22 މެއި 2025 - 15:01
އައިކެއާއިން މިއަދު ފާހަގަކުރާ 22 ވަނަ އަހަރީ ދުވަހާ ގުޅުވައި ހާއްސަ އޮފާތަކެއް ހިމެނޭ ބޮޑު ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.
އެ ޕްރޮމޯޝަންގައި ދެ ދުވަހުގެ މުއްދަތަށް އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން 22 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި އޮފާގެ ދަށުން މާދަމާގެ ނިޔަލަށް ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބޭނެ އެވެ.
އައިކެއާއިން ވިއްކާ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައިކެއާއިން އަހަރީ ދުވަހަށް ލޯންޗުކުރި ޕްރޮމޯޝަންގެ ދަށުން ހޮނިހިރު ދުވަހުން ފެށިގެން ކަނޑައަޅާ ވަކި ފްރޭމްތަކެއް 490ރ. އަށް ލިބެން ހުންނާނެ އެވެ. އެ ފްރޭމްތަކުގެ ތެރޭގައި ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑިޒައިންތަކާއި ބްރޭންޑުތައް ހިމެނޭނެ ކަމަށް އައިކެއާއިން ބުންޏެވެ. މި އޮފާ ކުރިއަށް ދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.
އައިކެއާގެ އަހަރީ ދުވަހުގެ ޕްރޮމޯޝަނުގައި 3000ރ. އަށް ވުރެ އަގުބޮޑު ފްރޭމްތަކަށް 1500ރ. ގެ ޑިސްކައުންޓު ދޭ އޮފާއެއް ވެސް ހިމެނެ އެވެ. މިއީ ވެސް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ އޮފާއެކެވެ.
އައިކެއާ އޮޕްޓިކަލްސްގެ މާލެ އައުޓްލެޓުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ޕްރޮމޯޝަންގެ ދަށުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހަކު "ސަނީ ސަޓަޑޭސް - ސްޕެޝަލް އެޑިޝަން" އޮފާ ލިބޭނެ އެވެ. އެ އޮފާގެ ދަށުން އައިކެއާއިން ކަނޑައަޅާ ވަކި އަވިއައިނުތަކެއް 990ރ. އަށް ލިބޭނެ އެވެ.
އައިކެއާއިން ރޭބަން، ކުއިކްސިލްވާ، މައިކަލްކޯސް ފަދަ މަގުބޫލު ބްރޭންޑުތަކުގެ އަވިއައިނާއި ފްރޭމް ހުރެ އެވެ.
އައިކެއާ އޮޕްޓިކަލްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ އާއި ހިދުމަތްތައް ދެމުންދާ ކުންފުންޏެކެވެ. ލޮލުގެ ބަލިތަކަށް ހާއްސަ ދެ ހޮސްޕިޓަލާއި 10 އޮޕްޓިކަލް ޝޯރޫމް އެ ކުންފުނީގައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy