ހދ. ހިރިނައިދޫ--
30 އެޕްރީލް 2025 - 20:40
ހދ. ނެއްލައިދޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް، އެ ރަށް ކައިރި އޮންނަ ހިރިނައިދުއަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހިރިނައިދޫ ކަނޑައަޅައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނާ ދިމާކޮށް ފެބްރުއަރީ މަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
ރައީސް އޮފީހުން ބުނީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހިރިނައިދޫ މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.
"ހިރިނައިދޫ" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސްގެ ގަރާރު ނަންބަރު 2/2025 [ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން] ގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އެ އަތޮޅުގެ "ނެއްލައިދޫ" ގެ ބައެއްގެ ގޮތުގައި ވަނީ އިތުރު ކޮށްފައި،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވަނީ އެ ރަށް ދިނުމުން ނެއްލައިދޫގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ. އޭގެ ސަބަބުން ޓޫރިޒަމް ފުޅާކުރުމަށް އިތުރު ދޮރުތައް ހުޅުވާނެ ކަމަށް ވެސް އޭރު އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސްވައިއެސްއެސް
01 May 2025
ނެއްލައިދޫ ރައްޔިތުންނައް ލިބުނު ރަންބިސްއަޅާ އަވަށެއްކަމައް ބަލައި އެއަވައް އަވަހައް ތަރައްގީ ކުރުމާއިގެން ކުރިއައްދާން ފެނޭ. 1 . ދިވެހިންގެ އަތްތެރި މަސައްކަތުން ރީތި ބިނާއެއް އެޅުން 2 . ދުނިޔޭގެ ފެންވަރުގެ ކުޑަ ލައިބްރަރީ އެއް ދިވެހިވަންތަ ކަންފެންނަން ހުރުން 3 . ސައިލެންޓް މޫޑެއްގައި ހިތްފަސޭހަ ކަމާއެކު ޗުއްޓީ ހޭދަކޮއްލުން 4 . ކުޑަ ހަރަދަކުން ނެއްލައިދޫ ރައްޔިތުންނައް ހިރިނައިދޫއަވަށުން ކައިރިމުސްތަގުބަލެއްގައި ފަސެހަތަކެއް ލިބުން.
ޑރ ވާންޗޯ
01 May 2025
ނެއްލައިދޫ ހިރިނައިދޫ ބްރިޖް އަންނަނީ ކޮންއިރަކުންތޯ؟.
ކަތްދައްތަ
01 May 2025
ބުރިޖެއްނޫން ބޭނުމީ ޓަނަލެއް ބިއްލޫރި ޓަނަލެއް