"ޣައްޒާއާ އެކު" ހަރަކާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ އިލްމްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު
10 އެޕްރީލް 2025 - 11:30
ރާއްޖޭގެ ގިނަ އިލްމްވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ފަލަސްތީނުގެ ޢައްޒާގެ ހައްގުގައި އަޑު އުފުލަން ސައިކަލް ރެލީއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
އިލްމުވެރިން އިސްނަގައިގެން "ޣައްޒާއާ އެކު" ނަމުގައި ފެށި ހަރަކާތްތަކުގެ ތެރެއިން ސައިކަލް ރެލީ ފަށަން ހަމަޖައްސާފައި ވަނީ މާލޭގެ ރަސްފަންނު ސަރަހައްދުން މާދަމާ ހަވީރު 4:15 ގަ އެވެ. ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ފަހު، ރެލީ ނިންމާލަން އޮތީ ވެސް ރަސްފަންނުގައި ހާއްސަ ދުއާއަކުންނެވެ.
އިލްމްވެރިންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްމުވެރިން ވިދާޅުވީ ޣައްޒާގެ ހައްގުގައި ވީއެންމެ ބޮޑަކަށް އަޑުއުފުލަން ޖެހޭ ކަމަށާއި އެއީ ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ލިބި، އަދާވަތްތެރިން ބަލިކަށިވާނެ ކަމެއް ކަމަށެވެ. އަދި ޣައްޒާގައި ހިންގާ ކަންކަން އާންމު ކަމަކަށް ހަދަން މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ވެސް އަޑު އުފުލައި، އެކަމަށް ހުރަސްއަޅަން ޖެހޭ ކަމަށް އިލްމްވެރިން ވިދާޅުވި އެވެ.
އިލްމްވެރިންނާއި ޖަމިއްޔާތައް ގުޅިގެން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމުގެ މަސައްކަތްތައް ވެސް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.
ޣައްޒާއަށް ވެރިވަގުތުމުގެ ކަންކަން އިޒްރޭލުން ކުރިއަށް ގެންދާއިރު އިއްޔެ ވެސް ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދީފައިވެ އެވެ. އަދި އާންމުން އުޅޭ ގެޔަކަށް ހަމަލާދީ 23 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންދާއިރު ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ޣައްޒާ އިތުރަށް ކުޑަކޮށްލައި އެކަހެރިކަން ބޮޑުކުރާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭއިލް ކާޓްޒް އިއްޔެ ވަނީ ބުނެފަ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ބުނެފައި މިވަނީ 2.4 މިލިއަން މީހުން އުޅޭ ޣައްޒާއަށް އިޒްރޭލުން އަލުން ހަމަލާތައް ފެށުމާ އެކު އެތައް ހާސް ބަޔަކު މަގުމަތިވެ އަދި ހައިހޫނުކަން އާންމުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
مالديفي
10 April 2025
ހުޅަނގުން ހުޅަނގު ފަލްސަފާ ކިޔަވައިގެން އިސްލާމަފޯބިކް ވެގެން އިނގިރޭސިއެމެރިކާލޯކިޔަވައިގެން ލީވާސަސްލީ ކިޔަން އެނގުނީމާ ދީނީއިލްމުވެރިންނަށް މަލާމަތްކުރެވޭ ފެންވަރަށް އަދި މީހާދިޔައީއެއްނުން. މީގެ ކުރިން އިސްރާއީލް ޕާސްޕޯޓް މަނާނުކުރީ ކީއްވެތަ އިޒްރާއީލްފަލަސްތީނުގެ މައްސަލައަކީ މިސަރުކާރުއައިފަހުން އައިކަމެއްނޫން، މިހާރުސަރުކާރުން އެކަން ނުކުރަނީ ދީނީ އިލްމުވެރިންގެ މައްސަލައަކުންނެއްނޫން. އެއީ ސަރުކާރުގެ ކަމެއް. ސަރުކާރަށް ދަންނަވާ!
ކަނޑޫމާ
11 April 2025
ޢިލްމުވެރިންނަށްވެސް ސަރުކާރަށް ދަންނަވަން ނުކެރުނު
مالديفي
10 April 2025
ދީނީ އިލްމުވެރިޔަކަށް ވަނީ ދީން ރަނގަޅަށް އުނގެނުނީމާ. އެތާ އެތިއްބެވި އލްމުވެރިންނަކީ ދީން އުނގެނިގެން ތިބި މަތީ ފާސް ނަގައިގެން ތިއްބެވި ބޭފުޅުން. ސޯ ޑޯންޓް އަންޑައެސްޓިމޭޓް ދެމް. މީ ސައްތައިންސައްތަ މުސްލިމުގައުމެއް. ކިތަށްމީހުންނަށްތޯ މިސްކިތުގައި އިމާމުވެ ނަމާދުކުރަންއެނގެނީ، މީހަކު ހިނަވާކަފުންކޮށް ކަށުނަމާދުކުރަންއެނގެނީ، ކުޑަމިނުން އަންމާފޮތް ހިތުން ދަސްވާނީވެސް މަދުބަޔަކު،މީއާންމުކޮށް މުސްލިމެއްވެއްޖެއްޔާ ކުރަންއެނގެންޖެހޭބޭސިކްކަންތައް.
ހަސަނު
10 April 2025
މިތާ އަހަރުން ތިބެ އެކޮޅުކޮޅުން ޖެހިއަސް ކެހެރުވަކެކޭވެސް ހިތަށް ނާރާނެ...
ރަތުލޮއިން
10 April 2025
އިލްމުވެރިންނޭ މިކިޔަނީ ތުބުޅި ފޫޓަކަށް ދިގުވީމަތަ؟ އިލްމްވެރިއަކަށް ވަނީ އެންމެ ދާއިރާއެއްގެ ބަޔެއްތަ؟
ހޯރަބެ
10 April 2025
ފަލަސްތިނު ހަގުރާމަޔަށް 2 އަހަރު ވާން ކާއިރިވީމަތަ އިލުމްވެރިންނަށް ތި ރޭކާލީ? އިޒްލް ފާސްފޯޓް މަނާކުރަށް ސަރުކާރަށް ނުގޮވާލީ ކީއްވެ?
ކަންމަތީ ބްރޯ
10 April 2025
ސަރުކާރަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން އެބަ ބުނޭ އިޒްރާއިލްގެ ޕާސްޕޯޓް މަނާ ކޮށްގެން ޤާޒާގެ ރައްޔިތުންނަށް ވާނީ ކޮން ފައިދާއެހެއްޔެވެ. ސުވާލަކީ އެހެންވީއިރު ރެލީއެއް ބާއްވައިގެން ވަނީ ވަކި ކޮންފައިދާއެއް ހެއްޔެވެ؟ -ޖަވާބު ވަރަށް ސާފު، ދެކަމުންވެސް ދައްކައިދެނީ އިޒްރާއިލްގެ އަމަލުތަކާ ދިވެހިން ދެކޮޅުކަން އަދި ޕާސްޕޯޓް މަނާކޮށްފި ނަމަ އެދެވެނީ އިޒްރާއީލްގެ ދައުލަތް ދިވެހި ސަރުކާރުން ގަބޫލު ނުކުރާ ކަމުގެ ވަރުގަދަ ރައްދެއް. އެމީހުނަށް އަސަރުކުރާނެ.
ކޮވެލި
10 April 2025
ޢިލްމު ވެރިންނަކީ ވަކި ބައެއް. ކިޔަވައިގެން ދެން ތިބޭ މީހުންނަކީ ކޮން ބައެއް؟ އަމިއްލަ ޢިލްމުވެރިންނޭ ކިޔައިގެން އުޅޭ ބަޔަކު މިނޫނީ ނުދެކެން
ކަންއޮތްގޮތް
10 April 2025
ކަލޭމެންގެ ނުފޫޒުގަ މިގައުމާ އަދި އެހެންވެސް ކަލޭމެންކަހަލަ މީހުންގެ ބަސް އަހައިގެން އުޅޭގައުމުތަށް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ފަހަތަށްކަން މީ ފެންނާއޮތް ހަގީގަތެއް
ރާވެރިބެ
10 April 2025
މިފޮޓޯގަ މިތިބީތޯ ރާއްޖޭގަ މިހާރު ތިބި އިލްމު ވެރިންނަކީ؟ އެހެން ވެއްޖިއްޔާ މިގައުމުގެ ދީނީ ތައުލީމް ކުރި އެރުވުމުގެ ކުރިމަގު ފެންނަނީ ފުސްކޮށް. ސޮރީ މީ މަގޭ ޚިޔާލް.
ކޮސް
10 April 2025
ތިޔަފަދަ މުޒާހަރާކުރުމުގެ ބަދަލުގައި ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފަންޑު ރައިޒު ކުރުން މާ ބުއދިވެރި.ސަބަބަކީ މުޒާހަރާ ކުރަން ނިކުންނަ މީހުންގެ ހެދުން އެޅުމާއި ލިޔުންތަކަކީ ދިވެހިން ޒަމާނުއްސުރެ ގެންގުޅޭ ޘަގާފަތާއި ބީރައްޓެހި ގޮތްތަކަކަށްވާތީ. ރާއްޖެ މުޅިދުނިޔެއަށް ފެންނަ ގޮތް ކިލަނބުވާތީ. މުޒާހަރާކުރިއަސް ވާނެ ފައިދާއެއްނެތީމަ. ފަހަރުގަ ގެއްލުންވެސް ވެދާނެތީ..
ފޮސް
10 April 2025
ދެން ކަލޭ ތިބުނީ ކަސަބުން ބޯވަޅު ޖަރީކުރި ހެދުން ލައިގެން ނާށިގަނޑު ހިފައިގެން ދުވާށޭ ތަ؟ ރާއްޖޭގެ މީހުން އަޅައިގެން ތިބޭނީ އިސްލާމީ ރިވެތި ފޭރާން. ކޮންމެ ބަޔަކަށް ފެނުނަސް ނަން ކިތަންމެ ކިލަނބުވިޔަސް ހެޔޮ. ބިރުވެތިވާން ޖެހެނީ އެމެރިކާ އަށް އިސްރާއީލަށް، އިނގިރޭސީންނަކަށް ނޫން. ކޮސް ނުގޮވާ