރ.ގެ ރިވޯޑު ޕޮއިންޓު، ނަސީބުވެރި އެއް "ލޯޔަލްޓީ މެމްބާޝިޕް" ކަސްޓަމަރަކަށް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ރިވޯޑު ޕޮއިންޓަކީ އެމްއެޗްއޭގެ ކޮންމެ ފިހާރައަކުން ވެސް 1000ރ. ގެ ވިޔަފާރިކުރުމަށް ބޭނުން ކުރެވޭނެ ޕޮއިންޓެވެ. އެމްއެޗްއޭގެ ފަސް ފިހާރައިން ކޮންމެ ފިހާރައަކަށް ގޮސް ވެސް، އެ އެއްހާސް ރުފިޔާއަށް ވާވަރަށް ބޭނުން ވަގުތަކު ގޮސް ވިޔަފާރި ކުރެވޭނެ އެވެ.
މި ޕްރޮމޯޝަނުގެ އިތުރުން އެމްއެޗްއޭއިން ރޯދަ މަހަށް ހާއްސަކޮށް އެކި ޕްރޮޑަކްޓުތަކަށް ވަނީ ޑިސްކައުންޓުތައް ދީފަ އެވެ.
އެމްއެޗްއޭގެ ލޯޔަލްޓީ ޕްރޮގުރާމްގައި ބައިވެރިވުމަށް އެކުންފުނީގެ ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު ކައުންޓަރަށް ފޯނު ނަމްބަރު ދިނުމުގެ ރަޖިސްޓްރީ ކުރެވޭނެ އެވެ. އެކުންފުނީގެ ފިހާރައަކުން ވިޔަފާރި ކުރާއިރު، ނަމްބަރު އަނެއްކާ ވެސް ދިނުމުން އެއަށް ޕޮއިންޓު ދޭނެ އެވެ. ޕޮއިންޓު ލިބުނު ވަރު، ވިޔަފާރިކޮށް ނިމުމުން ކަސްޓަމަރަށް އެސްއެމްއެސްއަކުން ފޮނުވާނެ އެވެ. އެމްއެޗްއޭއިން ލޯޔަލްޓީ މެމްބަރުންނަށް ހާއްސަކޮށް އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.
އެމްއެޗްއޭ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ޑޭޓް ކްރައުން ކަދުރާއި މެގީ ނޫޑްލްސް އާއި ހާގެންޑާޒް، ލަންޑަން ޑެއިރީ އަދި ނެސްލޭ އައިސްކްރީމާއި ފިލްބަރީ ބްރޭންޑުގެ ރޮށި, ފަރާޓާ އަދި ނާން އާއި ޑރ. އޮޓްކާގެ ފްރޯޒަން ޕިއްޒާ ފަދަ އެކި އުފެއްދުންތައް ވިއްކާ ފިހާރަ އެކެވެ. އެމްއެޗްއޭގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި 2ގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy