23 މެއި 2025 - 19:23
އެމްޔޫ ސްޓޯރުން ކުރިއަށް ގެންދިޔަ "އިންޑޯމިލްކް ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހެޅި 100،000ރ. ލިބުނު ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހުން އޭޕްރިލް މަހުގެ ނިޔަލަށް އެމްޔޫ ސްޓޯރުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި މި ފައިސާ ލިބުނީ ޝަހުމީނާ މުހައްމަދަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އިންޑޯމިލްކް ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނަކީ ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު އިނާމުތަކުގެ ގޮތުގައި 50 ސްކޭޓް ބޯޑާއި ސްކޫޓަރު އަދި 100 ގިފްޓް ވައުޗަރު ވެސް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
އެމްޔޫ ސްޓޯރުން ބުނީ މިއީ އިންޑޯމިލްކަށް އާންމުންގެ ތެރޭގައި އޮތް ލޯތްބަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ޕްރޮމޯޝަނުގެ ސަބަބުން އެ ލޯބި އިތުރުވެ، އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބުންޏެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ އިންޑޯ މިލްކު ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. ދިވެހިންގެ މެދުގައި މަގުބޫލު މި ބްރޭންޑުގެ އެކި ފްލޭވާތަކުގެ ޕެކެޓު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy