ތިލަމާލެ ބްރިޖުގެ މަސައްކަތެއް ކުރިއަށްދަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 މާޗް 2025 - 22:30
މާލެ ސަރަހައްދު ގުޅުވާލުމަށް ހިންގާ ބިޔަ ޕްރޮޖެކްޓު، ތިލަމާލެ ބްރިޖު މަޝްރޫއަށް މިހާތަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަހުގެ 6 ވަނަ ދުވަހު "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޖީއެސްޓީ ނުހިމަނައި ތިލަމާލެ ބްރިޖަށް މިހާތަނަށް ވަނީ 251،563،940 ޑޮލަރު ހަރަދުކޮށްފަ އެވެ. އެއީ ރުފިޔާއިން ބަލާނަމަ 3.8 ބިލިއަން ރުފިޔާ އެވެ.
އިންޑިއާގެ ލޯނު އެހީގައި މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަން ހިންގާ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބްރިޖުގެ 51 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، 2026 އެވެ.
ނިމިދިޔަ ސަރުކާރުން ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އިތުރުކުރީ އެވެ.
ހަތަރު ރަށް ގުޅުވާލާ ބްރިޖު ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ "އޭ" ސެކްޝަންގެ ގޮތުގަ އެވެ. އެ ތިން ރަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހުން ނިންމާ ގޮތަށެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، މިދިޔަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅުވާލައިފަ އެވެ.
ނަމަވެސް، ފަހުން ސޮއިކުރި ސަޕްލިމެންޓްރީ އެގްރިމެންޓުގައި ވަނީ ސެކްޝަން އޭ ނިންމަން ދިން މުއްދަތު 54 މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެގްރިމެންޓުގައި މިހާރު އޮތީ މާޗު 31، 2026ގެ ކުރިން ސެކްޝަން އޭ ނިންމާ ގޮތަށެވެ. އަދި ޑިސެމްބަރު 31، 2025އާ ހަމައަށް މާލެ-ވިލިނގިލީ ގުޅުމާލުމަށް ވެސް އެއްބަސްވެފައިވެ އެވެ.
ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. ގުޅީފަޅާއި ތިލަފުށި ގުޅުވާލަން ފުރަތަމަ ދިނީ 32 މަސް ދުވަހެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ މެއި 27، 2024 ގެ ކުރިން އޮންނާނީ އެ ހިސާބުތައް ގުޅުވާލައިފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ ބީ ސެކްޝަން ދިން މުއްދަތު 65 މަސް ދުވަހަށް އިތުރުކޮށް ސެޕްޓެމްބަރު 30، 2026 އަށް ދަންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
21 March 2025
އިބުރާހީމް ތި ބްރިޖް ހަދަން ޗައިނާ ބަޔަކާ ހަވާލު ކުރި ނަމަ މިއަދު ދިވެހިން މާލެ ވިލިގިއްޔަށް ގޮސް އުޅޭނީ ކާރާއި ސައިކަލްގަ. 10 އަހަރުން ވެސް ތި ނުނިމޭނެ އިންޑިއާ މީހުންނަށް.
މިސްޓަރ ވާން
22 March 2025
ބަލަ ! މީހާރު ދެންތިވާހަކަ ދައްކާނެ ކަމެއްނެތް. ވރިކަންދިނީ އެއްއަހަރު ތެރޭ ވިލިގިއްޔަށް ބުރިޖުން ޖެވޭނެ ވަރުކުރާނެ ކަމުގެ ވައުދު ވެން. މިހާރު 2 އަހަރު. ފެށުނު އެއްކަމެއްވެސް ނެތެ.
މުދިންބެ ބަކުރު
21 March 2025
މުއީޒު ގެންނަވާ ތަރައްގީ މިދަނީ ފެންނަމުން. ވައުދުވީ ގޮތަށް ގުޅީ ފަޅާއި ގިރާވަރު ފަޅު ކުރީ ސަރުކާރުން ކަޑުން ދީފައިވާ ގޯތިތައް ހިއްކާ ނިންމުމަށް ފަހު ގޯތިތައް ހަވާލު ކުރަށްވާނީ ވެސް މުއީޒްު
2025
21 March 2025
ތި ޗައިނާ މީހުނާ ހަވާލުކޮށްބަލަ........ބޮއިހަލަކި
އިހްސާސް
21 March 2025
ފެންނަފެނުމަށް ތަޖުރިބާ މަދު ބަޔަކު މަސައްކަތުގައި އުޅެނީ.
ޕޫރުބެ
21 March 2025
ތީ ވަރަށް ބޭނުން ބްރިޖެއް! އެކަމަކު ތިބުރިޖު ތިމީހުންނަށް ހެދިދާނެކަމަކަށް ގަބޫލެއް ނުކުރެވޭ! އެބަހީ އެބްރިޖު ބޭނުން ކުރެވޭވަރަށް ފެންމައްޗަށް ނެގޭނެއެކޭ
ތުއްތޮންބެ
21 March 2025
މުސްކުޅީން ކިޔާއުޅޭތީ އަޑުއަހަމު"އިބިލީސްކައިވެނި" އެއެކޭ ތިޔެކޭ އެއްވެސް ތަފާތެއްނެތް.
އޮނަރަބްލް ބޮޑު މުދިންބެ ގެ ކުރުސީ
21 March 2025
ސާބަހޭ ރައްޔިތުންގެ ރައީސް މުއީޒު .
މަޖަން
21 March 2025
ނަސީބެއްނުއިބޫތިމަސައްކަތްފެށިކަން މިސަރުކާރުންފެށިއެންމެބޮޑުޕުރޮޖެކްޓަކީކޮންމެސްރަށެއްގައިއޭޓީއެމްމެސިންބެހެއްޓުން އެގާރަމިލިއަންރުފިޔާގެފާލަމެް ދޮޅުއަހަރުތެރޭގައިއެޅުން
ޒިކީ
21 March 2025
މި ސަރުކާރުން ފެށި އޭޓީއެމް މަސައްކަތާ ފާލަން ނިމިއްޖެ އެންނު. އަދިވެސް ތި ޗ ފެށި ކަމެއްގެ 70 ޕަސަންޓު ވެސް ނިންމާ ނުލާ ލާރި ގަނޑު އެޑްވާސްއަށް އައުވާނުންގެ ކުންފުނިތަކަށް ކަޓު ލިބޭ ގޮތަށް ބަހާލާފަ ނުވިތާކަށް ދައުލަތުގެ ކުންފުނިތައް އެތަށް މިތަނަށް ދަރުވާލާފަ އެ ލާރިވެސް ނުދައްކާ ޗާޕުކުރި ހުރިހާ ލާރިއެއް ކ އެހުރީ
ފާފުދާލު
21 March 2025
ނިކަން އައްޑުއަތޮޅަށް އައިސްބަލަ އަހަރެމެން ކަލޭމެންނަށް ކޮއްތާއި ހުރުން ހަމަޖައްސައި ދޭނަން. ތަހުލީލީ ނަޒަރަކުން، ބޮޑުލޯނެއް ނަގައިގެން ބަޔަކު ލައްވާ ހެދި މަގުތަކުގެ ފެންވަރާއި ރިވެތިކަން ބަލާލަން! ހެޔޮ ނުވާނެ މިއީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ހަދާ ދިން މަގުތަކެއްތޯ؟ ހީވަނީ ގުއިތަރަފާލުގަނޑެއް ހެން. މަގޭ ހިތެއް ހެޔޮނުވާނެ މިކަން ކުރި ބަޔަކަށް
ޜޯބޯ
21 March 2025
ވަރަށް ބޮޑު އަގުގަ އެމްޑީޕއިން 2040 ގަ ހިދުމަތްދޭނެ. ޖީލެއް މުސްކުޅިވެ ގުޑާނުލެވޭ ފަހުން.