ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މާރިޔާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
14 މެއި 2025 - 12:37
ސިޔާސަތަކީ ވާލާއި ކާޅު ފަދަ ދޫނިސޫފާސޫފި ނުމަރައި އެއާ އެކު، އުޅެން ދަސްކޮށްދިނުން ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ވާލާއި ކާޅުގެ އުނދަގޫ ވާ ކަމަށް ބުނެ އާންމު ރައްޔިތަކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވަނީ އެ ތަކެތި މަރަން ބޭނުން ނުވާ ކަމަށާއި އެއާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ދީދީ ވަނީ ކާޅަކީ އައްޑޫގައި ދިރިއުޅޭ ހިމާޔަތް ކޮށްފައިވާ ދޮންދީނިތަކަށް ހުރި ނުރައްކަލެއް ކަން ފާހަގަކޮށް، އައްޑޫ ރައްޔިތުންނަށް ވެސް އޮތީ ކާޅާއި ވާލާ އެކު އުޅުންތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ކާޅާއި ވާލާއެކީގައި އުޅެން އަޅުގަނޑުމެން ހަގީގަތުގައި ވެސް ދަސްކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދޫނިސޫފާސޫފީގެ ސަބަބުން އާންމުންނަށް އުނދަގުލަކަށް ވެފައިވަނީ އެ ތަކެތި ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުވުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން ކާޅާއި ވާލު ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ގަސްދު ކުރަނީ ދޫނި ސޫފާ ސޫފި މަރައިގެން އެ މައްސަލަ ހައްލު ކުރާކަށް ނޫން. ނައްތާލައިގެން ހައްލު ކުރާކަށް ނޫން. އެއާ އެކީގައި އުޅެން، އެ އަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރަން،" މާރިޔާ ވިދާޅުވި އެވެ.
އެއާ އެކު އުޅެން ދަސްކުރުމަށް އޮތް އެންމެ މުހިންމު އެއް ކަމަކީ ގިނައިން ގަސް އިންދުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އައްޑޫގައި ދޮންދީނި ހިމާޔަތް ކުރުމަށް މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެކަމަށް އެންވައިރަމެންޓް މިނިސްޓްރީ އާއި އީޕީއޭއާ މަޝްވަރާކޮށް މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކަން ހައްލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޅު އަންމަ
15 May 2025
ފޮތުން އެކަނި ކިޔެވީމަ ވާނީ ތިހެން. ހިލްމެއް ނުހުންނާނެ.
އަދި ދަސްނުވާ ފިލާވަޅެއް؟
15 May 2025
އޫރާ ކުއްތާވެސް އަދި ހިޔަޅުވެސް ތި ލިސްޓަށް އިތުރު ކޮށްލިނަމަ. ހުޅަނގުން އަހަރެމެނަށް ދީން ދަސްކޮށްދޭން އަންނަ ކުދިން ދެއްތޮ؟
ބުޅާމުއިއްޒު
15 May 2025
އެއްކޮޅުން އިކޯސިސްޓަމު ޕްރެވެންޓުކޮށް ދިރޭތަކެތި އެސޮރުމެންދިރިއުޅޭ ޤުދުރަތީ ހެބިޓެޓުގަ އަމިއްލައަށްއުޅުނަދޭށޭކިޔާފަ އަނެއްކޮޅުން ބުޅާތަކަށް އަމިއްލައަށް އުޅޭކަށްނޭންގޭނެއޭކިޔާފަ އަގުބޮޑުކޮށް ކެޕްޓިވްގަ ގެންގުޅުނީމަ އެންމެފުރިހަމަކޮށް އިކޯސިސްޓަމް ރައްކާތެރިކޮށްދެވޭނީ..
ކަޑަ
14 May 2025
ދިވެހިންގެ ގިނަ މީހުންނަކީ ކަންކަން ވާނުވާ ބަލާ ފިކުރުކޮށް ދިރާސާ ކޮށްއުޅޭ ބައެއް ނޫން. ކާޅަކީ ވެސް މި ރާއްޖެއަށް މުހިންމު ދޫންޏެއް. ކާޅު މެރުމުން ބަނބުކެޔޮ އާލާނުވާކަން އެއީ ޙަޤީޤަތް. ވާލަކީވެސް އޭގެ ސަބަބުން މޭވާގަސްތައް އެތަންމިތާގައި ހެދި ފޯދޭ އެއްޗެއް. ވެށީގެ ފުރިހަމަކަން އަންނަނީ އެކި ވައްތަރުގެ (އޭގެ ތެރޭގައި އުނދަގޫދޭ) ދޫނިތަކާއި އަދި ވަރަށްގިނަ ދިރުންތައް އެކުލެވި ލާމެހިގެން. އިންސާނާ އެއަށް ބަލަންޖެހޭނީ ހިތްހަމަޖެހޭފަދަ ނަޒަރުން.
ޏާއްކޮ
14 May 2025
ކަލޯ ތިހެން ބުނާ މީހަކު ގޯސްވާނީ.. އިކޯ ސިސްޓަމް ކިޔަވާ ސްކޫލުގަ އެކަމު އެއީ ކޯއްޗެއްކަން އެނގޭ މީހަކު ވާކަމަކަށް ނުވޭ. ކާޅާއި ވާލަށް ވުރެ އިންސާނީ އަމަލުތަކުން ދޮންދޫންޏަށް ކުރާ އަސަރު މާ ގޯސްވާނެ
ދެނޯ
14 May 2025
ބަނބުކެޔޮލެއް ހަރުވާއިރަށް ވާލުގެ އުނދަގޫ ޖެހިފަ އޮންނަނީ..
ބަނާނާ
15 May 2025
ތި ބޭޅާއަށް ނޭގުނީ. ސ.އަތޮޅުގައި ޒަމާނުއްސުރެ ނެތް ކާޅުތަކެއް އާލާވެގެން އުޅޭ ވާހަކަ މިދެކެވެނީ. ސ.އަތޮޅުގައި އޭރުވެސް ބަނބުކެޔޮ ބައިވަރު ލިބެން ހުރޭ. ކާޅެއް ނޫޅޭ. އެއެއްމިއެއް ނޭގި ކޮމެންޓްކުރެވޭތޯ ބަލާތި.
ގަރީނު
15 May 2025
ތިޔައީ ފޯއްމުލަކުން ކާޅު މެރީމާ ބަނބުކެޔޮ ގަސްތައް ހަލާކުވީޔޭ ކިޔައިގެން ފެތުރުނު ވާހަކައެއް. އެ ބަސްތަކަށް އަސްލު ވީގޮތް އޮޅުނީ ތޯޗެ. ނާފަހެ ކާޅެއް ނޫޅޭ މާލެއަކު. އެކަމަކު މާލޭގައި ބަނބުކެޔޮ ހުއްޓާ އަހަރެމެން ދުށިން. އައްޑުއަކު ވެސް ކުރިން ކާޅެއް ނޫޅޭ. އެކަމަކު އައްޑޫ ބަނބުކެޔޮ މާ އޮލަ. ކާޅާ ވާލު އުޅެން އެއޮތީ ރާއްޖޭގެ ފަޅުރަށްތައް. ރިސޯޓު ނަހަދައި ހެބިޓެޓް ހަދަން ބޭއްވީމަ ނިމުނީނުން.
ނަނަނަ
14 May 2025
މިހާރުވެސް ތީގެ ވަރަށް ގިނަ އެއްޗެއްސާ އެކީ މިއުޅެވެނީ.. ޓީވީންވެސް ފެންނާނެ ވަރަށް ގިނައިން..
އައިމީނާ
14 May 2025
ކާޅަށް ހެޔޮކޮށް ހިތައިގެން ވީ ފައިދާއެއް މި ވީހާތަނަކަށް ފެނިފައެއްވެސް އަޑުއިވިފައެއްވެސް ނެތް.
ޏާއްކޮ
14 May 2025
އެއީ ބޭފުޅާއަށް ފައިދާއެއް ކުރަން ޖެހޭ އެއްޗެއް ނޫން. އޭތި ވެސް ލައްވާފަ ވަނީ ބޭނުމަކު. އިކޯ ސިސްޓަމްގަ އޭގެ ދައުރުން ނައްތާލައިފިއްޔާ ގެއްލުންވާނީ ހަމަ އަހަރުމެންނަަށް
ގޮނުއަނގަ
14 May 2025
މީ ކޮންވައްތަރެއްގެ ޖަނަވާރު ކަމެއްގެ ވިސްމުނެއްތަ. ކަމަނާ ތިޔަވިދާޅުވާ ކަހަލަ އެކުވެރިކަމެއް އަހަރެމެންނަށް ދަސްކޮށްދޭނީ ކާކު. ގަހުގާ އަޅާ އަނބު ޖަނބުރޯލު ކޮޅު ކައިފައި ނުކެވި ހުންނަބައި ގަހުގައި ވަކިއަޅުވައިގެން ބިންމައްޗަށް ބޭލީމާ ލަގޮނޑި ފުންމައިގެން އަންނަވަރުވޭ. މަގުމަތިންފޭރޭމީހުންނާ ވަގުންނާ އެކު އުފަލުގައި އުޅެން ދަސްކުރަން މާރަމާ އިހުސާނު ގޮވާލީމާ އެގޮތްވެސް ބަލައިގަނެގެން ތިބެންވީތޯ. މިނިސްޓަރުން ތިބީ ތިޔަ އެކުވެރިކަން ދަސްވެފައި.
ރާއްޖެތެރޭ ދަނޑުވރިޔާ
14 May 2025
މާލެދާ ކޮންމެ ދަތުރެއްގަ 500 ވަރަކަށް ކާޅު މާލެ ގެންގޮސް ދޫކޮއްލުމަށް އެބަވިސްނަން. މާލެއަކީ ކާޅާ ވާ އުޅެން އެންމެ ރަނަގަޅު އެއްމާހައުލު. މާލޭ މީހުންނަށް ކާންދޭން ހައްދާ ތަރުކާރީއާއި މޭވާ ކާޅާ ވާ ކައި ހަލާކުކުރުމަށްވުރެ މާލެތެރެއަށް އެދޫކޮއްފަ ބޭތިއްބުމުން ޔަގީނުންވެސް އަހަރުމެން ބުރަ މަސައްކަތުން މިހައްދާ ތަރުކާރީކޮޅާއި މޭވާކޮޅު ސަލާމަތްކުރެވިދާނެ
އަހަރެމެން އުޅޭވޭތޯ މިބަލަނީ؟
14 May 2025
މިޔަރާ ވެންވެސް ހަމަ ތިގޮތަށް !!! އަދި ޔަހޫދީންވެސް !!
މަސްމީރު ސިއްތި
14 May 2025
މާލޭގަ ދިރިއުޅުއްވާ ރައްޔިތުންނަށް ބުޅަލާއެކު އުޅެން ދަސްކޮއްދެއްވާފަ ބުޅާ ފެސިލިޓީއައް ކުރާ ބޭކާރު ހަރަދު ހުއްޓާލަދެއްވާ.