މި ދިރާސާގައި ބުނެފައި ވަނީ މޮޓޯސައިކަލާއި ކާރާއި އެހެނިހެން ވައްތަރުގެ ވެހިކަލްތައް ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ވެހިކަލް ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 ކަމަށް.
މާލެ ބޮޑުތަކުރުފާނު މަގުން ގިނަ އަދަދެއްގެ މޮޓޯސައިކަލު ދަތުރުކުރަނީ: މާލެ ސަރަހައްދުގައި އެންމެ ގިނައިން ދުއްވަނީ މޮޓޯސައިކަލް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 އެޕްރީލް 2025 - 11:58
މާލެ ސަރަހައްދުގައި ދުއްވާ ލައްކައަކަށް ވުރެ ގިނަ ވެހިކަލްގެ ތެރެއިން 92 ޕަސެންޓަކީ މޮޓޯސައިކަލު ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މިއީ، މާލޭ ސިޓީ ކައުންސިލުން މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމަށާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ކުރިން، މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ހާލަތު ބެލުމަށް އެ ކައުންސިލުން އައިޔޫއެމްއާ ހަވާލުކޮށްގެން ކުރި ދިރާސާއެކެވެ.
އައިޔޫއެމް އިން ކުރި ދިރާސާގެ ރިޕޯޓް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މި ވަގުތު ދުއްވާ ވެހިކަލްތަކުގެ ޖުމްލަ އަދަދަކީ 119،472 އެވެ. އޭގެ ތެރެއިން 103،300 ވެހިކަލަކީ މޮޓޯސައިކަލެވެ. އެއީ މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ 92.7 ޕަސެންޓެވެ.
ބާކީ 7.3 ޕަސެންޓަކީ ކާރާއި އެހެން ވައްތަރުގެ ވެހިކަލްތަކެެވެ. މާލެ ސަރަހައްދުގައި މި ވަގުތު 7،505 ކާރު ދުއްވަ އެވެ.
މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ ތެރޭގައި އެންމެ ގިނައީ މޮޓޯސައިކަލާއި ކާރު ކަމަށް ވާތީ، ވެހިކަލްގެ މައްސަލަ ހައްލުކުރުމުގައި މި ދެ ވައްތަރުގެ ވެހިކަލަށް އަމާޒުކޮށް، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގަިއ ހާއްސަ ފިޔަވަޅު އެޅުމަށް މި ދިރާސާގައި ސިޓީ ކައުންސިލަށް ލަފާދީފައިވެ އެވެ.
މާލެ ބޮޑުތަކުރުފާނު މަގުން ގިނަ އަދަދެއްގެ މޮޓޯސައިކަލު ދަތުރުކުރަނީ: މާލެ ސަރަހައްދުގައި އެންމެ ގިނައިން ދުއްވަނީ މޮޓޯސައިކަލް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރަހައްދުގެ މަގުތަކަށް ބާރުބޮޑުވުން ކުޑަކުރުމަށާއި ޕާކިންގެ މައްސަލަ ހައްލުކުރުމަށް އަދި ވައި ތަޣައްޔަރުވުން ކުޑަކުރުމަށް މި ދެ ވައްތަރުގެ ވެހިކަލް މަދުކުރުން އަވަސްކުރުމަށް ލަފާދީފައިވެ އެވެ. އަދި މި ދެ ވައްތަރުގެ ވެހިކަލް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕާކިން ފީއެއް ނަގަން ފަށަން ވެސް ލަފާ ދީފައިވެ އެވެ.
މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވާ ސަބަބުތައް ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ މާ ބޮޑަށް އިތުރުވުން
• ބޭނުންކޮށްފައި ހުންނަ ވެހިކަލް ރާއްޖެއަށް އިމްޕޯޓްކުރާ ވަރު އިތުރުވުން
• ފަސޭހައިން ވެހިކަލް ނެގޭނެ ފައިނޭންސިން ސްކީމްތައް ހުރުން
• ރޯޑްވާދިނެސްގެ ކަންކަން މޮނިޓާނުކުރެވުން
• ހަމައެއްލަމައެއް ނެތި މަގުތައް މަތީގައި ވެހިކަލް ޕާކްކުރެވޭނެ ގޮތަށް އޮތުން
• ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުން
މާލެ ސަރަހައްދުގެ މަގުތަކުގެ އަދަދާއި މަގުތަކުގެ ފުޅާމިނާއި ޕާކިން ޖާގަ ހުރި އަދަދާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މި ސަރަހައްދުގައި ބޭނުންކުރެވޭނެ މޮޓޯސައިކަލާއި ކާރުގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 51،904 ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެ ދިރާސާގައި ބުނެފައި ވަނީ މޮޓޯސައިކަލާއި ކާރާއި އެހެނިހެން ވައްތަރުގެ ވެހިކަލްތައް ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ވެހިކަލް ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
10 April 2025
މާބޮޑު ދިރާސާއެއް ނުކުރިއަސް ހުރިހާ ދުއްޕާނެއްގެ އަސްލު އެބަ އެނގޭ. އެއީ ބައިތުލްމާލު ރަށަށް ފުނިޖަހައިގެން ރަށަށްނުކަތާވަރަށް މީހުން ގިނަވުން. މީހުންގެ އަދަދު ކަނޑައަޅަން ނުކެރެނީ ކޮޓަރިކުލީ ވިޔަފާރިއާހެދި. ރަށުގައި ދުއްވާ ވެހިކަލުގެ އަދަދާއި ކިއްލިތަޅާމީހުންގެ އަދަދު ބެލޭއިރު ކޮޓަރިކުލީ ވިޔަފާރީގެ ކޮޅެއްމެދެއް އެނގޭނެ ހިސާބެއް އެބައޮތްތޯ އަދާއިހަމައަށްވެސް.
ޅލލލލޣހހހނޖޖޖ
10 April 2025
ޓެކްސީ ނުލިބޭތީ ސައިކަލު ދުއްވަން ޖެހެނީ އިނގިއްޖެ؟
ގްޑްބައި
10 April 2025
އެތެރެފުށު ކުނިވެފައި ބޭރުފުށުން ސިންގަޕޯރ ހެދިގެން އުޅޭގައުމެއްގައި މިހެންދޯ ކަންތައް ހުންނާނީ.
ރިޕަބްލިކް އޮފް ކަންފަސޭހަ
10 April 2025
މީ އާދަޔާ ޚިލާފުގައުމެއް. ސައިކަލްގެ ރޯޑުވާދިނަސް ނަގަންވެއްޖެއްޔާ ޖެހެނީ ސައިކަލްގެ ޖަރިސްޓްރީ އެކަނި އެތަނަކަށް ވައިބާކޮށްލަން އޭރުން ނިމުނީ އިރުކޮޅަކުން ސްޓިކާލިބޭނެ. އެސައިކަލެއް ވުޖޫދުގައި ހުރިތޯ، ކޮންހާލެއްގައިތޯ ހުރީ މީ ބަލާ އެއްޗެއްނުން. މީގައުމުގެ ކަންކަން ހަރުދަނާ ވެފައިހުރި މިންވަރު.
ގަނޑިއަ
10 April 2025
މިޕޮއިންޓްވެސް އިންނަންޖެހޭނެ. ހައްދުން ނެއްޓޭވަރަށް އަންހެން ބޭކަނބަލުން ލައިސަންނެގުން. ބައެއްކުދިން ވަރަށް ނުފަރިތަ، ލައިސަން ނެގީ ކިހިނެތްބާވައޭވެސް ހިތައްއަރާ!.
ދޮންދީ
10 April 2025
ސައިކަލުގެ ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށްފަ އަލުން ރަޖިސްޓްރީ ވުމަށް ވަކި ޙާއްސަ ޕޯޓަލްއެއް ހުޅުވާލާ. ޕޯޓަލް މެދުވެރިކޮށް ލައިސަންސް އޮންނަ ކޮންމެ މީހަކަށް ގިނަވެގެން 1 ސައިކަލު ރަޖިސްޓްރީކުރެވޭގޮތް ހަދާނީ. ގިނަ ސައިކަލު ހުރި ނަމަ އެެހެން ރަށަކަށް ފޮނުވާ ވިއްކާލާ. ޕޯޓްލްއިން ޖެނެރޭޓްކުރާ ކިއުއާރުކޯޑު ސްޓިކާ ސައިކަލުގައި ފެންނަ ގޮތައް ތައްކުރާނީ. ސްޓިކާނެތް އެއްޗެހި ފުލުހުންގެ އައިޕެޑުން/ފޯނުން ރަޖިސްޓްރީ ވެރިފައިކޮށްފައި ނައްތާލަން ގެންދާނީ.
މުލޭ
10 April 2025
މާލޭގެ މަގުތައް ތޮއްޖެހެނީ ވައްކަމާއި ކޮރަޕްޝަނާއި ރިޝްވަތުގެ ތެރެއިން ގަވާއިދާއި އުސޫލުތަކާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލްތަކުގެ ސަބަބުން. ހަތަރު ފުރޮޅުލީ ކޮންމެ ވެހިކަލަކީ ގަރާޖަކަށް ރަޖިސްޓްރީ ކޮށްދީފައި އޮންނަ ވެހިކަލެއް. އެ ވެހިކަލްތައް މަގުމަތީގައި ޕާކްކުރާ ސަބަބު ބަލައި ރަޖިސްޓްރީކޮށްދިން ގަރާޖު މިހާރު ނެތްނަމަ ވެހިކަލް ރަޖިސްޓްރީ ބާޠިލުކުރަންވީ. އަދި އަލަށް ރަޖިސްޓްރީކުރާ ސައިކަލުވެސް ގަރާޖަކަށް ކޮށްދޭންވީ.
ގިނަވާނެ
10 April 2025
ސައިކަލު ގިނަވާނެތާ އާއިލާގެ ކޮންމެ މީހެއްގެ އަތުގައި ސައިކަލެއް ހުންނަނަމަ.
ސަސި
10 April 2025
ތިޔަ ދިރާސާ ކުރީމަ އެކަން އެނގޭވަރު މިވީ. ޝުކުރިއްޔާ
ދަލޭކަ ދައިތަ
10 April 2025
އެންމެ ފަހު ޕޮއިންޓް އެއީ ހަގީގީ މައްސަލަ. އެކަމަކާހުރެ މިހާވަރަށް ސައިކަލު އިތުރުވީ. ނުރައްކާތެރި އެކްސިޑެންޓްތަށް ހިގާއިރު އެކަމާބިރުން ދަތުރު ދުޢާ ކިޔަމުން ތުންތަޅުވަމުންވެސް މިޖެހެނީ ސްކޫޕީއަކަށް އަރަން.