ޚަބަރު

މި "ޕްރިންސް" ގެ ވާހަކަ

އަލްޝަލަން ރައީސް އޮފީހުގައި މެހުމާނުންގެ ފޮތުގައި ލިޔުއްވަނީ.

07 މެއި 2025 - 21:16

36 comments

ރާއްޖޭގެ މުޅި އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ، މާލީ ޒޯނެއް ގާއިމުކުރަން ކުއްލި ގޮތަކަށް ބޭއްވި ކުލަގަދަ ހަފުލާއާ އެކު މުޅި ގައުމު ސިއްސުވައިލި އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ވުރެ ބޮޑު މަޝްރޫއެއްގެ އިތުރުން މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ބިޔަ މަޝްރޫއަކަށް ވާތީ އެވެ. މުޅި މަޝްރޫއުގެ އަގު 8.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ އިންވެސްޓުމަންޓު ކާމިޔާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ އިގުތިސާދަށް އޭގެ ނަފާވެރިކަން ލިބޭނެ ކަން ޔަގީނެވެ. އަބަދު ބުރަ ބޮޑުވެ ހިންދެމި ނުލެވިގެން އުޅޭ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ސަރުކާރާ އެކު އޮތީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުންޏެއްކަން އެނގުމަކީ ދިވެހިންނަށް ލިބުނު އިތުރު ޔަގީން ކަމެކެވެ. އޭގެ ފަހަތުން، މި މަޝްރޫއުގައި ބައިވެރިވާކަމުގެ ލިޔުންތައް ފުލުފުލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް އަރުވަމުން ގެންދެވީ ވެސް ހަމަ އެފަދަ ހައިސިއްޔަތު ތިއްބެވި ބޭފުޅުންނެވެ. ޔޫއޭއީގެ ހަތް ދާއިރާގެ ތެރެއިން އެއް ދާއިރާގެ ވެރިޔާގެ ނައިބެވެ. ސައުދީ އަރަބިއްޔާގެ ޕްރިންސެއް ވެސް މެ އެވެ. ހަމަ މުއްސަނދި އަރަބި ގައުމުތަކުގެ ޝާހީ އާއިލާގެ ބޭފުޅުން މި ތަސައްވުރުގެ ފަހަތަށް އަރައިވަޑައިގެންނެވި މަންޒަރު ފެނިފައިވާ އުއްމީދު އާ ވި އެވެ.

އެކަމަކު، އޭގެ ތެރެއިން ސައުދީގެ "ޕްރިންސް" އާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ވަގުތުން ފެށިގެން އެހެން ވާހަކަތަކެއް ސޯޝަލް މީޑިއާ އާއި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާގައި ވަނީ ދައްކަން ފަށައިފަ އެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

އެ ހަފުލާ އަށް ފަހު، ވިދިގެން އައި ދުވަހު، އެ މަޝްރޫއުގެ ބައިވެރިން ވަނީ ވަކިވަކިން ރައީސް މުއިއްޒާ ރަސްމީކޮށް، ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައުދީ ޕްރިންސް "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން" ވެސް ހިމެނިވަޑައިގެންނެވި އެވެ.

"ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާ އިން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ،" އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައިވެ އެވެ.

މިހާރު ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ބައްދަލުކުރެއްވީ ހަގީގަތުގައި ވެސް ސައުދީ ޝާހީ އާއިލާ އާ ގުޅުން ހުރި "ޕްރިންސް" އަކާތޯ ސުވާލު އުފައްދައި އެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.

ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ މައުލޫމާތެއް ލިބޭތޯ އެންމެ އާދައިގެ ގޫގުލް ސާޗެއް ކޮށްލައިގެން މާ ގިނަ ތަފްސީލެއް ނުފެނެ އެވެ.

ފެންނަނީ އޭނާ އިނގިރޭސި ވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ޕިކްނިކް ވެންޗާސް ނަމަކަށް ކިޔާ ކުންފުންޏަކާ ބެހޭ މައުލޫމާތެވެ. އެކަމަކު އޭނާ 2019 ގައި އުފެއްދި ކުންފުނީގެ ޑިރެކްޓަރުކަމުން 2020 ވަނަ އިސްތިއުފާ ދެއްވާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ކުންފުނިތަކުގެ މައުލޫމާތު ހިމަނާ ރަސްމީ ސައިޓުގައި ބުނެފައިވެ އެވެ. އެގްނެސް ކިޔާ ކުންފުންޏެއްގެ ފައުންޑަރުގެ ގޮތުގައި ކްލޭ ސައިޓުގައި އޭނާގެ މައުލޫމާތު އެބަހުއްޓެވެ. އޭގައިވާ ގޮތުން ނަމަ، އޭނާ އަކީ އެންޖެލް އިންވެސްޓަރެއްގެ އިތުރުން އިންވެސްޓްމަންޓު އެޑްވައިޒަރެއް ވެސް މެ އެވެ.

އަލްޝަލަން އާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، އެ ސައިޓުގައި ހުރި މައުލޫމާތުތަކުން އެންމެ ބޮޑަށް އަޅައިގަތީ، އޭގައި އިން ޒާތެއްގެ އިންޒާރެކެވެ. ނަން އެއްގޮތަސް، "ޕްރިންސް ފަހަދް އަލް ސައުދު" އާ އޮޅުވައި ނުލުމަށް އެ ސައިޓުގައި ބުނެފައި އޮތް އިބާރާތްކޮޅެވެ.

ސައުދީގެ ޝާހީ "ސައުދު" އާއިލާ އެއް ނޫން

ދިވެހި ސަރުކާރުގެ އެތެރޭގެ އެކި މަސްދަރުތަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، "ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އަކީ ސައުދީގެ ރަސްގެފާނު ސަލްމާން ނިސްބަތްވެޑައިގަންނަވާ "ސައުދު" އާއިލާގެ ސީދާ ބޭފުޅެއް ނޫނެވެ. އަލްޝަލަން އަކީ، އެނގިފައިވާ ގޮތުގައި، ސައުދު އާއިލާގެ އަންހެން ބޭކަނބަލަކަށް ލިބިވަޑައިގެންފައިވާ ދަރިކަލެކެވެ. އަލްޝަލަންގެ މަންމަ ގުޅެނީ ސައުދީގެ ރަސްގެފާނު ސަލްމާންގެ އެއްބަނޑުއެއްބަފާ ބޭބެއެއްގެ އަންހެންދަރިކަނބަލަކާ އެވެ.

އެހެންކަމުން "ޕްރިންސް" ގެ ލަގަބުން މުހާތަބު ކުރިޔަސް، ރަސްކަމަށް އާދެވުމުގެ ފުރުސަތު ނޯންނާނެތީ އަލްޝަލަން އަށް "ހިޒް ރޯޔަލް ހައިނެސް" ނުކިޔޭނެ ކަމަށް އެ މަސްދަރުތަކުން ބުންޏެވެ.

"ހަގީގަތުގައި ޖަހަން ޖެނޭނީ ހިޒް ހައިނެސް. ރޯޔަލް ހައިނެސްގެ ނަމުން މުހާތަބު ކުރެވުނީމާ ގޯސްވީ،" ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސްއާ އަލްޝަލަން ބައްދަލުކުރެއްވި ޚަބަރު، ދެން އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ އާންމު އުސޫލުގެ ދަށުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ސޯޝަލް މީޑިޔާގައި ރީޕޯސްޓުކޮށްފައި ނެތުމުންނެވެ. ނަމަވެސް، އަލްޝަލަން ރާއްޖެ އަށް ވަޑައިގަތީ، ރަސްމީ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ އަމިއްލަ ވިޔަފާރީގެ ތެރެއިން ކުރެއްވި ދަތުރެއް ކަމުން، ސައުދީ އެމްބަސީން އެކަން ނުކުރި ސަބަބުކަމަށް ބުނާ ބުނުމަށް ބާރު ލިބެ އެވެ.

އަލްޝަލަން އަކީ ކޮން ބޭފުޅެއްތޯ ސާފުކޮށްދޭން ސައުދީ އެމްބަސީން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑުފެތުރިފައިވިޔަސް، އަދި މިހާތަނަށް އެފަދަ އެދުމެއް ރަސްމީކޮށް އެދިފައިވާ ނުވާ ކަން އެނގިފައިވެ އެވެ.

"އެ ބޭފުޅުން އަމިއްލަ ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖެ ވަޑައިގަތީ. މިއީ ސީދާ ސައޫދީ ސަރުކާރާ ގުޅުމެއް ހުރި ޕްރޮޖެކްޓުތަކަކަށް ނުވާތީ ރާއްޖެ އަށް އެރި އޮޅުމަކަށް ސައޫދީ އެމްބަސީން ރަސްމީކޮށް އެއްޗެއް ނުބުނާނެ. ސައޫދީ ސަރުކާރާ ގުޅުން އޮތް ކަމެއް ނަމަ އެމްބަސީން ކޮންމެވެސް އެއްޗެއް ބުނާނެ،" ހާރިޖީ ދާއިރާގެ ތަޖުރިބާރަކު ވިދާޅުވި އެވެ.

އަލްޝަލަން އާ މެދު އުފައްދަމުންދާ ސުވާލުތަކުގެ ތެރެއިން، މިހާރު އެންމެ ބާރަށް އިވެމުންދާ އަޑަކީ، އޭނާ އަކީ ސްކޭމަރެއް ކަމަށެވެ.

ނަމަވެސް، އަލްޝަލަން އަކީ "ސްކޭމަރެކޭ" ބުނާ ބުނުމަށް ބާރު ލިބޭނެ އިތުރު މައުލޫމާތެއް ލިބެން ނެތުމުން ސީދާ އެހެން ބުނަން ދައްޗެވެ. ސަބަބަކީ، ސައުދީގެ ބިޔަ ޝާހީ އާއިލާގައި 4،000 އެއްހާ ޕްރިންސުން އުޅޭތީ އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންގެ މައުލޫމާތުތައް އިންޓަނެޓް މެދުވެރިކޮށް ލިބެން ނުހުންނާތީ އެވެ.

އަލްޝަލަންއަކީ ހަގީގަތުގައި ވެސް ސްކޭމަރެއް ނޫނަސް، އެއްބަޔަކު ގަބޫލުކުރާ އެއް ކަމަކީ، ޝައްކުތައް ހުރި ބޭފުޅަކު ގައުމެއްގެ ވެރިއަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމުންނެވެ.

ހާއްސަކޮށް އަމިއްލަ ހައިސިއްޔަތުން ވަޑައިގެން ހުންނެވި، ސައުދީ ސަރުކާރުގެ މަގާމެއްގައި ނެތް ބޭފުޅަކާ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާ ގުޅޭގޮތުން ރައީސާ އެކު މަޝްވަރާ ކުރުމުގެ ޖާގަ ލިބުމުންނެވެ.

ދިވެހި ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ނުބުނާތީ ކަން ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް އަދިއެއް ނޭނގެ އެވެ.

މިއީ ދިވެހި ހާރިޖިއްޔާގެ ވެސް ވަރަށް ބޮޑު ވެއްޓުމެއް ކަމަށް އެއްބަޔަކު ބުންޏަސް، މިކަން ހިނގާފައިވަނީ އިންވެސްޓަރުންތަކެއް ރާއްޖެ ގެނައުމުގެ ތެރޭގައި، އާންމު ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކުގެ ބޭރުން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އިސްކޮށް އޮވެގެން ކަން އެނގިފައިވެ އެވެ.

މިކަމުގައި އެއް ބަޔަކު ސަރުކާރަށް މަލާމަތް ކުރަމުންދާއިރު، އަނެއް ބަޔަކަށް މިއީ މުޅި ނިޒާމާ މެދު ސުވާލު އުފެދޭ، އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވަނީ ވެފަ އެވެ. އަލްޝަލަން އަކީ ސްކޭމަރެއް ނަމަ ރައީސް އާ ހަމައަށް އޭނާއަށް ދެވުމަކީ، ޖޯކަކަށް ހަދައިގެން ދެއްކޭ ވަރަށް ވުރެ، ސީދާ ގައުމީ ސަލާމަތާ ގުޅުން ހުރި ސީރިއަސް މައްސަލައެކެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

އެހެނަސް، މިއީ ސަރުކާރުން ނުކުމެ މިކަން ސާފުކޮށްދޭން ވަރުގެ ކަމެކެވެ. އާންމު ޕްރޮޓޮކޯލް މިންގަނޑުގެ ބޭރުން، އަތުން ކައްސާލައި ގޯހެއް ހެދިފައި އޮތް ނަމަ ބުނުން އެންމެ ރަނގަޅެވެ.

ސަބަބަކީ، މި ސަރުކާރުގެ އިންގިލާބީ މަޝްރޫއުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަމުންދާތީ އެވެ. އެއާ އެކީގައި، މި މަޝްރޫއުގައި ސަރުކާރާ ބައިވެރިވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާއިފް ބިން އީދް އަލް ތާނީ އަކީ ވެސް "ސްކޭމަރެއް"ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ދެކެވުމުންދާތީ އެވެ.

އަލްޝަލަންގެ އަސްލު ޔަގީން ނުވިޔަސް، އަލް ތާނީ އަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަން ޔަގީން ކުރެވޭއިރު، ސަރުކާރުން "ހަނު އޮވެގެން" އެ ބޭފުޅާ އާއި ސަރުކާރުގެ މި ފްރީ މަޝްރޫއު އާ މެދު ސުވާލު އުފެދި ހިޔަނި އެޅުމުގެ އިތުރުން، ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ގުޅުމަށް ވެސް ގެއްލުންވާނެތީ އެވެ.

36 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 82%
icon wow icon wow 3%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކޮއި

08 May 2025

މިވަރުގެސަރުކާރެއް ދެކެދެކެވެސް ނުދެކެން. ގަމާރީތަ؟ ނޭނގެނީތަ؟ ރޯނުފިލަނީތަ؟ ދުނިޔޭގެ އާއްޖަފާއްޖު ނޭނގެނީތަ؟ ނޫނީ ދިވެހިންނަށް މަކަރާއި އޮޅުވާލުމާއި ކެހިދިނުމުގެ ސިޔާސަތެއް ގެންގުޅެނީތަ؟ މިއިން ކޮންމެ ކަމެއްނަމަވެސް ބުނެވޭނީ ތީ ދެން ބޮޑުވަރެކޭ. އަރިހުގައި ތަނެއްދޮރެއް އެނގޭ އެކަކުވެސް ނެތްތާނގައި އެމީހުން ބުނާކޮންމެ އެއްޗަކަށް ބޯލަނބުމުގެކުރިން އަމިއްލައަށްވެސް ބަލަންއެބަޖެހޭ. އަރިހުގައި ތާކުންތާކުޖެހޭބައެއްނެތްކަން އެބައެނގޭ. ކުރުސީ އަށްޝުކުރު

The name is already taken The name is available. Register?

ދިއްދޫމީހާ

08 May 2025

މިފަހަރު ޕްރިންސް ވަންނާނެ ތާރީހުގެ ތެރެއަ އެއީ ޅެމުން ފަރުވާ ކުރާ ފުރަތަމަ ބައިވެރިއަކަށް ވާނީ ޕްރިންސް..

The name is already taken The name is available. Register?

އަދުޏީލް

08 May 2025

ރަނގަޅަށް ޖެހިއްޖެ . ލާރިއޭ ބުނާއިރަށް ދެލޯ ބޮޑުވީމަ ވާނީވެސް މިހެން

The name is already taken The name is available. Register?

މޫސަބޭ

08 May 2025

ޗަރުގަދަ ބޮނޑިއެއް ބޮއެފޭ މިކަން ނިމޭނޫ...

The name is already taken The name is available. Register?

ދިއްދޫމީހާ

08 May 2025

ބުރުނީ 4މީހަކު ރިޔަލް ދޯނީގައި ހައްޖަށް ދާންވެގެން ނުކުތީ ރަށު ރައްޔިތުންނާ ދެކޮޅަށް ހަފްތާއެ ވަންދެން ކަނޑުމަތީގައި ދުއްވާފަ އައިސްވަނީ ބުރުނީ ފަޅުތެރެއަ އެއިރު އެމީހުން ތިބީ އިހްރާމް ބަނދެގެން އެމީހުން ވަހާކަ ދައްކަމުން ގެންދިޔައީ ފާޑެއްގެ ބަހަކުން އެމީހުން ހިތުން އެއީ އަރަބި ބަސް ރަށުމީހުން އެއްވެގެން އެމީހުންނާ ވާހަކަ ދައްކަންތިބާ އެރަށުގައި އަރަބިބަސް ދަންނަ މީހަކު މިއަހަނީ ކައިފަހާލް ޔާހަރާމީ ވަގުތުން އެތަނުން އެކަކު މިބުނަނީ މޫސައެއީ

The name is already taken The name is available. Register?

ބެށްޔާ

08 May 2025

ޕުރިން ހައިނަސް އައީ އިއްތިހާދު އެއާލައިނުނއ. ޖެޓެއްވެސއ ނޯވޭތަ

The name is already taken The name is available. Register?

ޗޫޤީ

08 May 2025

މިޒާތުގެ ކަންކަމަކީ ދެވަނަ ދައުރެއް ލިބޭތޯ ޖަހާ ޗައްކަރުތަކެވެ. މިއިން އެއްވެސް ކަމަކީ އޭގެޒާތުގައި އަމަލުން ކޮއްފައި ދެއްކޭވަރުގެ ކަންކަމެއްނޫނެވެ. ދެން ރިޔާސީ އިންތިޚާބަށް ހަނދުބަލާއިރު ރައްޔިތުން ގާތު ބުނެވޭނެއޭ ތިމަންމެން ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދީ މިހިރަ މިހިރަ ބޮޑެތި މަޝްރޫޢުތައް ނިންމަން ފުރުސަތު ދޭށެވެ. މިސަރުކާރުން އަދި ހަމަ ދައްކަނީ ނަނާ ހުވަފެނެވެ. ބިއްލޫރި ޓަނަލްގެ ވާހަކަ ދެއްކިއިރު ހީވީ ރޭލުގައި އިނދެ ޓަނަލްތެރޭ ދަތުރުކުރެވުނު ހެން.

The name is already taken The name is available. Register?

ޖޖޖޖ

08 May 2025

ދިވެހިންނަކީ ހަމަ ރޯނު އެދުރުން. ޙަސަން ކުރުސީ ދަ ފްލޯކް ޔުނިވަރސިޓީން ގުރެޖުއޭޓުވެފަ ތިބެނީ. ހިތުން މާމޮޅުބަޔަކަށްވެގެން ތެޅި ބާލާ ފަގީރު ނިކަމެތި ތަންދޮރު ނުދަންނަ ޖާހިލުބައެއްކަން އަމިއްލަ ނަފުސު ގަބޫލުކުރަނީ ފ.އިންވެސްޓްމަންޓް ގެއްލުނު ހަނދާން އާވެ ލޮލުން ކަރުނައަޅާ ފ.އަތޮޅު މީހުންނަށްވީ ވަރުގެ ބައެއް.

The name is already taken The name is available. Register?

ގަބޅ

08 May 2025

މީގަ މި ބުނަނީ ކާކުގެ ވާހަކައެއް؟

The name is already taken The name is available. Register?

‫ނާޑުވާ

08 May 2025

ފ‫ާފު އަތޮޅު އެހެން ބައެއްގެ މިލްކުވެރިކަމަށް ދޫކޮށްލާ އެހެން ދައުލަތެއްގެ ބާރުގެ ދަށަށް ގޮސް އެމީހުން އެހެން ރައްތަކަށް ހިޖުރަކުރަން މަޖުބޫރު ނުވިކަމަށްޓަކާ ފާފު އަތޮޅު މީހުން މިއަދު ޝުކުރުވެރިވޭ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރަށް ވެރިކަން ލިބުނީމަ ވާގޮތް!

08 May 2025

ރައްޔިތުން ޅޮސް އުނދޯލީގައި! ލޮލް

The name is already taken The name is available. Register?

މައިނަސް ޕްރިންސް

08 May 2025

މައްސަލައަކީ ޖުއްބާއެއްލާފައި ފަގުނޑި އަޅާފައި މިއީ ޕްރިންސްއެކޭ ބުނީމާ ޤައުމެއްގެ ވެރިން އެމީހަކަށްގޮސް ހުސްވީމަ.. އެމީހުންވެސް އެނބުރި ރަށަށްގޮސް އަމިއްލައަށްވެސް ތިކަމާ ޖޯކްޖަހާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454