އައްޑޫ، މީދޫގެ އިކޯގާޑަންގައި ރޯވެފައި.-- ފޮޓޯ: އީމާން
20 މާޗް 2025 - 12:16
މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އިއްޔެ މެންދުރު ރޯވި އަލިފާނުގައި އެ ތަނުގެ "ގްރާސް ފީލްޑް" ގެ 60 ޕަސެންޓު އަނދާފައިވާ ކަމަށް ބެލެވޭ ކަމަށް އެ ތަން ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީން ބުނެފި އެވެ.
އެ ސަރަހައްދުގައި އަލިފާން ރޯވި ކަމަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 11:45 ހާއިރު އެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 10:30 ހާއިރު އެވެ.
މަތިކިޅި ސޮސައިޓީން ބުނީ ގާތްގަޑަކަށް ހަ މަސް ތެރޭ ގްރާސް ފީލްޑު ރިކަވާވި ނަމަމަވެސް "ކަނޑޮފިށި ހައި ވެޖެޓޭޝަން ލައިން" ރިކަވާ ވުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.
އައްޑޫ، މީދޫގެ އިކޯގާޑަންގައި ރޯވެފައި.-- ފޮޓޯ: މަތިކިޅީ ސޮސައިޓީ
އެ ޖަމިއްޔާއިން ބުނީ އެތަނުގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަސްތަކާއި ދިއްގާ ގަސްތަކަކީ އެތައް އަހަރެއް ވެފައިވާ ގަސްތަކެއް ކަމަށާއި ކަނޑޮފިށި ހައި ވެޖެޓޭޝަން ލައިން އަކީ މާކާނާ އާއި ރާބޮނދި ފަދަ ދޫނިތަކުގެ ސެންކުޗަރީއެއް ކަމަށް ބުނެފައިވެ އެވެ. އެއީ މޫސުމީ ގޮތުން ހިޖުރަކުރާ ބައެއް ދޫނިތަކުގެ ވަގުތީ މަރުކަޒެއް ކަމަށާއި އަލިފާނުގެ ހާދިސާގައި އެ ދޫނިތަކުގެ މާހައުލު ވެސް އަހަރު ތަކަކަށް ގެއްލިގެން ދިޔައީ ކަމަށް ބުންޏެވެ.
އިއްޔެގެ އަލިފާނުގެ ހާދިސާ އަކީ މިދިޔަ 15 އަހަރު އެ ތަނަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ވެސް މަތިކިޅީ ސޮސައިޓީން ބުންޏެވެ.
މީގެ ކުރިން ވެސް އަލިފާން ރޯވެފައިވާ ސަރަހައްދުގައި އިއްޔެ ރޯވީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާހިދު
20 March 2025
ހީވަނީ ގަސްދުގަ ރޯކޮއް އަންދާލީހެން. ކޮންމެވެސް ގޭސްގަޑެއް ހިންގަނީހެން ހީވަނީ.
ޙަބްނީ
20 March 2025
ޒުހުރީ ކިހިނެއް ހިސާބު ޖަހާ ހޯދި ޕަސެންޓެއް ؟ ކުޅީގެ އަނދާފައި ވަނީ 30 ވަރަކަށް %.
ފަތޫނާ
20 March 2025
މަތިކިޅި އަކީ ބޮޑު ސަރަހައްދެއް. ސައިޒްއަކީ 54 ހެކްޓަރ. ރަށެއްގެ ބޮޑު މިނާއަޅީ ބަލާއިރު ރާއްޖޭގެ ގިނަ ރަށް މަތި ކިޅިއާ ބަލާފަ ސައިޒްގެ ގޮތުން ކުޑަ. މާފުށީގެ ބޮޑު މިނަކީ 36 ހެކްޓަރު. މަތި ކިޅީގެ ސަައިޒްގެ ރަށްްރަށު ތެރޭ ހިމެނޭ ބ.ދަރަވަންދޫ، ރ.ކިނޮޅޮސް،ރ.އަލިފުށި،ހއ.ދިއްދޫ އަދި ލ.މާމެންދޫ
ސަންރޭ މަޖީދު
20 March 2025
މިފަހަރު މި ލިބުނީ އިންޒާރުގެ ކޯލެއްް. ތި ކުޅީގެ ބޭރު މަގުގައި ރަށުގެ ވެމްކޯ،ފެން ޕުލާންޓް، އާ އިންޖީނުގެ، ނަރުދަމާގެ ޓްޜީޓްމަންޓް ޕްލާންޓް،ސޯލާ ފެނަލް ސިސްޓަމް ހުރީ. އަނދާ ހުލި ވިނަމަ ބޮޑު ގެއްލުމއްް ވާނެ. މީހުން އުޅޭ ގެ ތަކުގައި ރޯނުވިކަން ދެން ނަސީބެއް.
އަލީވިލާ
20 March 2025
އަލިފާން ރޯވީ އައިސާދަރި ހަސަންދީދީގެ މީހުން އެގޭކަވެރިޔެ ވަލިލައި ކުނިއަނދޮ ކެރާވޭލެއި ކޮންޓުރޯލުން ނެއްޓިގެންގޮސް ކިޅިއެ ރޯވީ.