21 މާޗް 2025 - 14:28
ތިން ގައުމު އެކުވެގެން ބާއްވާ ވޯލްޑް ކަޕް 2026 އަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް ޖަޕާން ވެއްޖެ އެވެ.
މުބާރާތުގެ ހޯސްޓުގެ ގޮތުގައި އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ އަށް ވަނީ މުބާރާތުން އޮޓަމެޓިކު ޖާގައެއް ލިބިފަ އެވެ. ޖަޕާން ވަނީ ކޮލިފައިންގެ ތިންވަނަ ބުރުގައި އެންމެ ފަހުން 2-0 އިން ބަހްރޭން ބަލިކޮށް، ބާކީ ތިން މެޗު އޮއްވައި ޖާގައެއް ޔަގީން ކޮށްފަ އެވެ.
ބަހްރޭން ބަލިކުރި މެޗުގައި ޖަޕާންގެ ގޯލުތައް ޖަހައިދިނީ ކްރިސްޓަލް ޕެލަސްގެ ޑައިޗީ ކަމާޑާ އާއި ރެއާލް ސޮސިއެޑާޑްގެ ޓަކެފޫސާ ކޫބޯ އެވެ.
ވޯލްޑް ކަޕް 2026 ބާއްވަނީ ބަދަލުތަކަކާ އެކު ގިނަ ގައުމުތަކަކަށް ވާދަ ކުރެވޭ ގޮތަކަށެވެ. އެގޮތުން ޖުމްލަ 48 ގައުމު ވާދަ ކުރާއިރު އޭޝިއާ އަށް ޑައިރެކްޓް އަށް ޖާގަ އާއި އިތުރު ޕްލޭއޮފް ޖާގައެއް ވެސް ލިބެ އެވެ. އޭޝިއާ ކޮލިފައިންގެ ތިންވަނަ ބުރުގައި ޓީމުތައް ތިން ގުރޫޕަކަށް ބަހާލާފައި ވާއިރު ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމު ވޯލްޑް ކަޕަށް ކޮލިފައި ވާނެ އެވެ.
ޖަޕާން ވަނީ ވާދަކުރާ ގުރޫޕުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރު ކޮށްގެން 19 ޕޮއިންޓް ހޯދައިފަ އެވެ. އަދި އެއްވަނައިގައި އޮތީ ފައިދާ 22 ގޯލާ އެކު އެވެ. ހަތް މެޗުން 24 ގޯލު ޖަހާފައި ވާއިރު ބައިކޮޅަށް ވަނީ ދެ ގޯލެވެ.
ގުރޫޕް ސީ ގެ ދެވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. އެޓީމަށް 10 ޕޮއިންޓް ލިބިފައި ވާއިރު، ބަހްރޭނާއި ސައުދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާ އާއި ޗައިނާ އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ކޮންމެ ގުރޫޕަކުން ވެސް ތިންވަނަ އަދި ހަތަރުވަނަ ޓީމު ކޮލިފައިންގެ ހަތަރުވަނަ ބުރަށް ހޮވޭނެ އެވެ.
ގުރޫޕް އޭގެ އެއްވަނައިގައި އޮތީ އީރާނެވެ. އީރާނާ އެންމެ ގާތުން ވާދަކުރަނީ އުޒްބަކިސްތާނުގެ އިތުރުން ޔޫއޭއީ އާއި ގަތަރެވެ. ކިރިގިސްތާނާއި އުތުރު ކޮރެއާ އަށް އޮތީ ޑައިރެކްޓް ޖާގައެއް ހޯދުމުގެ ދޮރު ބަންދުވެފަ އެވެ. ގުރޫޕް ބީގެ އެއްވަނައިގައި އޮތީ ދެކުނު ކޮރެއާ އެވެ. ކޮރެއާ ފަހަތުން އެންމެ ގާތުގައި އޮތީ އިރާގެވެ. އިރާގާ އެކު ދެން ވާދަކުރަނީ ޖޯޑަން އާއި އޮމާނެވެ. ކުވެއިތާއި ފަލަސްތީނު ވެސް އޮތީ މި ގުރޫޕްގަ އެވެ.
އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ ޖަޕާން އަންނަނީ 1998 އިން ފެށިގެން މެދުކެނޑުމެއް ނެތި ވޯލްޑް ކަޕުގައި ކުޅެމުންނެވެ. ޖަޕާން ވަނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއެކު ވޯލްޑް ކަޕް ހޯސްޓް ކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް އެ ޓީމު ވަނީ ގަދަ 16 ގައި ހިމެނިފަ އެވެ.
އުތުރު އެމެރިކާ ސަރަހައްދުގައި، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
21 March 2025
"ތިހާ ފަސޭހައިން ކޮލިފައިވީ ދިވެހި ރާއްޖެއާ އެކު ކުޅެން ނުޖެހުނީމަ. އެހެންނޫންނަމަ ޖަޕާނަށް ފަސޭހައެއްނުވީސް ރާއްޖެ ބަލިކުރާކަށް" ދިވެހި ގައުމީ ޓީމުގެ ކޯޗު ޒުޒޭނު.
އޮނަރަބްލް އަފީފު ދީދީ
21 March 2025
ވެރިންބަދަލުކޮށް ނުވަތަ ކިތަންމެވަރަކަށް ތިތަނުގެ އޮފިސަރުން އެއްތަނުން އަނެއްތަނަށް ފޮނުވާ ހެދިކަމަށްވިޔަސް "ބަންގާޅުމީހާއަތުން ފައިސާނެގޭނެ ފުރުސަތު އޮންނަގޮތަށް މަގުފަހިވެފައިވާނަމަ" ދުވަހަކުވެސް ތިކަމެއް ނުހުއްޓުވޭނެ. ބަންގްލަދޭޝް މީހުނަކީ އެޑްވާންސް ވީސާނެތި އިންޑިޔާ، ލަންކާ، ޕާކިސްތާނަށާއި އަފުޤާނިސްތާނަށް ވެސް އެތެރެވުމަށް ހުއްދައޮންނަ ބައެއްނޫން. ބަންގްލާ އޯލްޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އޮންއެރައިވް ވިސާގައި ރާއްޖެ ނާދެވޭގޮތް ހަދާ.
އޭކަން
21 March 2025
އޮނަރޫ.............!!
ދަކްތޫރް
21 March 2025
މަރްހަބާ ޖަޕާނުގެ ލޮބުވެތި ރައްޔިތުން.