މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ" -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 މެއި 2025 - 11:43
ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ އެނިމަލް ކެއާ ފެސިލިޓީ (އޮޅުހިޔާ) އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަން ދިރޭތަކެއްޗާބެހޭ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
މިދިޔަ އަންގާރަދުވަހު ކުރި އިއުލާނުގައި ވަނީ އެ މިނިސްޓްރީއާ ގުޅިގެން އެތަން ހިންގައި ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދިފަ އެވެ.
މިނިސްޓްރީން ވަނީ އޮޅުހިޔާއަށް ވެޓިނަރީ އެސިސްޓެންޓެއް ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން އެ ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް އެ ފެސިލިޓީ ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.
ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެ ތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
22 May 2025
އޮޅުހިޔާ ސިޓީކައުންސިލުން ފަޅޮލޭ ކަރައޭ ކިޔާފައަތުލީ ތިޔަތަންވެސް ދެކޮޅަށް ބައިއަޅައިގެން ހިންގާ ބޮޑުވިޔަފާރިއަކަށް ހެދޭތޯތަ؟.
70007
22 May 2025
ތިމާއަށް ނުކަތާވަރުގެ ވައުދު ނުވުން ކިހިނެތްވާނެތޯ. މިދައްކަނީ މާލޭގައި އުޅޭ އެތަށް ބަޔަކަށް ބުޅަލުގެ އުނދަގޫވާވާހަކަ. އެތަށް މިތާނަޖިސް
ކޮވެލި
22 May 2025
ބުޅަލާ ބެހޭ އިދާރާ އެއް އުފައްދާ އެތަނަށް ބޯޑަކާ ސީއީއޯ އެއް ހަމަޖައްސާފައި މުއައްޒަފުން ލާފައި ހެދީމަ ތިކަން ހަމަ ޖެހިދާނެ.
އެނދިމަރިޔަނބު
22 May 2025
ޖެން-ޒީ ގެ ކެޓަހޮލިކެއް ނެތްތަ ތިކަންކުރާނެ؟
އަހާލީ
22 May 2025
އޮޅުހިޔާ ހިންގުމުގެ ގާބިލުކަން މިސަރުކާރުގައި ނެތީތޯ؟
ޒީނި
22 May 2025
އަދިވެސް ވާނެ މަށައްވާނޭ ކިޔާފަ ތަންތަން އަތުލަން. މެޑަލް ޖަހަން ކުރިކަމަކުން ވަނީ ހަމަށް ދަތް.
ގޮއްޔެ
22 May 2025
މަޖްލީހުގައި ތިބޭނެ ވަރަށް ޙާލުގައި އުޅޭ ކުދިން. އެކުދިންގެ އަތްމަތި ތަންކޮޅެއް ތަނަވަސްކޮށްދޭން ސަރުކާރުންވެސް ނިކަން ބޭނުންވާނެ. ނަމެއްގައި އިޢުލާނުކުރިއަސް އެމީހުންގެ މުށުތެރެއިން ތިޔަކަމެއް ދޫވިޔަކަނުދޭނެކަން ކަށަވަރު. ސަރުކާރުން އިއުލާންކުރާ ހުރިހާ ޕްރޮޖެކްޓެއްވެސް އެމީހުންނަށް. ރައްޔިތުންގެ ފައިސާއިން މުޅިޢުމުރަށް ކައިގެން ބޮއިގެން އުޅެމުންއަންނަ ކުދިންގެ ޙާލަތަކީ މީ
މަގުތަކުގައި ހިނގޭ ވަރެއް ނޫނޭ.
22 May 2025
މި ޖެހުނީ ކަންތަކާ. ޕްރޮޕޯސަލް ހުށަހަޅަން އެއް މަސް. ޕްރޮޕޯސަލްތައް ބަލަން އެއް މަސް. އަލުން އިއުލާނު ކުރަން އެއް މަސް. އަނެއްކާ ޕްރޮޕޯޒަލް ބަލަން އެއް މަސް. ކޮންޓްރެކްޓްގައި ސޮއިކުރަން އެއްމަސް. މަަސައްކަތް ފަށަން 6 މަސް. މަސައްކަތް ނުފަށާ ކަމަށް ބުނެ އެހެން ޕާރޓީއަކާ ހަވާލުކުރަން އެއް އަހަރު. މާލޭ ހުރިހާ މަގުތަކުގައި އުޅޭ ހުރިހާ ބުޅަލެއް މަރުވާއިރުވެސް ތިޔަ އޮޅުހިޔާއެއް ހިންގޭ ވަރެއް ނުވާނެ.
އައި އެމް މީ
22 May 2025
ހާސް ނުވޭ ސަރުކާރަށް ބަލަދު އަރާފަ ހުންނަ ކޮންމެވެސް މީހަކަށް 100 މިލިޔަނަށް ތިޔަތަން ހަވާލުކޮއްލާނެ ފެންފޮދަކާވެސްނުލާ.
ހުއްޓުވާ!!!
22 May 2025
ސިޓީ ކައުންސިލުން ހެދި ތަނެއް އެމީހުން ހިންގަން އުޅެނިކޮށް ދަކުތަރު މާރިޔާގެ މިނިސްޓުރީ އިން ނަގާ އެތައް ސިޔާސީން ނެއް ތިބޭއިރު އަނެއްކާ އައުޓްސޯސް ކުރަން އުޅުމަކީ ކޮރަޕްޝަން.
ބ ހުސޭނު
22 May 2025
މި ސަރުކާރުގެ އިސްމީހަކަށްދީ، އަންހެނުންގެ ނަމުގަ ކުންފުނި ހެދީމަ ރަގަޅުވާނެ. ބަޖެޓުން ލާރިކޮޅެއް ކައްވާލެވޭނެ.
ފެކްޓްް
22 May 2025
އާޒިމް ތިކަން ކޮށްފާނެހެން ހީވީމާ، ތެޅިގަނެގެން މިނިސްޓްރީއަށް ނެގީ. ތާހިރު ވެއްޖެނުން. ދެންތިބޭ ވާނުވާގަ. އަނެއްކާވެސް އާޒިމް އާއި ޙަވާލުކުރާ ކަހަލަނުން. މިނިސްޓްރީން ފުރަތަމަ އެންމެންނާ ގުޅިގެން އުޅެންދަސްކޮށްބަލަ. ވެދުން.
ޒީދި
22 May 2025
ބުޅަލާ އެއްކޮއް އޭގެ ނަޖިހާވެސް އެއްކޮއް އުޅެން ދަސްކޮއްބަލަ