03 އެޕްރީލް 2025 - 13:58
ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފަށައިފި އެވެ.
ޓީމޫ އަކީ އެމެރިކާ އާއި ޔޫރަޕްގައި ނަން މަޝްހޫރު އޮންލައިންކޮށް ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމެކެވެ. "ޓީމޫ"އިން ރާއްޖެއަށް ޝިޕިން ތައާރަފްކުރީ މި ސަރަހައްދުގެ ގައުމުތަކަށް އެ ޕްލެޓްފޯމްގެ ހިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
އެ ޕްލެޓްފޯމުގައި ގިނަ އަދަދެއްގެ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ހުރެ އެވެ. އޭގެ ތެރޭގައި އިލެކްޓްރޯނިކްސް އާއި ގެ ޒީނަތްތެރިކުރުމަށް ބޭނުން ކުރާނެ އެކި އުފެއްދުންތަކާއި ހެދުމާއި އެކި އެސަސަރީޒް ހުރެ އެވެ.
ޓީމޫ އަކީ ޔޫސާ ފްރެންޑްލީ އެޕެކެވެ. އެ އެޕުން ފަސޭހައިން އެކި ޕްރޮޑަކްޓްތައް ބްރައުޒްކޮށް އޯޑަރުކޮށް، ފައިސާ ދެއްކޭނެ އެވެ. ޓިމޫ އިން އޯޑަރުކުރާ ތަކެއްޗަށް ފްރީ ޝިޕން ލިބޭނެ އެވެ. އަދި އޯޑަރުކުރާ ތަކެތި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ އެވެ.
ޓީމޫގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގައި ބޭނުންކުރަން ފަށައިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓީމޫގެ ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި ހޯމްޑެލިވަރީ އަދި ކައުންޓާ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ޕެކޭޖުތައް ފޯރުކޮށްދިނުމަށް ޕޯސްޓް އޮފީހުން މަސައްކަތް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ރާއްޖެއަށް ޓީމޫގެ އޮންލައިން މާކެޓްޕްލޭސް ހިދުމަތް ލިބެން ފެށުމަކީ އީ-ކޮމާސްގެ ދާއިރާ ފުޅާކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ޗައިނާ އާއި ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާ ގުޅިގެން އިތުރު އީކޮމާސް ޕްލެޓްފޯމްތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕޯސްޓް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައި ލަވް
06 April 2025
މޯލްޑިވްސް ޕޯސްޓުން ޑިލިވަރކުރަންޏާ ޓީމޫ އިން ވިޔަފާރިކުރަން ހަމަ ހޭވައްލާ ތައްޔާރު. ކާޑު ލިމިޓަށް ސާމާނު ގަނެލަން ހަމަ ހަތަރެސްފައިން އެއްބަސް.
ޓެމޫ
06 April 2025
ރާއްޖޭގެ ކުދި ވިޔަފާރިތައް ފުނޑޭވަގުތު އައިސް ޖުހުނީ. ރާއްޖޭގައި އަންނައުނުގެ ވިޔަފާރި، މޮބައިލް އެކްސެސަރީސް، އިލެކްޓްރޯނިކްސް، ގެއާއި ބަދިގެ ސާމާނު ފަދަ ތަކެތި ވިއްކާ ވިޔަފާރިތަކަށް ޗައިނާގެ އަގުހެޔޮ ސަޕަލަޔަރުންނާ ކޮމްޕީޓެއް ނުކުރެވޭނެ. ދިވެހިންގެ އާންމުދަނީގެ ބޮޑުބައެއް ރާއްޖޭގެ އިކޮނޮމީގެ ތެރޭގައި ދައުރުވުމުގެ ބަދަލުގައި، އެއްވެސް ހުރަހެއްނެތި ޗައިނާއަށް ފޮނުވުމަށް ހުޅުވާލެވޭ ދޮރެއް. ތިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއްނޫން.
އިސްމާލި
06 April 2025
އަލީ އެކްސްޕްރެސް ގެ ޕެކޭޖް ހެންޑްލިން ރެޑްބޮކްސް އަށް ނެގި ފަހުން އެއްޗެއް އޯޑަރު ނުކުރަން ހުއްޓާ މި ލިބުނީ ރަނގަޅު ފުރުސަތެއް. ޕޯސްޓް އޮފީހުން ރަނގަޅަށް ކުރަމުން އައި ކަމެއް މަށަށް ވާނޭ ކިޔާފަ ރެޑް ބޮކްސް އިން ނެގި އިރު އެއްވެސް ވަރަކަށް ނެތް ތައްޔާރުވެފައެއް.
ޑަންޑަހެލުޗ
06 April 2025
ޓެމޫ ސަޅިޔޭ
ރެޑްބޮކްސް ކަމަކުނުދޭ.
04 April 2025
މިތާ ވަރަށް ގިނަ މީހުން ރެޑްބޮކްސް ދިފާއުކޮށްފަ ވާހަކަ ދައްކާ. އަހަރެންމީ ވަރަށް ގިނައިން ބޭރުން އޮންލައިންކޮށް ވިޔަފާރި ކުރާ މީހެއް. ޕޯސްޓް އޮފީހުން އޭރު މުޅިން އެއްޗެހި ލިބޭނީ. މާލެ އައީމަ މާގިނަ ދުވަހެއްނުވެ ލިބޭ. މިފަހަރު ވީގޮތަކީ ޕެކޭޖް ޓްރެކިންގ އިން އެބަ ދައްކާ ފެބްރުއަރީ 28 ގައި ރާއްޖެ އައިކަމަށް. އަތަށް ލިބޭ ގޮތެއް ނުވި. މާޗް 15 ގައި ރެޑްބޮކްސް އިން މެސެޖް އައީ ޕެކޭޖް ބަލާދާން. ދެން އަދި އެތަނަށް ގޮސް އެހާއިރު ކިއުގަ ހުރެގެން މިލިބުނީ.
އަގު ބޮޑު ބޮކުސް
06 April 2025
ފީކަޅާ ބައެއް ރެޑު ބޮކުހަކީ! އަހަރެން ދޫކޮށްލައިފިން އަލީ އެކްސްޕުރެސް، އެންމެ ފަހުން ރެޑު ބޮކުހުން ހެދި ގޮތުން!
raajje
04 April 2025
ރޯދަމަސްފެށުނުތަނާހެން އީބޭ، އަލީއެކުސްޕުރެސް ފަދަ ވެބުސައިޓުތަކުންޖެހި އެތައްއޯޑަރެއް ވެބުސައިޓުގެ ޓުރެކިންގއިންބަލާއިރު މާލެއަށް ރިސީވުވެފައި ހުންނަތާ މަހެއްވެގެންދިޔައީ، ނަމަވެސް ޕޯސްޓުއޮފީހުން މިތަކެތިއަދިވެސް ފޯވަރޑުކުރަންޖެހޭ ތަންތަނަށްނުފޮނުވާ (އަތޮޅުތެރޭގެ ޕޯސްޓުއޮފީސް) މީތަންކޮޅެއްބޮޑުވަރެއްދޯ! ގައުމުތަކުން ރާއްޖެއަށް ތަކެތި އަންނަންމިނަގަނީގިނަވެގެން 15-20 ދުވަސް، ރާއްޖޭގެޕޯސްޓުއޮފީހުން ރައްތަކަށް އެތަކިފޮނުވަން މަސް ދެމަސް ޕޯސްޓުކަޑަ
ޕިންދިރު ކުމާރު
06 April 2025
ލިބޭކަމަށްޓަކާ ޝުކުރު ކުރަން. ކުރިން ވިއްޔާ ވީނުވީ އެއް ނޭނގިގެން އުޅެންޖެހެނީ. ދެން މި އުޅޭ ރެޑޭ ކިޔައިގެން އުޅޭ މީހުންނާ އަޅާކިޔާލިނަމަ އިނގުނީހީ މޯލްޑިވްސް ޕޯސްޓު އަދި ރަނގަޅުކަން.
ސައިނީސް
04 April 2025
ރެޑްބޮކްސް ސިޕިންގް ނަގާފިއްޔާ ޒަމާން ދިޔައީ
ގުދުގުދާބެއްޔާ
04 April 2025
ޓެމޫ ވަރަށް ބެސްޓް! މަ މިހާރު އަލީއެކްސްޕުރެސް ދޫކޮއް ޓެމޫއަށް ހިޖްރަ ކޮއްފިން!
އަގުހެޔޮމުދާ
04 April 2025
އަގުހެޔޮ މުދާ ވިއްކާ ވިޔަފާރިވެރިންނައް ހިފަހައްޓާލެވިދާނެބާ؟ ކުދި ވިޔަފާރިވެރިން އަގުހެޔޮކޮއް ތަކެތި ލިބޭގައުމުތަކުން ގެނެސްގެން ވިއްކާ ތަކެތި އެއައްވުރެމާހެޔޮ އަގުގަ އެހުރީ ޓީމޫއިން ލިބެން. ހިލޭ ގެނެސްދެނީ. ދުނިޔޭގެ އެހެން ގައުމުތަކައް ކުރުމުއްދަތެއްގަ އެމީހުންމުދާފޯރުކޮއްދޭ ރާއްޖޭގަވެސް އެފެންވަރައް ހިދުމަތްދެވޭނަމަ ވަރައް ގިނަ މީހުން އެތަނުން ވިޔަފާރިކުރާނީ. މާލޭގެ ބައެއް ސުޕަރމާކެޓްތަކުގަ އެހުރީ އެފެންވަރުގެ ތަކެތި އެއައްވުރެ ބޮޑުއަގުގަ.
ހެވެއްނުވާނެ
04 April 2025
ދެން ފެންނާނީ ވިޔަފާރިވެރިން ސަރުކާރަށް ޕްރެޝަަރު ކޮށްގެން ތިކަން ހުއްޓުވަން މަސައްކަތް ކުރާތަން. ކޮންމެސް ކަހަލަ އުނދަގުލެއް ކުރާނެ. އަހަރެމެން ހަނދާން އެބަހުރި އެއަރޓެލް ޑިޝްތައް ބެހެއްޓީމަ، މީޑިއާނެޓުން ނޫސްކޮންފަރެން ބާއްވާ ސަރުކާރަށް ނުފޫޒު ފޯރުވައިގެން އެކަމަށް ޖެއްސި އުނދަގޫ.
ދުމައިން
04 April 2025
އަދިވެސް މިކަހަލަ ފާޑު ފާޑުގެ ޕްލެޓްފޯމުތައް އިޝްތިހާރުކޮށްފަ ބަހައްޓާ.. ޑޮލަރު ތިޔާގިވެ އިގުތިސާދުވަނީ މެކުހަށްޖަހާފަ! ތި ކުރަން އޮތް އެންމެ ރަނގަޅުކަމަކީ.