16 މެއި 2025 - 21:40
އިންޑިއާއާ ވާދަކޮށް ސެމީ ފައިނަލުގައި 3-0 އިން ބަލިވެ، މި އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ނިމިއްޖެ އެވެ.
އިންޑިއާގެ ޔޫޕިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ބޯ ވާރޭ ތެރޭގައި މިރޭ ކުޅުނު މި މެޗުގައި އިންޑިއާ ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ފަހު ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅެވެ.
އިންޑިއާ ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު ވަނީ މުހިއްމު ސޭވްތަކެއް ވެސް ކޮށްފަ އެވެ. އަދި ޒުވާން ދިވެހި ޓީމުގެ ޑިފެންސުގައި ވެސް ކުޅުންތެރިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
ގިނަ ގޮންޖެހުންތަކާ އެކު މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޒުވާން ޓީމު މި އަހަރުގެ ސެމީއަށް ރާއްޖެ ދިޔައީ ގުރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ޕޮއިންޓެއް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ބަންގްލަދޭޝްއާ ދެކޮޅަށް ފަހު ހާފުގައިނއެއްވަރު ކުރި ިރު، ދެވަނަ މެޗުގައި ބޫޓާން އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ ކެޓެގަރީގައި ރާއްޖޭން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު 18 އަހަރުންދަށުގެ އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ރާއްޖެ ވާދަ ކުރި އެވެ. ސެމީގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ތިންވަނަ ހޮވި މެޗުގައި ބޫޓާން ބަލިކޮށްގެން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެއަށް ފަހު 2023 ވަނަ އަހަރު 16 އަހަރުން ދަށުގެ ކެޓެގަރީގެ ސެމީގައި ވެސް ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނލްގައި އިންޑިއާ ވާދަ ކުރާނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝް ވަނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި، 2-1 އިމް ނޭޕާލް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު ޕާސް އެކަނި ކޮށްގެންވެސް ވާކަމެއް.
18 May 2025
ނެތް އެއްޗެއް ނުނެރެވޭނެ، ޕްރެޝަރުގަ، ފެންވަރުގަ ބޯޅަ ހޯލްޑްކޮށް ޑްރިބްލް ނުކުރެވޭނަމަ ކުރާނެ ކަމެއް ނޯންނާނެ. ފުޓްބޯޅައިގަ.
ކިންގްސިން
17 May 2025
އުއްމީދޭ ހުޅުކޮޅޭ ކިޔަކިޔަ ތިއްބާ ހުލިވެގެން މިދަނީ.
އުއްމީދުގެ އަލިކަން
17 May 2025
ބޭފުޅުންނޭ އުއްމީދު ދޫކޮށްނުލާ. އުއްމީދެއް އޮތިއްޔާ ދިރުމެއް އޮންނާނެ. ދިރުމެއް އޮތިއްޔާ އުއްމީދެއް އޮންނާނެ. ރާއްޖޭގެ ޒުވާން ޓީމަކީ ރަނގަޅު ތަމްރީމާ ތަޖުރިބާ ހޯދަދީފިނަމަ ސަރަހައްދުގެ ޓީމުތައް ބަލި ނުކުރެވޭނެ ޓީމެއްނޫން. ތިހެން ނާއުއްމީދުވެ ފަހަތަށް އެނބުރި ޓީމަށްވެސް ދިވެހި ފުޓުބޯޅައަށް ވެސް ލިބޭނީ މާޔޫސްކަމާ ނާއުއްމީދު...
ާއަލިމޯޑު
17 May 2025
އަހަރެން ފުޓްބޯޅަ ބަލަންފެށީ 1999ގަ.އޭރު ސާފް މުބާރާތް ވެސް ޓީވީން ބަލަން.އޭރު އަބަދުވެސް އިންޑިޔާއާ ޖެހިއްޖެޔާ ބަލިވާނެ.ގިނަފަހަރު ސެމީގަ ޖެހޭނީ އިންޑިޔާއާ. އޭރު ރާއްޖެއަށްވުރެ ގަދަ ވާނީ އިންޑިއާ އާ ބަންގާޅު. ސްރީލަންކާ ،ނޭޕާލް،ޕާކިސްތާން ކައިރިން ފަސޭހަކޮށް ރާއްޖެ މޮޅުވާނެ. އަދި ބޫޓާނު އަތުން ބޮޑު ތަފާތަކުން މޮޅުވާނެ. އެކަމަކު ފުޓްބޯޅަ އަޑިއަޅަމުން ގޮސް މިހާރު ޔަގީން ކަމާއެކު ބޫޓާން ނޫނީ ލަންކާ އަތުން ވެސް ރާއްޖެ މޮޅު ވާނެއެކޭ ނުބުނެވޭނެ.
ލަމަޓާ
17 May 2025
ކިތައްމެ މަތި އޮމާން ކުރަން އުޅުނަސް ހަމަ ވާނީ މުބާރަތަކަށްގޮސް އެއްވެސް މެޗަކުން މޮޅުނުވެ ކަޓައިގެން އައީ ކަމަށް. މޮޅު ސުރުހީ ޖަހައިގެން ބޫޓާން ބަންގާޅާ ކުޅެ އެއްވަރު ވުމަކީ އުންމީދު ކަމަށް ކިޔައިދޭނ އުޅޭނެ ކަމެއްނެތް. އަދި މިޔަދު އެއްނޫން އަހަރެމެން ދިވެހި ފުޓުބޯޅަ ބަލަން ފެށީ. ޒުވާންޓީމެއް މުބާރާތަކަށްގޮސް ކަޓައިގެން އަންނަ ކޮންމެ ފަހަރަކު އުންމީދޭ ފާފަޅޮލޭ ކިޔަކިޔަ ތިއްބާ ފުޓުބޯޅަ ހަލާކުވަނިމި.
ޓޫޓީ
17 May 2025
ބޫޓާން ލެވެލް
ޕެޓްރިކްޗިކާޔާ
17 May 2025
ރާއްޖޭގައި ފުޓްބޯޅައިން ކަންތައްތަކުގައި ބައިވެރިވާނެކަމެއްނެތެވެ.ފަސާދަހިންގާ މުބާރާތެއް އޮތިއްޔާ ދާންވީއެވެ.
39324142
17 May 2025
އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު އުއްމީދު! ދިވެހިންނަކީ މަޖާބައެއް!
ޒުވާން ޓީމުތަކަށް ޢަހަންމިއްޔަތުކަން ދީ
17 May 2025
ކުރި މަސައްކަތް ބަލައިގަންނަން. ހަަގީގަތަކީ ބޫޓަނާ ކުޅެ އެއްވަރުވުމުން ފުދޭ ހިސާބަށް ގޮއްސި. ބަަންގާޅާ ކުޅެ އެއްވަރުވުން އެއީ ސަރަހައްދީ ބާރަކާ ކުޅެ އެއްވަރުވުން ފަދަ ކަމަކަށް ރާއްޖެއަށް ވެއްޖެ. ޒަމާނެއް ދުށިން ބޫޓާނާ ބަންގާޅުގެ ފުޓްބޯޅަ ހާލަތު ރައްޖެއަށް ވުރެ މާފަހަތުގަ އޮތް. ކަންކަން ބަދަލުވެ މީހުންގެ ވިސްނުމަށް އައި ބަދަލުން ހައިރާންވޭ. މީޑިއާތަކުން އުއްމީދޭ ކިޔާއިރު ޒުވާން ޓީމުތަކުން މިހެން އުއްމީދު ހޯދާދޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ
ދުރުމި
16 May 2025
ބިރުކަނޑާލާފައި މިޑްފީލްޑް ތެރެއިން ކުޅެން ދަސްނުވާހާ ދުވަހަކު އަބަދުވެސް ތިބެން ޖެހޭނީ ތިޔަ އުއްމީދެއްގައި. އިންޑިޔާ ޓީމުގައިވެސް ތަފާތު މޮޅު ކުޅުންތެރިއެއް ނެތް. އެމީހުންގެ ތަފާތަކަށްވީ ބޯޅަ ގެއްލުނީމަ އަވަހަށް ބޯޅަ ހޯދައިގެން ބިލްޑްއަޕް ގޭމެއް ކުޅެން އެގުން . ޓޯޓަލް ފުޓުބޯޅައިގައި ބޫޓަންވެސް ރާއްޖެއަށް ވުރެ މޮޅު . ދިވެހިން އަބަދު ޑިފެންސް ކޮށްފައި ލޯންގް ބޯލް ކުޅެގެން ތިކަމެއް ނުވާނެ